ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2024/23 |
ތާރީޚް |
08 ޛުލްޤައިދާްްް 1445 |
|
16 މެއި 2024 |
އިމާރާތާއި ގޯތި އަދި އެހެނިހެން ބިންތަކުގައި ކަންމުޑިއެޅުން
މިހާރަކަށް އައިސް ޢިމާރާތާއި ގޯތި އަދި އެހެނިހެންވެސް ބިންތަކުގައި އިންވަކިކުރުމަށްފަހު ކަންމުޑި ޖަހައި ދީފައި ހުންނައިރުވެސް ތަކުރާރުކޮށް ކަންމުޑި ޖެހުމަށް ގިނަފަރާތްތަކުންދަނީ އެދެމުންނެވެ. މިގޮތަށް އެއްގޯއްޗެއް ނުވަތަ އެއްބިމެއްގައި ތަކުރާރުކޮށް އެތައް ފަހަރަކު ކަންމުޑި ޖަހަން ދިއުމަކީ އެކަމަށްޓަކައި ވަރަށް ގިނަވަގުތު ހޭދަވެ،އެހެނިހެން މަސައްކަތްތައް ކުރުމަށްވެސް ވަރަށްބޮޑު ދަތިތަކާ ކުރިމަތި ލާންޖެހޭ ކަމެކެވެ.
އެހެން ކަމުން މިކަމަށް އެކަށީގެންވާ ހައްލެއް ގެނައުމަށްޓަކައި މިކައުންސިލްގެ 83 ވަނަ ޢާންމު ބައްދަލުވުމުން ނިންމާފައިވަނީ ކަންމުޑި ޖަހާފައިވާ ގެއަކުން ނުވަތަ ބިމަކުން ނަމަވެސް ދެވަނަ ފަހަރަށް ކަންމުޑި ޖަހަން އެދިއްޖެ ނަމަ ކަންމުޑިޖެހޭނީ އިދާރީ ފީއެއްގެ ގޮތުގައި 250.00 ( ދުއިސައްތަ ފަންސާސް ) ރުފިޔާގެ ފީއެއް ނެގުމަށްފަހުގައި ކަމަށް ހަމަޖައްސަވާފައެވެ. މިގޮތަށް ހަމަޖެއްސި ކަމުގައިވީނަމަވެސް ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ ކަމެއްގެ ސަބަބުން ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހިންގާ މަޝްރޫޢު އަކާ ގުޅިގެން އަންނަ ބަދަލުތަކާއި ގުޅިގެން ގޯއްޗެއް ނުވަތަ ބިމެއްގައި ކަންމުޑި ޖަހަންޖެހޭ ހާލަތު އަތުވެއްޖެނަމަ އެކަން މިކަމުން އިސްތިސްނާ ވާނެވެ.
ވީމާ، 01 ޖޫން 2024 އިން ފެށިގެން ގޯތިތަކާއި އެކިއެކި ބިންތަކުގައި ކަންމުޑި ޖެހުމުގައި މިދެންނެވިގޮތަށް އަމަލުކުރަމުންގެންދާނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ހާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް