ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)297/297/2024/41
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2024
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި: 30 މޭ 2024 11:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ އިންޑަސްޓްރިއަލް ޒޯން އިން ކެމިކަލް ގުދަން އެޅުމަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން

                    ނ.ވެލިދޫ އިންޑަސްޓްރިއަލް ޒޯން އިން 800 އަަކަފޫޓުގެ 2 ބިމާއި 400 އަަކަފޫޓުގެ 2 ބިން ކެމިކަލް ގުދަން އިމާރާތް ކުރުމަށް، 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ.

     ވީމާ، މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ނ.ވެލިދޫ ކައުންސިލް އިދާރާ

އަންގާރަ

21  މެއި 2024

11:00

އަންދާސީހިސާބު ހުށަހެޅުން

ނ.ވެލިދޫ ކައުންސިލް އިދާރާ

ބުރާސްފަތި

30 މެއި 2024

11:00

 

        މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. އަދި މި އިޢުލާނާއިއެކު ކުއްޔަށް ދޫކުރެވޭ ބިމުގެ ޗާޓު ހިމެނިފައިވާނެެވެ. މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

07 ޛުލްޤަޢިދާ 1445

15 މޭ 2024