ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)345-CAA/345/2024/23
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2024
ޕަބްލިޝްކުރި ގަޑި: 22:22
ސުންގަޑި: 15 ޖޫން 2024 13:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ މާޅޮހުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށްކުރެވުނު އިޢުލާނު ބާތިލުކޮށް އަލުން ފޯމް ހުށަހެމަށް ހުޅުވާލުމާއި ގުޅޭ:

އިޢުލާން

އަރިއަތޮޅު އުތުރުބުރީ މާޅޮހުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށްކުރެވުނު އިޢުލާނު ބާތިލުކޮށް އަލުން ފޯމް ހުށަހެމަށް ހުޅުވާލުމާއި ގުޅޭ:

             މިކައުންސިލްގެ ގެވަޅު ދޫކުރުމުގެއުސޫލު 2024ގެ ޖަދުވަލް 2ގައިވާ ދިރިއުމަށްޓަކައި ދޫކުރާ ބަންޑާރަގޯއްޗަށް އެދޭފޯމް 2024  މިހާރު އޮތްގޮތުން ފޯމްގައި 03ވަނަ ފަރާތުން ހޯދަންޖެހޭ ގިނަމަޢުލޫމާތު ހުރުމާއި، ގެވަޅުދޫކުރުމުގެ އުސޫލުގައިވާގޮތުން ކޮންމެހެން ބޭނުންނުވާ ބައެއް މަޢުލޫމާތު ހުރުމާއި އަދި އެކިގޮތަށް މާނަކުރެވޭގޮތަށް ފޯމްގެ ބައެއް ބައިތައް ހުރުމުން ފޯމް ފުރާފަރާތްތަކަށް އިތުރަށް ފަސޭހަކޮށްދިނުމުގެގޮތުން، ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމް އިސްލާހުކޮށް ކައުންސިލްގެ 4 ވަނަ ދައުރުގެ 153 ވަނަ ޖަލްސާއިން ފާސްކޮށް އަލުން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާތީ މިކައުންސިލުން ކޮށްފައިވާ  ނަންބަރ (IUL)345-CAA/345/2024/21 އިޢުލާނު ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. މިގޮތުން ކުރިންކުރި އިޢުލާނު ބާތިލުވެފައިވާތީ އެއިޢުލާނާގުޅިގެން ހުށަހަޅާފައިވާ ފޯމްތައްވެސް ބާތިލުވެފައިވާކަމުގައި ދަންނަވަމެވެ. ނަމަވެސް ކުރިން ފޯމްހުށަހެޅި ފަރާތްތަކުން ދައްކާފައިވާ އިދާރީ ފީ އަލުން ފޯމްހުށަހެޅުމުން އެފޯމްގެ އިދާރީފީގެގޮތުގައި ކަނޑައެޅޭނެވާހަކަ ދަންނަވަމެވެ.  

              މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވާ 2000 އަކަފޫޓްގެ 45 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ފާސްކޮށް ދެއްވާފައިވާ އއ.މާޅޮހުގެ ލޭންޑް ޔޫސް ޕުލޭން ގައި ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދު ތަކުންނެވެ.

              ފޯމު ދޫކުރުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13.00 އަށެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 މެއި 16 އިން 2024 ޖޫން 15 ގެ ނިޔަލަށެވެ. (ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ.)

             އިތުރު މަޢުލޫމާތު ސާފުކުރެވުމަށްބޭނުންވާނަމަ މިއިދާރާގެ ނަންބަރު 6660059 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މި އިޢުލާނާއެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އެއީ؛

  • ގޯއްޗައް އެދި ހުށަހަޅާ ފޯމް
  • އއ. މާޅޮހުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލު 2024
  • ގޯތި ދޫކުރާ ސަރަޙައްދު ދައްކުވައިދޭ ރަށުގެ ޗާޓު
  • ލިބިފައި އޮތް ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
  • ތަރިކައިން ލިބެންއޮތްބައި ދޫކޮށްލުމަށް ވެވޭ އިޤްރާރު

             ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

15 މޭ 2024