ދިވެހިރާއްޖެ
މި އިޢުލާންވަނީ 06 ޖޫން 2024 14:53 ގައި ބާތިލް ކުރެވިފައެވެ.
އެއްވަނަ ބާބު ޢާއްމުމާއްދާތައް |
||||||
ތަޢާރުފާއި ނަން |
(ހ) |
މި ގަވާއިދަކީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކުރެވިފައިވާ ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލް ހިންގުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ ގޮތުން، އެ ޤާނޫނުގެ 108 ވަނަ މާއްދާއިން ބާރުލިބިގެން، ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލުން އެކުލަވާލާފައިވާ ގަވާއިދެކެވެ. |
||||
|
|
(ށ) |
މި ގަވާއިދަށް ކިޔާނީ "ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ ހިންގާ ޤަވާއިދު" އެވެ. |
|||
މަޤްޞަދު |
|
މި ގަވާއިދުގެ މަޤުޞަދަކީ، ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލް ހިންގުމަށާއި، ކައުންސިލްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށާއި، ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެ ބައްދަލުވުންތައް ހިންގުމާއި، އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި އިޖުރާއާތުތައް ކަނޑައަޅާ ބަޔާންކުރުމެވެ. |
||||
ޤަވާއިދަށް ޢަމަލުކުރަން ފެށުން |
(ހ) |
މި ގަވާއިދު ފާސްކޮށްފައިވަނީ، 13 މޭ 2024 ގައި ބޭއްވުނު ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލް ގެ04 ވަނަ ދައުރުގެ 149 ވަނަ އާއްމު ބައްދަލުވުމުގައެވެ. |
||||
|
|
(ށ) |
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލް އިން މި ގަވާއިދު ފާސްކޮށް ދިވެހި ސަރކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. |
|||
ދެވަނަ ބާބު ކައުންސިލްގެ ރައީސާއި ނައިބު ރައީސް އަދި މެންބަރުން |
||||||
ކައުންސިލްގެ ރައީސް |
|
ރަށު ކައުންސިލްގެ ރައީސް އިންތިޚާބުކުރާނީ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ދީމިޤްރާޠީ އުޞޫލުތަކުގެ މަތިން ނަގާ ސިއްރު ވޯޓަކުންނެވެ. |
||||
ކައުންސިލްގެ ނައިބު ރައީސް |
(ހ) |
ރަށު ކައުންސިލްގެ ނައިބުރައީސް އިންތިޚާބުކުރާނީ ކައުންސިލުގެ މެންބަރުންގެ ތެރެއިން އެ ކައުންސިލުގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. |
||||
|
|
(ށ) |
މި މާއްދާގެ (ހ)ގައި އެހެން އޮތްނަމަވެސް ކައުންސިލުގެ ނައިބު ރައީސް މަޤާމުން އިސްތިއުފާ ދީފިނަމަ ނުވަތަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިފިނަމަ ނުވަތަ މެންބަރުކަމުން ވަކިވެއްޖެނަމަ، އެކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަންގައި، ނައިބު ރައީސްގެ މަޤާމު ހުސްވާ ތާރީޚުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ މަޤާމަށް ކައުންސިލްގެ މެންބަރުންގެ ތެރެއިން މެންބަރަކު އިންތިޚާބުކުރަންވާނެއެވެ. އެ މުއްދަތުގައި އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރެވިފައި ނުވާނަމަ، އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރެވެންދެން، ކައުންސިލުގައި އެ ނޫން މައްސަލައަކާބެހޭ ގޮތުން މަޝްވަރާކޮށްގެން ނުވާނެއެވެ. |
|||
ކައުންސިލުގެ ނައިބު ރައީސް އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތް |
(ހ) |
ކައުންސިލުގެ ނައިބު ރައީސް އިންތިޚާބުކުރާނީ ކައުންސިލުގެ ޢާންމު ބައްދަލުވުމެއްގައި، އަންނަނިވި ގޮތުގެ މަތިންނެވެ. |
||||
|
|
(1) |
ކައުންސިލްގެ މެންބަރުންގެ ތެރެއިން ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިޚާބުވުމަށް އެދޭ މެންބަރަކު، އެ މެންބަރެއްގެ ނަން ކައުންސިލުގެ ޢާއްމު ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ. |
|||
|
|
|
(2) |
ނައިބު ރައީސް ކަމަށް މެންބަރަކު އިންތިޚާބުކުރާނީ، ކައުންސިލުގެ އެ ޢާއްމު ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. |
||
|
|
|
(3) |
ނައިބު ރައީސް ހޮވުމަށް ނަގާ ސިއްރުގައި ވޯޓުގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ 1 ( އެކެއް) ވޯޓެވެ. |
||
|
|
(ށ) |
ކައުންސިލްގެ ނައިބު ރައީސް އިންތިޚާބުކުރުމަށްޓަކައި ނަގާ ސިއްރު ވޯޓުގެ ކަންތައްތައް ބަލަހައްޓާނީ، ސެކެޓްރީ ޖެނެރަލްއެވެ. |
|||
ކައުންސިލްގެ ރައީސް މަޤާމުން އިސްތިޢުފާ ދިނުން |
(ހ) |
ކައުންސިލްގެ ރައީސް މަޤާމުން އިސްތިއުފާ ދޭންބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. އިސްތިއުފާގެ ސިޓީ ކައުންސިލުގެ އިދާރާއަށް ލިބުމުން އޭނާ އެ މަޤާމުން ވަކިވީއެވެ. |
||||
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލުގެ އިދާރާއަށް ލިބުމުން، އެ ސިޓީއަކީ ރައީސް ހުށަހަޅާފައިވާ ސިޓީއެއްކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ މަސްއޫލިއްޔަތު ހަވާލުވެހުރި ފަރާތުން ކަށަވަރުކުރަންވާނެއެވެ. |
|||
ކައުންސިލްގެ ނައިބު ރައީސް މަޤާމުން އިސްތިއުފާ ދިނުން |
(ހ) |
ކައުންސިލްގެ ނައިބު ރައީސްގެ މަޤާމުން އިސްތިއުފާ ދޭންބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. އިސްތިއުފާގެ ސިޓީ ކައުންސިލުގެ އިދާރާއަށް ލިބުމުން އޭނާ އެ މަޤާމުން ވަކިވީއެވެ. |
||||
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ، ކައުންސިލުގެ އިދާރާއަށް ލިބުމުން، އެ ސިޓީއަކީ ނައިބު ރައީސް ހުށަހަޅާފައިވާ ސިޓީއެއްކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ މަސްއޫލިއްޔަތު ހަވާލުވެހުރި ފަރާތުން ކަށަވަރުކުރަންވާނެއެވެ. |
|||
|
|
(ނ) |
މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކައުންސިލުގެ ނައިބު ރައީސް ކަމުގެ މަޤާމުން މެންބަރަކު އިސްތިއުފާ ދިނަސް، އެ މެންބަރެއްގެ މެންބަރުކަން ދެމި އޮންނާނެއެވެ. |
|||
ކައުންސިލުގެ ނައިބު ރައީސް މަޤާމުން ދުރުކުރުން
|
(ހ) |
ކައުންސިލްގެ ނައިބު ރައީސްގެ މައްޗަށް އިތުބާރުނެތްކަމަށް ކައުންސިލްގެ ޢާއްމު ބައްދަލުވުމެއްގައި، ވޯޓަށް އަހަންވާނީ އަންނަނިވި ކަންކަން ފުރިހަމަކުރުމަށް ފަހުއެވެ. |
||||
|
|
|
(1) |
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ރޫޙާ އެއްގޮތަށް ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބުރައީސް އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން އެކަންކަން އިޞްލާޙުކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުޞަތު ދިނުން. |
||
|
|
|
(2) |
ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކައުންސިލުގެ ޢާންމު ބައްދަލުވުމަށް އެޖެންޑާކުރުން |
||
|
|
(ށ) |
މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް ޝަރުޢީ ކޯޓަކުން ޖިނާއީ ކުށެއް ސާބިތުވެގެން ޙުކުމެއް ކޮށްފި ހާލަތުގައި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
|||
|
|
(ނ) |
މި ގަވާއިދުގެ ދަށުން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނުވަތަ އެ ވޯޓުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށް ކައުންސިލުގެ އާންމު ބައްދަލުވުމަށް ކައުންސިލުގެ މެންބަރަކު ހުށަހަޅާ ހުށަހެޅުން، އާންމު ބައްދަލުވުމަށް ކަންކަން އެޖެންޑާކުރާ އުސޫލުގެ ތެރެއިން ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެ ވަގުތަކު ކައުންސިލު ހިންގުމާ ހަވާލުވެ ހުރި ކައުންސިލަރެއް އެޖެންޑާ ކުރަންވާނެއެވެ. |
|||
|
|
(ރ) |
ކައުންސިލުގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވިކަމަށް ފެންނަ ކަންކަން ލިޔުމުން، ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ. |
|||
|
|
(ބ) |
ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލަށް ފެންނަނަމަ، ކައުންސިލުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެކަން ފާސްކޮށް، އެ ކަންކަން އިޞްލާޙުކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުޞަތެއް ކައުންސިލުގެ ނައިބު ރައީސަށް ދޭންވާނެއެވެ. |
|||
|
|
(ޅ) |
ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިޞްލާޙުކުރުމަށް މި މާއްދާގެ (ބ) ގެ ދަށުން ދެވޭ މުއްދަތު ހަމަވާއިރު، އެ މުއްދަތުގެ ތެރޭގައި އެ ކަންކަން އިޞްލާޙުކޮށްފައި ނުވާނަމަ، އެ މުއްދަތު ހަމަވާ ފަހުން އެންމެ އަވަހަށް ބާއްވާ ކައުންސިލުގެ އާންމު ބައްދަލުވުމުގައި، ނައިބު ރައީސްގެ އިތުބާރު އޮތްކަމަށް ނުވަތަ ނެތްކަމަށް ކައުންސިލުން ކަނޑައަޅައި ވޯޓެއް ނަގަންވާނެއެވެ. |
|||
|
|
(ކ) |
ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިޞްލާޙުކުރުމަށް ދެވޭ 30 (ތިރީސް) ދުވަހުގެ މުއްދަތަށްފަހު، މި މާއްދާގެ (ޅ) ގައި ބުނާ މަރުޙަލާ ފުރިހަމަކުރުމަށްފަހު ނޫނީ، ކައުންސިލުގެ ބައްދަލުވުމެއްގައި އެ ނޫން ކަމަކާމެދު މަޝްވަރާކޮށްގެން ނުވާނެއެވެ. |
|||
|
|
(އ) |
ކައުންސިލުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނީ، މުޅި ކައުންސިލުގެ ޖުމުލަ އަޣުލަބިއްޔަތުން އެކަން ފާސްވުމުންނެވެ. |
|||
|
|
(ވ) |
ކައުންސިލުގެ ނައިބު ރައީސްގެ މަޤާމުން ވަކިކުރި ކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ. |
|||
|
|
(މ) |
ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް ކައުންސިލުން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ، މި ގަވާއިދާއި ގަވާއިދު ނަންބަރު 2021/R-143 )ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު( ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް ޓަކައި، ކައުންސިލުން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އަންނަނިވި ލިޔެކިޔުމާއެކު ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ. |
|||
|
|
|
(1) |
އިޞްލާޙު ކުރުމަށް ފުރުޞަތުދެވުނު ބައްދަލުވުމާއި އިތުބާރުނެތްކަމުގެ ވޯޓް ނެގި ބައްދަލުވުމުގެ އެޖެންޑާ؛ |
||
|
|
|
(2) |
އިޞްލާޙު ކުރުމަށް ފުރުޞަތުދެވުނު ބައްދަލުވުމާއި، އިތުބާރުނެތްކަމުގެ ވޯޓް ނެގި ބައްދަލުވުން ބޭއްވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ބައްދަލުވުމުގެ އެޖެންޑާ ފޮނުވިކަން އެނގޭ ލިޔެކިޔުން؛ |
||
|
|
|
(3) |
އިޞްލާޙު ކުރުމަށް ފުރުޞަތުދެވުނު ބައްދަލުވުމާއި، އިތުބާރުނެތްކަމުގެ ވޯޓް ނެގި ބައްދަލުވުމުގެ ޔައުމިއްޔާ؛ |
||
|
|
|
(4) |
އިޞްލާޙު ކުރުމަށް ފުރުޞަތުދެވުނު ބައްދަލުވުމާއި، އިތުބާރުނެތްކަމުގެ ވޯޓް ނެގި ބައްދަލުވުމުގެ ނިންމުން އާންމުކުރިކަމުގެ ހެކި؛ |
||
|
|
|
(5) |
އިހުމާލުވި ކަންކަން ބަޔާންކޮށް ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅުނު ލިޔުންތައް؛ |
||
|
|
|
(6) |
އިޞްލާޙުކުރަންވީ ކަންކަމާއި، އެ ކަންކަން އިޞްލާޙު ކުރުމަށް ދެވޭ މުއްދަތު އަންގައި ނައިބު ރައީސަށް ހަވާލުކުރި ލިޔުމާއި ލިޔުން ހަވާލުކުރި ތާރީޚު އެނގޭނެ ލިޔެކިޔުން. |
||
|
|
|
(7) |
ކަމާ ގުޅޭ އެހެނިހެން ލިޔެކިޔުން. |
||
|
|
(ފ) |
މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް އެހެން ލިޔުމެއް ނުވަތަ މަޢުލޫމާތެއް ހޯދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދިއްޖެނަމަ، އެ ލިޔުމެއް ނުވަތަ މަޢުލޫމާތެއް ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން ފޯރުކޮށްދޭންވާނެއެވެ. |
|||
|
|
(ދ) |
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ރޫޙާ އެއްގޮތަށް ކައުންސިލު ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ، މި ގަވާއިދާއި، ގަވާއިދު ނަންބަރު 2021/R-143 )ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު( ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް ޓަކައި، ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުމުން، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެ ކަމުގައި ގޮތެއް ކަނޑައަޅައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލަށް އަންގަންވާނެއެވެ. |
|||
|
|
(ތ) |
ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިތުބާރު ނެތްކަމުގެ ވޯޓު ކަށަވަރުކުރުމާ ހަމައަށް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ނައިބު ރައީސް، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވަގުތީގޮތުން ދުރުވާންވާނެއެވެ. |
|||
|
|
(ލ) |
ކައުންސިލުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރަންވާނީ، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދާއި ލޯކަލް ކައުންސިލްތަކުގެ އާންމު ޤަވާއިދުގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވައި، އޮތޯރިޓީން ވަކިގޮތެއް ކަނޑައެޅުމުންނެވެ. |
|||
|
|
(ގ) |
އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކަމަށް އޮތޯރިޓީން ކަނޑައަޅައި ކައުންސިލަށް އެކަން އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުސްވެފައިވާ ކައުންސިލުގެ ނައިބު ރައީސްގެ މަޤާމަށް ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު އިންތިޚާބުކުރަން ވާނެއެވެ. އެ މުއްދަތުގައި އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރެވިފައި ނުވާނަމަ، އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރެވެންދެން، ކައުންސިލުގައި އެ ނޫން މައްސަލައަކާބެހޭ ގޮތުން މަޝަވަރާކޮށްގެން ނުވާނެއެވެ. |
|||
|
|
(ޏ) |
މި މާއްދާގެ (ބ) ގައި ބުނެފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، އިޞްލާޙުކުރަންވީ ކަންކަމާއި އެ ކަންކަން އިޞްލާޙު ކުރުމަށް ދެވޭ މުއްދަތު ކައުންސިލުގެ ނައިބު ރައީސަށް އެންގުނު ތާރީޚުން ފަށައިގެން، ރަސްމީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށެވެ. |
|||
|
|
(ސ) |
ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އިހުމާލުވެފައިވާ ކަމަށް ފާސްކުރި ބައްދަލުވުމުގައި ކައުންސިލުގެ ނައިބު ރައީސް ބައިވެރިވެފައިވާނަމަ، އިޞްލާޙުކުރުމަށް އެންގުމަށް ބައްދަލުވުމުން ނިންމިކަން، ކައުންސިލުގެ ނައިބު ރައީސަށް އެންގުނުކަމަށް ބެލެވޭނެއެވެ. އަދި އެކަން ބަޔާންކޮށް އަލުން ލިޔުމުން އެންގުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ނައިބު ރައީސް ބައިވެރިވެފައި ނުވާނަމަ، ކައުންސިލުގެ ނިންމުން ލިޔުމުން ނައިބު ރައީސަށް އެންގުނުކަން ކައުންސިލުން ކަށަވަރުކުރަންވާނެއެވެ. އަދި އެހާލަތުގައި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، ކައުންސިލުގެ ނިންމުން ލިޔުމުން އެންގުނު ތާރީޚުން ފެށިގެންނެވެ. |
|||
|
|
(ޑ) |
މި މާއްދާގެ (ސ) ގެ ދަށުން ނައިބު ރައީސަށް އަންގާ އެންގުމާ ހަވާލުވުމަށް ނައިބު ރައީސް އިންކާރުކުރާނަމަ، ލިޔުން ހަވާލުކުރަން މަސައްކަތްކުރުމުން ލިޔުމާ ހަވާލުވުމަށް އިންކާރުކުރިކަމަށް 2 (ދޭއް) ފަރާތަކުން ހެކިކޮށް ސޮއިކުރުވަން ވާނެއެވެ. އަދި މިހާލަތުގައި ނައިބު ރައީސަށް ލިޔުމުން ހަވާލުކުރިކަމަށް ބަލައި، އެ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނޭނެއެވެ. |
|||
ކައުންސިލްގެ ރައީސްގެ ވާޖިބުތައް |
ކައުންސިލްގެ ރައީސްގެ ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. |
|||||
|
|
(ހ) |
ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ޝާއިޢުކުރުމާއި ތަންފީޛުކުރުން؛ |
|||
|
|
(ށ) |
ކައުންސިލްގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން؛ |
|||
|
|
(ނ) |
ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކައުންސިލުން އެކަށައަޅާ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭންގެ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތަށް އިދާރާގެ މަސައްކަތްތައް ބައްޓަންކުރުން؛ |
|||
|
|
(ރ) |
ކައުންސިލްގެ މަޝްވަރާގެ މަތިން އިދާރާގެ އޮނިގަނޑު އެކުލަވާލައި، ޑިވިޜަންތަކާއި ސެކްޝަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޛުކުރުން؛ |
|||
|
|
(ބ) |
ކައުންސިލްގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން؛ |
|||
|
|
(ޅ) |
ކައުންސިލްގެ ޙަރަކާތްތައް ހިނގަމުންދަނީ ކައުންސިލްގެ މަޤްޞަދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛ |
|||
|
|
(ކ) |
ކައުންސިލުން އެކުލަވާލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޢާންމުކުރަންޖެހޭ ނިންމުންތައް ޢާންމުކުރެވޭކަން ކަށަވަރުކުރުން؛ |
|||
|
|
(އ) |
ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން؛ |
|||
|
|
(ވ) |
ކައުންސިލް ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛ |
|||
|
|
(މ) |
ކައުންސިލުގެ މާލީ ޒިންމާތަކާއި ކައުންސިލުގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް ގަވާއިދު ނަންބަރު 2017/R-20 ( ދައުލަތުގެމާލިއްޔަތުގެ ގަވާއިދާ ) އެއްގޮތްވާ ގޮތުގެމަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން؛ |
|||
|
|
(ފ) |
ކައުންސިލްގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން؛ |
|||
|
|
(ދ) |
ޤައުމީ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސަކަތްކުރުން. |
|||
|
|
(ތ) |
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިދާރީ ކަންކަން އިމްތިޒާމުކޮށްދިނުން. |
|||
|
|
)ލ) |
ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން. |
|||
ކައުންސިލްގެ ނައިބު ރައީސްގެ ވާޖިބުތައް |
ކައުންސިލްގެ ނައިބު ރައީސްގެ ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. |
|||||
|
|
(ހ) |
ކައުންސިލްގެ މަސައްކަތާ ބެހޭގޮތުން ކައުންސިލްގެ ރައީސަށް އެހީތެރިވެދިނުން. |
|||
|
|
(ށ) |
ކައުންސިލްގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެމަޤާމު ހުސްވެއްޖެ ޙާލަތެއްގައި، ކައުންސިލްގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން. |
|||
|
|
(ނ) |
ކައުންސިލްގެ ރައީސް ޙަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން؛ |
|||
|
|
(ރ) |
ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން. |
|||
ކައުންސިލް މެންބަރުންގެ މަސްއޫލިއްޔަތުތައް |
ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. |
|||||
|
|
(ހ) |
ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލްގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން؛ |
|||
|
|
(ށ) |
ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވުން؛ |
|||
|
|
(ނ) |
ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި މަސައްކަތްކުރުން؛ |
|||
|
|
(ރ) |
ކައުންސިލުން އެކުލަވާލަންޖެހޭ ޕްލޭންތަކާއި އަހަރީ މަސައްކަތު ތާވަލާއި އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު އެކުލަވާލުމުގައި ޢަމަލީގޮތުން ބައިވެރިވުން؛ |
|||
|
|
(ބ) |
ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ގުޅިގެން ރަށު ކައުންސިލްގެ ރައީސް ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން؛ އަދި |
|||
|
|
(ޅ) |
ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން. |
|||
ތިންވަނަ ބާބު ކައުންސިލްގެ ބައްދަލުވުން |
||||||
ކައުންސިލްގެ ބައްދަލުވުން |
ކައުންސިލްގެ ބައްދަލުވުންތައް ބެހިގެންވަނީ އަންނަނިވި 2 (ދޭއް) ބާވަތުގެ މައްޗަށެވެ. |
|||||
|
|
(ހ) |
ކައުންސިލްގެ ޢާންމު ބައްދަލުވުން. |
|||
|
|
(ށ) |
ކައުންސިލްގެ ކުއްލި ބައްދަލުވުން. |
|||
ބައްދަލުވުމުގެ ޤާނޫނީ ޢަދަދު |
(ހ) |
ކައުންސިލްގެ ބައްދަލުވުމެއް ބޭއްވޭނީ ކައުންސިލްގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. |
||||
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ ޢަދަދު ހަމަނުވާނަމަ، އެ ޢަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑާލުމުގެ ނުވަތަ އެހެން ވަގުތަކަށް ނުވަތަ އެހެން ދުވަހަކަށް ފަސްކުރުމުގެ އިޚްތިޔާރު ކައުންސިލްގެ ރައީސަށް ނުވަތަ ކައުންސިލްގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ ފަރާތަށްލިބިގެންވެއެވެ. |
|||
|
|
(ނ) |
މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ޤާނޫނީ ޢަދަދު ހަމަނުވެގެން ބައްދަލުވުން މެދުކަނޑައިލުމަށް ނުވަތަ ފަސްކުރުމަށް ނުވަތަ ބައްދަލުވުން ނުބޭއްވުމަށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރިޔާސަތުން ނިންމައިފިނަމަ، އެކަން ޔައުމިއްޔާކުރަންވާނެއެވެ. |
|||
ޒަމާނީ މުވާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުން |
(ހ) |
ކައުންސިލްގެ މެންބަރުން އެއްތަނަކަށް ޖަމާކޮށްގެން ބައްދަލުވުންތައް ބޭއްވެން ނެތް ޙާލަތުގައި ނުވަތަ ބައްދަލުވުމުގެ ޤާނޫނީ ޢަދަދު ހަމަނުވާ ޙާލަތުގައި، މެންބަރުން އެއްތަނަކަށް ޖަމާކުރުމުގެ ބަދަލުގައި ޒަމާނީ މުވާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމުގެ އިޚްތިޔާރު ކައުންސިލްގެ ރައީސަށް ލިބިގެންވެއެވެ. |
||||
|
|
(ށ) |
މި މާއްދާގެ (ހ)ގައި ބުނެފައިވާ ފަދައިން ޒަމާނީ މުވާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ކައުންސިލްގެ ބައްދަލުވުން ބޭއްވިކަމުގައިވިޔަސް އެ ބައްދަލުވުމެއްގެ ބާވަތަށް ބަލައި، އެ ބައްދަލުވުމަކާ ގުޅޭގޮތުން މި ޤަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރަން ޖެހޭނެއެވެ. |
|||
|
|
(ނ) |
މި މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުގެ މަތީން ޒަމާނީ ވަޞީލަތްތައް މެދުވެރިކޮށް ބާއްވާ ބައްދަލުވުންތަކުގައި ވޯޓު ދިނުމުގައްޔާއި ބައްދަލުވުމުގައި މެންބަރުން ބައިވެރިވުމުގައްޔާއި ބައްދަލުވުން ކުރިޔަށް ގެންދިއުމުގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ. |
|||
|
|
|
ބައްދަލުވުމުގައި ކޮންމެ މެންބަރަކުވެސް ބައިވެރިވާން ވާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންކުރެވޭ ޒަމާނީ މުވާސަލާތީ ވަޞީލަތް ނުވަތަ އެޕްލިކޭޝަނެއްގައި އެ މެންބަރަކަށް ޚާއްޞަކޮށްގެން ކައުންސިލްގެ އިދާރާއިން ކަނޑައަޅާފައިވާ ވަކި ލޮގިންއެއް ނުވަތަ ލިންކެއް ނުވަތަ ނުވަތަ އައިޑީއެއް މެދުވެރިކޮށްގެންނެވެ. |
|||
|
|
|
އެ ފަދަ ވަޞީލަތެއް ނުވަތަ އެޕްލިކޭޝަނެއްގައި ކަނޑައަޅާފައިވާ ލޮގިން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި ނުވަތަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވޯޓު ދިން ގޮތުގެ ތަފްޞީލާއި އެހެނިހެން މަޢުލޫމާތު ކައުންސިލްގެ އިދާރާއިން ރެކޯޑުކުރަން ވާނެއެވެ. |
|||
|
|
|
ޒަމާނީ މުވާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ބޭއްވޭ ބައްދަލުވުންތަކުގައި ވޯޓު ދޭއިރު ބަހުޘްކުރެވި ވޯޓަށް އަހާ މައްސަލަތަކުގައި ވޯޓް ދޭންވާނީ އަތް މައްޗަށް އުފުލުމާއެކު އަނގަބަހުން އޯޑިއޯ/ވީޑިއޯ އިންވެސް ސާފުވާނެ ގޮތަށް އެ މައްސަލައެއްގައި އެ މެންބަރަކު ވޯޓު ދޭ ގޮތް ހާމަކުރުމާއެކުގައެވެ. ނުވަތަ ބައްދަލުވުން ބޭއްވުމަށް ބޭނުން ކުރެވޭ ޒަމާނީ މުވާސަލާތީ ވަޞީލަތުގައި ނުވަތަ އެޕްލިކޭޝަންގައި އެ މެންބަރަކަށް ކަނޑައެޅިފައިވާ ލޮގިން މެދުވެރިކޮށް ވަކި ގޮތަކަށް ވޯޓު ދެވޭނެ ފަދަ ގޮތެއް ކަނޑައެޅިފައިވާނަމަ އެގޮތަށްވެސް ވޯޓު ދެވިދާނެއެވެ. |
|||
|
|
|
މި އަކުރުގެ 3 ވަނަ ނަންބަރުގައި އެފަދައިން ބުނެފައި ވީނަމަވެސް، ސިއްރު ވޯޓެއް ނެގުމަށް މި ޤަވާޢިދު ލާޒިމްކުރާ ޙާލަތުގައި، ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތިން މެނުވީ، ޒަމާނީ މުވާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ބޭއްވޭ ބައްދަލުވުމެއްގައި، ސިއްރު ވޯޓެއް ނަގައިގެން ނުވާނެއެވެ. |
|||
|
|
|
ކައުންސިލްގެ ބައްދަލުވުމުގެ ބޭނުމަށް އޮންލައިންކޮށް ނުވަތަ ޒަމާނީ މުވާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން މެންބަރުން ސޮއިކުރަން ޖެހޭ އެއްވެސް ލިޔެކިއުމެއް ވާނަމަ އެ މެންބަރެއްގެ 'ޑިޖިޓަލް ސިގްނޭޗަރ' އެ ލިޔެކިއުމެއްގައި ކުރެވިދާނެއެވެ. އެގޮތުން، ބައްދަލުވުމުގެ ލިޔެކިޔުންތަކުގައި ކައުންސިލަރުންގެ ސޮއިތައް ކުރުވޭކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަށަވަރުކުރަން ވާނެއެވެ. |
|||
|
|
|
ޒަމާނީ މުވާސަލާތީ ވަޞީލަތް ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވުމަށް ކައުންސިލުގެ އިދާރާއިން ކައުންސިލަރުންނަށް ދޭ ލޮގިން ނުވަތަ ލިންކު ނުވަތަ އައިޑީ، އެހެން ފަރާތަކާ ޙިއްޞާކޮށްގެން ނުވާނެއެވެ. |
|||
|
|
(ރ) |
މި މާއްދާގެ ބޭނުމަށް ޒަމާނީ މުވާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމުގައި ބޭނުންކުރެވޭނެ އެޕްލިކޭޝަންތަކާއި ގޮތްތައް ކައުންސިލުން ކަނޑައަޅަންވާނެއެވެ. އެގޮތުން ތިރީގައި ބަޔާންކޮށްފައި އެވަނީ، ކައުންސިލުން ބައްދަލުވުންތައް ބޭއްވުމަށް ބޭނުންކުރާނެ އެޕްލިކޭޝަން ތަކެވެ. |
|||
|
|
|
މައިކްރޯސޮފްޓް ޓީމްސް |
|||
|
|
|
މި އަކުރުގެ (1)ގައި ބަޔާންކޮށްފައިވާ އެޕްލިކޭޝަން ބޭނުންކޮށްގެން ބައްދަލުވުން ނުބޭއްވޭފަދަ ޙާލަތެއް އަތުވެއްޖެނަމަ، ދެން ބައްދަލުވުން ބޭއްވުމަށް ބޭނުންކުރާނެ އެފަދަ އެހެން ޕްލެޓްފޯމެއް ކަނޑައަޅާނީ ކައުންސިލުންނެވެ. |
|||
|
|
(ބ) |
ބައްދަލުވުމުގައި ނެގޭ ވޯޓެއްގެ ސިއްރުކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ އިލެކްޓްރޯނިކް ޒަރީޢާތައް މެދުވެރިކޮށް ނެގޭ ވޯޓުގެ ސިއްރު ހިފެހެއްޓޭފަދަ ގޮތަކަށް ބައްދަލުވުން އިންތިޒާމްކުރެވޭތޯ ކައުންސިލުން ޔަޤީންކުރަންވާނެއެވެ. އަދި އެފަދައިން ވޯޓުގެ ސިއްރުކަން ޔަޤީންނުކުރެވޭނަމަ، ޒަމާނީ މުވާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމެއްގައި، ސިއްރު ހިފަހައްޓަންޖެހޭ ވޯޓެއް ނަގައިގެން ނުވާނެއެވެ. |
|||
|
|
(ޅ) |
ޒަމާނީ މުވާސަލާތީ ވަޞީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމުގައި މެންބަރުން މަޝްވަރާކުރާ ސިއްރު މަޢުލޫމާތު ކައުންސިލުން ބޭރު ފަރާތްތަކަށް ހާމަކޮށްގެން ނުވާނެއެވެ. އަދި އެފަދަ ބައްދަލުވުމެއްގައި ބައިވެރިވާ ފަރާތްތަކުން ބައިވެރިވާން ވާނީ، ބައްދަލުވުމުގައި ޙިއްޞާކުރާ މަޢުލޫމާތެއްގެ ސިއްރު ހިފެހެއްޓޭފަދަ މާޙައުލަކުންނެވެ. |
|||
ކައުންސިލްގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުން |
(ހ) |
ކައުންސިލްގެ ބައްދަލުވުންތަކަކީ ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުންތަކެކެވެ. |
||||
|
|
(ށ) |
ކައުންސިލްގެ ބައްދަލުވުމުގެ އަޑުއަހަން ވަންނަ އެއްވެސް ފަރާތަކަށް ކައުންސިލްގެ ބައްދަލުވުމުގައި އެއްވެސް ވާހަކައެއް ދެއްކުމާއި، ބަހުސްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. |
|||
އަޑާއި މަންޒަރު ރެކޯޑު ނުކުރުން |
|
(ނ) |
ބައްދަލުވުމުގެ އަޑުއަހަށް ވަންނަ އެއްވެސް ފަރާތަކުން، ބައްދަލުވުން ކުރިއަށް ގެންދިއުމަށް ދަތިވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ މަނާ ކަމެކެވެ. އަދި މިފަދަ ޢަމަލެއް ހިންގި ކޮންމެ މީހަކު، ބައްދަލުވުން ބާއްވާ މާލަމުން ވަގުތުން ބޭރުކުރުމާއި، އޭގެ ފަހުގެ އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް، ނުވަތަ ވަކި މުއްދަތަކަށް އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް ނިންމުމުގެ އިޚްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ. |
|||
|
|
|
1. |
ކައުންސިލްގެ ބޭނުމަށް ފިޔަވައި، ކެސެޓް ރެކޯޑަރ، ނުވަތަ ޓޭޕް ރެކޯޑަރ، ނުވަތަ ކެމެރާ، ނުވަތަ މަންޒަރު ނުވަތަ އަޑު ރެކޯޑުކުރެވިދާނެ އެނޫންވެސް އެއްޗެހި ކައުންސިލްގެ ބައްދަލުވުންތަކުގައި ބޭނުންކުރުން. |
||
|
|
(ރ) |
|
ކައުންސިލްގެ ބައްދަލުވުންތަކުގައި، ކައުންސިލްގެ މެންބަރުންގެ އިތުރަށް ކައުންސިލްގައި އެޖެންޑާކުރެވިފައިވާ ކަމަކާގުޅިގެން އެފަރާތެއްގެ މަޢުލޫމާތު ނުވަތަ މަޝްވަރާ ކައުންސިލަށް ދެވިދާނެ އެކިއެކި ފަރާތްތަކަށް، ކައުންސިލްގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދަޢުވަތުދިނުމުގެ ބާރު ކައުންސިލްގެ ރައީސަށް ލިބިގެންވެއެވެ. ނަމަވެސް މިގޮތަށް މަޝްވަރާއާއި މަޢުލޫމާތު ހޯދުމަށް ކައުންސިލްގެ ޖަލްސާގައި ބައިވެރިވުމަށް ދަޢުވަތުދެވޭ ފަރާތްތަކަށް ކައުންސިލްގެ ޖަލްސާގައި ވޯޓު ނުދެވޭނެއެވެ. |
||
ކައުންސިލްގެ ޢާންމު ބައްދަލުވުން ބާއްވާ ދުވަސް
|
(ހ) |
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކައުންސިލުގެ ތާވަލުކުރެވިފައިވާ އާންމު ބައްދަލުވުމެއް ކޮންމެ ހަފުތާއަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ. އާންމުކޮށް ބައްދަލުވުން ބާއްވާނީ ހަފުތާގެ ބުދަ ދުވަހުއެވެ. އަދި އެއްވެސް ސަބަބަކާހުރެ ތާވަލު ކުރެވިފައިވާ ބައްދަލުވުން ނުބޭއްވިއްޖެނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހު އެ ބައްދަލުވުން ބާއްވަންވާނެއެވެ. |
||||
|
|
(ށ) |
މި މާއްދާގެ (ހ)ގައި އެފަދައިން ބަޔާންކޮށްފައި ވީނަމަވެސް، ކައުންސިލްގެ ރައީސަށް ނުވަތަ ކައުންސިލްގެ މެންބަރުންގެ އަޣުލަބިއްޔަތަށް ފެނިއްޖަނަމަ، ހަފްތާއަކު 1 (އެކެއް) ޢާންމު ބައްދަލުވުމަށް ވުރެ ގިނަ ޢާންމު ބައްދަލުވުން ބޭއްވުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. |
|||
ކައުންސިލްގެ ޢާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ |
(ހ) |
ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު ކައުންސިލްގެ ޢާންމު ބައްދަލުވުން ބާއްވާނީ ކައުންސިލްގެ އިދާރާގައެވެ. ބައްދަލުވުމުގެ ވަގުތާއި، އެޖެންޑާ ކަނޑައަޅާނީ ކައުންސިލްގެ ރައީސެވެ. |
||||
|
|
(ށ) |
ކައުންސިލްގެ ޢާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 2 (ދޭއް) ދުވަސްކުރިން، ކައުންސިލްގެ ރައީސް، ލިޔުމުން ކައުންސިލްގެ މެންބަރުންނަށް ފޮނުވަންވާނެއެވެ. |
|||
|
|
(ނ) |
މި މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލުގެ ޢާއްމު ބައްދަލުވުމުގެ އެޖެންޑާ، ބައްދަލުވުމުގެ 2 (ދޭއް) ދުވަސްކުރިން ފޮނުވި ގޮތުގެ ރެކޯޑުތައް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ބަލަހައްޓަންވާނެއެވެ. |
|||
ކައުންސިލްގެ ޢާންމު ބައްދަލުވުމުގެ އެޖެންޑާ |
(ހ) |
ކައުންސިލަށް ހުށަހެޅޭ ހުރިހާކަމެއް، އެ ހުށަހެޅޭ ތަރުތީބުން، ކައުންސިލްގެ ރައީސް އެޖެންޑާ ކުރަންވާނެއެވެ. |
||||
|
|
(ށ) |
ކައުންސިލްގެ މެންބަރަކު ޖަލްސާގެ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާނަމަ ޢާންމު ބައްދަލުވުން ތާވަލުކުރެވިފައިވާ ދުވަހުގެ 3 (ތިނެއް) ދުވަސް ކުރިން، ލިޔުމަކުން ކައުންސިލްގެ ރައީސަށް އަންގަންވާނެއެވެ. |
|||
|
|
(ނ) |
ކައުންސިލްގެ ދާއިރާގެ ރައްޔިތަކު ނުވަތަ އަމިއްލަ ފަރާތަކުން، ކައުންސިލަށް ވަކިކަމެއް ހުށަހަޅަން ބޭނުންވާނަމަ އެކަމެއް ކައުންސިލްގެ އިދާރާ މެދުވެރިކޮށް ކައުންސިލަށް ހުށަހެޅިދާނެއެވެ. |
|||
|
|
(ރ) |
ކައުންސިލްގެ ޢާންމު ބައްދަލުވުމެއްގެ އެޖެންޑާގައި ހިމެނުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކީވެސް، ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކައުންސިލަށް ބެލުމުގެ އިޚްތިޔާރާއި ބާރު އޮތް މައްސަލައަކަށް ވާންވާނެއެވެ. |
|||
ކައުންސިލްގެ ކުއްލި ބައްދަލުވުން |
އަންނަނިވި ޙާލަތުންކުރެ ޙާލަތެއްގައި، ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަންވާނެއެވެ. |
|||||
|
|
(ހ) |
ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، މަދުވެގެން ކައުންސިލްގެ ތިންބައިކުޅަ އެއްބައި މެންބަރުން އެދުން. |
|||
|
|
(ށ) |
ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އެދުން. |
|||
|
|
(ނ) |
ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް، އެކައުންސިލެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އެދުމުން، އެފަދަ ޖަލްސާއެއް ބާއްވަން ކައުންސިލްގެ ރައީސަށް ފެނުން. |
|||
|
|
(ރ) |
އެކަށީގެންވާ ސަބަބަކާހުރެ ކައުންސިލްގެ ރައީސަށް މިފަދަ ބައްދަލުވުމެއް ބާއްވަން ފެނުން. |
|||
|
|
(ބ) |
ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް ޤައުމީ އިދާރާއަކުން ނުވަތ މުއައްސަސާއަކުން ނުވަތަ ޖަމުޢިއްޔާއަކުން އެދުން. |
|||
ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހުށަހެޅުން |
ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަން އެދުމުގައި، އެ ޖަލްސާއެއް ބާއްވަން ބޭނުންވާ ސަބަބާއި ތާރީޚް ލިޔުމުން ކައުންސިލްގެ ރައީސަށް ހުށަހަޅަންވާނެއެވެ. |
|||||
ކައުންސިލްގެ ކުއްލި ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ |
(ހ) |
މި ގަވާއިދުގައިވާ ގޮތުގެމަތިން، ކައުންސިލުން ބާއްވާ ކުއްލި ބައްދަލުވުން ބާއްވާނެ ތަނާއި، ވަގުތާއި، އެޖެންޑާ ކަނޑައަޅާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ހުށަހެޅި ފަރާތަކުން ލިޔުމުން ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތްވާ ގޮތުގެމަތިން، ކައުންސިލްގެ ރައީސެވެ. |
||||
|
|
(ށ) |
ކައުންސިލްގެ ކުއްލި ބައްދަލުވުން ބޭއްވުމަށް ކައުންސިލްގެ ރައީސް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، ވީއެންމެ އަވަހަކަށް ކައުންސިލްގެ ރައީސް، ލިޔުމުން ކައުންސިލްގެ މެންބަރުންނަށް ފޮނުވަންވާނެއެވެ. |
|||
ކުއްލި ބައްދަލުވުމެއްގައި ނުނިންމޭނެ ކަންތައްތައް |
އަންނަނިވި ކަންކަމުން ކުރެ ކަމެއް ކައުންސިލުގެ ކުއްލި ބައްދަލުވުމެއްގައި ނިންމައިގެން ނުވާނެއެވެ. |
|||||
|
|
(ހ) |
ނައިބު ރައީސްގެ މަޤާމަށް މެންބަރަކު ހޮވުން އަދި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓް ނެގުން. |
|||
|
|
(ށ) |
ކައުންސިލްގެ ގަވާއިދުތަކާ އުސޫލުތަކަށް އެއްވެސް އުނި އިތުރެއް ގެނައުން |
|||
|
|
(ނ) |
ދަރަންޏަށް ޒިންމާވާގޮތަށް އެއްވެސް ލޯނެއްނެގުން ނުވަތަ ވިއަފާރީގެ އެއްވެސް މުއާމަލާތެއް ހިންގުމަށް ފާސްކުރުން. |
|||
|
|
(ރ) |
ކައުންސިލްގެ ބަޖެޓް ކަނޑައެޅުމާ ބަޖެޓް ފާސްކުރުން. |
|||
|
|
(ބ) |
ކައުންސިލްގެ ޕްލޭންތައް އެކުލަވާލުމާއި ފާސްކުރުން. |
|||
|
|
(ޅ) |
ކައުންސިލްގެ އިދާރީ މުވައްޒަފަކާމެދު އެއްވެސް ފިޔަވަޅެއް އެޅުން. |
|||
ބައްދަލުވުމަށް ހާޟިރުވުން |
(ހ) |
ދިމާވާ މުހިންމު ސަބަބަކާހުރެ ކައުންސިލްގެބައްދަލުވުމަކަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމާފައިވާ ކަމެއްކުރުމަށް މެންބަރަކު ޙާޟިރުވުމަށް ޢުޒުރުވެރިވާނަމަ، ވީ އެންމެ އަވަސް ފުރުޞަތެއްގައި އެކަން ކައުންސިލުގެ ރައީސަށް އަންގަންވާނެއެވެ. |
||||
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކައުންސިލްގެ ބައްދަލުވުމަކަށް ނުވަތަ މަސައްކަތެއް ކުރުމަށް ބާއްވާ ބައްދަލުވުމަކަށް ސަލާމް ބުނާ މެންބަރަކު، އެ ބައްދަލުވުމެއް ނުވަތަ އެ ކޮމިޓީގެ ޔައުމިއްޔާއާއި ޙާޟިރީގައި ފާހަގަކުރާނީ ސަލާމުގައިހުރި މެންބަރެއްގެ ގޮތުގައެވެ. |
|||
|
|
(ނ) |
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކައުންސިލްގެ ރައީސަށް ނާންގައި، ނުވަތަ މި ޤަވާޢިދުގައިވާ ގޮތުގެމަތިން ޗުއްޓީ ނުނަގައި، މެންބަރަކު ކައުންސިލްގެ ބައްދަލުވުމަށް ނުވަތަ ކައުންސިލުން ކުރުމަށް ނިންމާ ކަންތައްތަށް ކުރުމަށްހަޟިރުނުވެ ހުރެގެން ނުވާނެއެވެ. |
|||
|
|
(ރ) |
ޗުއްޓީގައި ހުންނަވާ ކައުންސިލަރަކަށް ކައުންސިލްގެ ނުވަތަ އެކައުންސިލަރެއްގެ އެދުމުގެ މަތިން ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވިދާނެއެވެ. |
|||
|
|
(ބ) |
ބައްދަލުވުންތަކަށް ހާޟިރުނުވުމުގެ ސަބަބުން ނުވަތަ ކައުންސިލްގެ މަސްއޫލިއްޔަތު އަދާނުކުރުމުގެ ސަބަބުން ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ހުރަސްއެޅޭކަމަށް އެކައުންސިލަކަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި އެކައުންސިލަރަކާއިމެދު ތިރީގައިވާ ގޮތުގެ މަތިން ކައުންސިލުން ޢަމަލުކުރަންވާނެއެވެ. |
|||
|
|
|
(1) |
މި މާއްދާގައި ބަޔާންކުރާ ގޮތްތަކާ ޚިލާފަށް ކައުންސިލަރަކު ވިދިވިދިގެން ކައުންސިލްގެ 2 (ދޭއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ އެކައުންސިލުން ނަސޭހަތްދިނުން؛ |
||
|
|
|
(2) |
މި މާއްދާގައި ބަޔާންކުރާ ގޮތަކާ ޚިލާފަށް ކައުންސިލަރަކު ވިދިވިދިގެން ކައުންސިލްގެ 3 (ތިނެއް) ބައްދަލުވުމަށް ހާޒިރުނުވެއްޖެނަމަ ނުވަތަ މިމާއްދާގެ 1 ގައި ވާ ކަންތައް ތަކުރާރުވާނަމަ އެކައުންސިލަކުން ލިޔުމުން އެކަން ހަނދާންކޮށްދީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެންގުން. |
||
ކައުންސިލްގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން |
(ހ) |
ކައުންސިލްގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ކައުންސިލްގެ ރައީސެވެ. ރައީސް ނެތް ޙާލަތެއްގައި ރިޔާސަތު ބަލަހައްޓާނީ ކައުންސިލްގެ ނައިބު ރައީސެވެ. ކައުންސިލުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލް ހިންގުމާ ހަވާލުވެހުރި މެންބަރެކެވެ. |
||||
|
|
(ށ) |
ކައުންސިލްގެ ރައީސާ ނައިބު ރައީސް އެއްފަހަރާ ކައުންސިލްގެ ހިންގުމާ އެކަހެރިވާންވާނީ ކައުންސިލްގެ ޖަލްސާއެއް ބާއްވައި، ކައުންސިލާ ހަވާލުވާނޭ މެންބަރަކު، މެންބަރުންގެ ތެރެއިން އައްޔަން ކުރުމަށްފަހުގައެވެ. |
|||
|
|
(ނ) |
ނައިބު ރައީސް ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަމުން ދަނިކޮށް ކައުންސިލުގެ ރައީސް ބައްދަލުވުމުގައި ބައިވެރިވެއްޖެނަމަ، ނުވަތަ މި މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލް ހިންގާނެ މެންބަރަކު ޢައްޔަނުކޮށް ކައުންސިލުގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް، ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް ބައްދަލުވުމުގައި ބައިވެރިވެއްޖެނަމަ، އެ ވަގުތުން ފެށިގެން މި މާއްދާގެ (ހ) އަށް ޢަމަލުކުރަން ވާނެއެވެ. |
|||
ކައުންސިލްގެ ބައްދަލުވުންތައް ފެށުމާއި ނިންމުން |
(ހ) |
މި ގަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލުން ބާއްވާ ކޮންމެ ބައްދަލުވުމެއްގެ ފެށުމާއި ނިންމުން ބައްދަލުވުމުގެ ރިޔާސަތުން އިޢުލާނުކުރަންވާނެއެވެ. މިގޮތުން ބައްދަލުވުން ފަށަމުން "بسم ﷲ الرحمن الرحيم، الحمد لله والصلاة والسلام على رسول ﷲ وعلى ٱله وصحبه ومن والاہ ކައުންސިލްގެ ބައްދަލުވުން ފެށުނީ" މިގޮތަށް އަދި ބައްދަލުވުން ނިންމަމުން "والحمد لله رب العالمين ކައުންސިލްގެ ބައްދަލުވުން ނިމުނީ" މިގޮތަށް ބައްދަލުވުމުގެ ރިޔާސަތުން އިޢުލާނުކުރަންވާނެއެވެ. |
||||
|
|
(ށ) |
ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާފައިވާ ގަޑިޖެހުމުން، އެ ބައްދަލުވުމުގެ ޤާނޫނީ ޢަދަދު ހަމަވޭތޯ ރިޔާސަތުން ބަލަންވާނެއެވެ. ޤާނޫނީ ޢަދަދު ހަމަވާނަމަ މެންބަރުންގެ ޢަދަދު ރިޔާސަތުން އިޢުލާންކުރުމަށްފަހު ބައްދަލުވުން ފަށާނީއެވެ. ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވާ ގަޑިޖެހޭއިރު ޤާނޫނީ ޢަދަދު ހަމަނުވާނަމަ، އެ ޢަދަދު ހަމަވޭތޯ 15 (ފަނަރަ) މިނެޓް ބަލަންވާނެއެވެ. މި ވަގުތު ފަހަނައަޅައިދިއުމުންވެސް ޤާނޫނީ ޢަދަދު ހަމަނުވާނަމަ، އެކަން ރިޔާސަތުން އިޢުލާންކުރަންވާނެއެވެ. |
|||
އެޖެންޑާ އިއްވުމާއި ފާސްކުރުން |
(ހ) |
ބައްދަލުވުން ފެށުމަށްފަހު، އެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެޖެންޑާ ރިޔާސަތުން އިއްވަންވާނެއެވެ. މިގޮތުގެ މަތިން ރިޔާސަތުން އެޖެންޑާ އިއްވުމުން، ކައުންސިލުން އެ އެޖެންޑާ ފާސްކުރަންވާނެއެވެ. |
||||
|
|
(ށ) |
އެޖެންޑާގެ ތަރުތީބަށް ބަދަލު ގެނައުމަށް ކައުންސިލްގެ ބައްދަލުވުމުން ފާސްކުރެވިދާނެއެވެ. |
|||
|
|
(ނ) |
ޢާއްމު ބައްދަލުވުމުގެ 2 (ދޭއް) ދުވަސްކުރިން ފޮނުވި އެޖެންޑާގައި ނުހިމެނޭ ކަމެއް، ޢާއްމު ބައްދަލުވުމުގެ އެޖެންޑާއަށް އިތުރެއް ނުކުރެވޭނެއެވެ. އަދި އެޖެންޑާގައި ހިމެނޭ ކަމެއް އެޖެންޑާއިން އުނިކޮށްގެންވެސް ނުވާނެއެވެ. |
|||
އެޖެންޑާއާ ބައްދަލުވުން އެއްގޮތަށް ކުރިއަށް ގެންގޮސް ބަހުސަށް ހުޅުވާލުން |
(ހ) |
ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށްފަހު، އެ އެޖެންޑާގައި ކަނޑައެޅިފައިވާ ތަރުތީބުން، އެޖެންޑާގައި ހިމަނާފައިވާ ކަންކަން، ރިޔާސަތުން ކަނޑައަޅާ ގޮތެއްގެމަތިން ބައްދަލުވުމަށް ހުށަހަޅައި، އެކަމަކާބެހޭގޮތުން ބަހުސްކުރުމުގެ ފުރުޞަތު ބައްދަލުވުމުގެ ރިޔާސަތުން ހުޅުވާލަންވާނެއެވެ. |
||||
|
|
(ށ) |
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަހުސްގެ ފުރުޞަތު ހުޅުވައިލުމުގައި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި، މުޅި ބަހުސަށް ދެވޭނެ ޖުމްލަ ވަގުތާއި، ކޮންމެ މެންބަރަކަށް ދެވޭ ފުރުޞަތުގެ ދިގުމިން ކަނޑައެޅުމުގެ އިޚްތިޔާރު ބައްދަލުވުމުގެ ރިޔާސަތަށް ލިބިގެންވެއެވެ. މިގޮތުގެމަތިން ފުރުޞަތުގެ ދިގުމިން ކަނޑައަޅަން ރިޔާސަތުން ނިންމައިފިނަމަ، ބަހުސްގެ ޖުމްލަ ދިގުމިނާއި، ކޮންމެ މެންބަރަކަށް ލިބޭނެ ފުރުޞަތުގެ ދިގުމިން، ބަހުސްފެށުމުގެ ކުރިން ރިޔާސަތުން އިޢުލާނު ކުރަންވާނެއެވެ. މިގޮތަށް މެންބަރުންނަށް ފުރުސަތުދޭންވާނީ ހަމަހަމަ އުސޫލަކުންނެވެ. |
|||
ބައްދަލުވުމުގައި ވާހަކަދެއްކުމަށް ފުރުސަތަށް އެދުން |
(ހ) |
މި ގަވާއިދުގެ 31 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ބަހުސަށް ހުޅުވައިލުމުން، އެ ބައްދަލުވުމަކަށް ހުށަހެޅިފައިވާ މައްސަލައިގެ ބަހުސުގައި ބައިވެރިވާން ބޭނުންވާ މެންބަރުން، އަތް އުފުލައިގެން ރިޔާސަތަށް އެކަމަށް އެދޭނީއެވެ. |
||||
|
|
(ށ) |
ބަހުސްގައި ބައިވެރިވުމަށް ފުރުޞަތަށް އެދޭ މެންބަރުންނަށް، އެ ބަހުސަކަށް ކަނޑައެޅިފައިވާ ވަގުތު ހަމަވަންދެން، ނުވަތަ ބަހުސް އެއްކޮށް ނިމެންދެން، ފުރުޞަތަށް މެންބަރުން އެދުނު ތަރުތީބުކަމަށް ރިޔާސަތަށް ނޯޓުކުރެވިފައިވާ ތަރުތީބުން، ފުރުޞަތުދޭންވާނެއެވެ. |
|||
ބަހުސްގައި ވާހަކަ ދެއްކުމުގެ އަދަބުތައް |
|
ކައުންސިލްގެ ބައްދަލުވުންތަކުގައި ވާހަކަދެއްކުމުގައި، ކޮންމެ މެންބަރަކުވެސް އަންނަނިވި އުސޫލުތަކަށް ތަބާވާންވާނެއެވެ. |
||||
|
|
(ހ) |
މެންބަރަކު ވާހަކަ ދައްކަމުންދާ ވަގުތު އޭނާއާއި ރިޔާސަތާ ދެމެދު އެއްވެސް ހުރަހެއް ނުހުރުމާއި، މެންބަރަކުވެސް އެދެމެދަށް ހުރަސް ނޭޅުން. |
|||
|
|
(ށ) |
ހުށަހަޅާފައިވާ މައްސަލައެއްގެ މައްޗަށް މެންބަރުންގެ ވާހަކަ ބިނާކުރުން. |
|||
|
|
(ނ) |
އިސްލާމް ދީނުގެ އަސްލުތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުނުވެ، ވާހަކަ ދެއްކުމުގެ އަދަބުތަކަށްޙުރުމަތްތެރިކޮށް ހިތައިގެން، ކައުންސިލާއި ކައުންސިލްގެ އެއްވެސް މެންބަރެއްގެ ޢިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނޭ ގޮތުގެމަތިން، ވާހަކަދެއްކުން. |
|||
ބަހުސް ނިންމުން |
(ހ) |
ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅި ބަހުސްކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމުމުން ނުވަތަ ބަހުސަށް ކަނޑައެޅިފައިވާ ޖުމްލަ ވަގުތު ހަމަވުމުން، އެ ބަހުސްކުރެވުނު މައްސަލައެއް ހުށަހެޅި މެންބަރަކަށް، ޖަވާބުދާރީ ވުމަށާއި ފަހުބަސްބުނުމަށް މަދުވެގެން 3 (ތިނެއް) މިނެޓް ދޭންވާނެއެވެ. |
||||
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މައްސަލަ ހުށަހެޅި މެންބަރަށް ފަހުބަސް ބުނުމުގެ ފުރުޞަތު ރިޔާސަތުން ދިނުމާއެކު، މުޅި ބަހުސްއާ ގުޅިގެން ނިންމި ނިންމުން ރިޔާސަތުން އިޢުލާންކުރުމުން އެ މައްސަލައެއްގެ ބަހުސް ނިމުނީއެވެ. |
|||
މައްސަލައާ ގުޅޭގޮތުން ހުށަހަޅާ ކަންކަން |
(ހ) |
ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅި ބަހުސްކުރެވެމުންދާ މައްސަލައިގެ ބަހުސް ނިމުމުން، މައްސަލައާ މެދު ޢަމަލުކުރަން ފެންނަ ގޮތްތައް ހުށަހެޅުމަށް ބައްދަލުވުމުގެ ރިޔާސަތުން ހުޅުވާލަންވާނެއެވެ. އަދި އެފަދައިން ފުރުޞަތަށް އެދުމާއި ފުރުޞަތު ދިނުމުގައި ޢަމަލުކުރަންވާނީ މި ޤަވާޢިދުގެ 31 މާއްދައިގެ (ށ) ގައިވާ ގޮތުގެ މަތިންނެވެ. |
||||
|
|
(ށ) |
މި މާއްދާގެ (ހ)ގައި އެފަދައިން ބަޔާންކޮށްފައި ވީނަމަވެސް، ބަހުސްގެ މަރުހާލާގެ ތެރެއިން، މައްސަލައާ މެދު ޢަމަލުކުރުމަށް ފެންނަ ގޮތް ހުށަހެޅުމުގެ އިޚްތިޔާރު ކައުންސިލަރުންނަށް ލިބިގެންވެއެވެ. |
|||
ވާހަކައިގެ މެދުތެރެއިން ހުއްޓާލަންޖެހުން |
މެންބަރަކު ވާހަކަދައްކަމުން ދަނިކޮށް އަންނަނިވި ކަންކަމުންކުރެ ކަމެއް ދިމާވެއްޖެނަމަ، އެ މެންބަރަކު ދައްކަމުންދިޔަ ވާހަކަ ހުއްޓާލަންވާނެއެވެ. |
|||||
|
|
(ހ) |
މެންބަރަކު ދައްކާ ވާހަކައަކީ އިސްލާމްދީނުގެ އަސްލުތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވާ ގޮތަށް ދައްކާ ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓައިލުމަށް އެންގުން. |
|||
|
|
(ށ) |
މެންބަރަކު ވާހަކަދައްކަނީ ކައުންސިލްގައި ވާހަކަދެއްކުމުގެ އަދަބުތައްކަމަށް މި ގަވާއިދުގައި ބަޔާންކުރާ ކަމަކާ ތަޢާރުޟުވާ ގޮތަށްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓާލުމަށް އެންގުން. |
|||
|
|
(ނ) |
މެންބަރަކު ދައްކާ ވާހަކައަކީ އެޖެންޑާގައި ހިމެނިގެންވާ ކަމަކާ ގުޅުމެއްނެތް ވާހަކައެއްކަމަށް ރިޔާސަތަށް ފެނިގެން ވާހަކަ ހުއްޓާލުމަށް އެންގުން. |
|||
ވާހަކަ ހުއްޓާލަން އެންގި ސަބަބު ބަޔާންކުރުން |
މެންބަރެއްގެ ވާހަކަ ހުއްޓާލުމަށް ރިޔާސަތުން އަންގައިފިނަމަ، އެވާހަކައެއް ހުއްޓާލުމަށް އަންގާ ސަބަބު، ރިޔާސަތުން ސާފުކޮށް ބަޔާންކުރަންވާނެއެވެ. |
|||||
ކައުންސިލްގެ ބައްދަލުވުމެއްގައި ކުރުން ހުއްދަނޫން ކަންކަން |
ކައުންސިލްގެ އެއްވެސް ބައްދަލުވުމެއްގައި، ކައުންސިލްގެ މެންބަރަކު، އަންނަނިވި ކަންކަމުންކުރެ ކަމެއް ކޮށްގެން ނުވާނެއެވެ. |
|||||
|
|
(ހ) |
މެންބަރަކު ވާހަކަ ދައްކަމުން ގެންދާއިރު އޭނާއަށް އުނދަގޫވާފަދަ އެއްވެސް ކަމެއް ކުރުން. |
|||
|
|
(ށ) |
ބައްދަލުވުން ހިނގަމުންދާއިރު ކައުންސިލްގެ ޙުރުމަތް ކެނޑޭފަދަގޮތަށް ނޫސް މަޖައްލާފަދަ ތަކެތި ކިޔުމާއި، އެހެނިހެން މެންބަރުންނާ ވާހަކަދައްކާ ހެދުމާއި، ބައްދަލުވުމެގެ އަޑުއެހުމަށް އައިސް ތިބޭ މީހުންނަށް އިޝާރާތްކޮށް މުޢާމަލާތްކޮށްހެދުން؛ |
|||
|
|
(ނ) |
ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ކައުންސިލްގެ ބޭނުމަށް ފިޔަވައި، ކެސެޓް ރެކޯޑަރ، ނުވަތަ ޓޭޕް ރެކޯޑަރ، ނުވަތަ ކެމެރާ، ނުވަތަ މަންޒަރު ނުވަތަ އަޑު ރެކޯޑުކުރެވިދާނެ އެނޫންވެސް އެއްޗެހި ކައުންސިލްގެ ބައްދަލުވުންތަކުގައި ބޭނުންކުރުން. |
|||
|
|
(ރ) |
މެންބަރަކު ވާހަކަދައްކަމުން ގެންދަނިކޮށް އެ މެންބަރަކާ ރިޔާސަތާ ދެމެދު ހުރަސް އެޅުން. |
|||
|
|
(ބ) |
ބައްދަލުވުމުގެ ތެރޭގައި މޯބައިލް ފޯނުން ފޯނު ކުރުމާއި، ފޮޓޯއާއި ވީޑިއޯ ނެގުމާއި، އަޑު ރެކޯޑުކުރުން. |
|||
ކައުންސިލުން ކަމެއް ނިންމުން |
(ހ) |
މި ޤަވާޢިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅޭ ކަންކަން ނިންމޭނީ ކައުންސިލުގެ ބައްދަލުވުމަކަށް އެ ކަމެއް ހުށަހެޅި، އެ ބައްދަލުވުމަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. |
||||
|
|
(ށ) |
މި މާއްދާގެ (ހ)ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނީ މުޅި ކައުންސިލްގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. |
|||
|
|
(1) |
ކައުންސިލްގެ ނައިބު ރައީސް މަޤާމުން ދުރުކުރުން؛ |
|||
|
|
(2) |
އެއްވެސް ބާވަތެއްގެ ވިޔަފާރިއެއްގައި ނުވަތަ ވިޔަފާރި ކުންފުންޏެއްގައި ބައިވެރިވުން ނުވަތަ އިންވެސްޓުކުރުން. |
|||
|
|
(ނ) |
މި މާއްދާގެ (ހ)ގައި އެހެން އޮތް ނަމަވެސް، އަންނަނިވި ކަންކަމުންކުރެ ކަމެއް ފާސްކުރެވޭނީ މުޅި ކައުންސިލްގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބިގެންނެވެ. |
|||
|
(1) |
ޢާއްމު ތަންތަނަށް ދީފައިވާ ނަން ބަދަލުކުރުން؛ |
||||
|
(2) |
ރަށްރަށުގެ މަގާއި ޕާކުތަކާއި މައިޛާން ފަދަ ޢާއްމު ތަންތަން ދާއިމީ ގޮތުގައި ބަންދުކުރުން؛ |
||||
|
(3) |
ކައުންސިލުން ހޯދާ އުފުލޭ އަދި ނުއުފުލޭ މުދަލެއް ނައްތާލުން ނުވަތަ އެފަދަ މުދަލެއް އެހެން ފަރާތްތަކަށް ދިނުން ނުވަތަ ވިއްކުން. |
||||
|
(4) |
ކައުންސިލުން މާލީކަންކަމުގައި ލުއިދިނުން. |
||||
ކައުންސިލުން ކަމެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭ ކަންތައްތައް |
ކައުންސިލުން ކަމެއް ނިންމުމުގައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދޭން ވާނެއެވެ. އަދި ކައުންސިލުން ކަންކަން ނިންމަންވާނީ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ސަރުކާރުގެ ސިޔާސަތުތަކާއި ރަށުގެ ތަރައްޤީގެ ޕްލޭނާއި ޤައުމީ ތަރައްޤީގެ ޕްލޭނާ ތަޢާރުޟުނުވާ ގޮތުގެ މަތިންނެވެ. |
|||||
މާލީ ކަންކަން ނިންމުން |
(ހ) |
ކައުންސިލުގެ ބަޖެޓް ކަނޑައެޅުން ހިމެނޭ ގޮތުން، ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މާލީ އެންމެހައި ކަންކަމުގައި ކައުންސިލްތަކުން ޢަމަލުކުރަންވާނީ، ދައުލަތުގެ މުދަލާއި ފައިސާއާބެހޭ އެންމެހައި ޤާނޫނުތަކާއި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)އާއި، އެ ޤާނޫނުތަކުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި، ދައުލަތުގެ ފައިސާއާބެހޭ ކަންކަމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. |
||||
|
|
(ށ) |
ކައުންސިލްތަކުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި، އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން ނުވަތަ އެ ނޫންވެސް ގޮތަކުން ކައުންސިލަށް ލިބެންޖެހޭ ކުއްޔެއް، ޖޫރިމަނާއެއް ނުވަތަ އެ ނޫންވެސް އެހެން ފައިސާއެއް މަޢާފުކުރަން ނުވަތަ ފަސްކުރަން ނުވަތަ ލުޔެއް ދިނުމަށް އެދޭނަމަ އެކަން ކުރަން ވާނީ، ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ) ގައި ބަޔާންކުރާ ގޮތުގެމަތިންނެވެ. |
|||
ވޯޓު ދިނުން |
(ހ) |
ކައުންސިލުން ސިއްރު ވޯޓަކުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން ކަމަށް ކައުންސިލުން ކަނޑައަޅާ ކަންކަން ފިޔަވައި، އެހެނިހެން ކަންކަން ނިންމުމުގައި ކައުންސިލުން ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. |
||||
|
|
(ށ) |
ކައުންސިލްގެ ކޮންމެ މެންބަރަކަށްވެސް ދެވޭނީ، ވޯޓުނަގާ ކޮންމެ ކަމަކަށް 1 (އެކެއް) ވޯޓެވެ. ކައުންސިލުގެ ބައްދަލުވުންތަކުގައި ވޯޓު ދިނުމަށް އަހަންވާނީ، ހުށަހެޅިފައިވާ ކޮންމެ ކަމަކަށް ވަކިވަކިންނެވެ. |
|||
|
|
(ނ) |
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓަށް އަހަންވާނީ، ފެންނަކަމަށް ނުވަތަ ނުފެންނަކަމަށް އަހައިގެންނެވެ. އަދި ސިއްރު ވޯޓަކުން ނިންމާ ކަންކަން ފިޔަވައި އެ ނޫން ކަންކަމުގައި މެންބަރުން ވޯޓު ދިން ގޮތުގެ ތަފުސީލު، އެ ބައްދަލުވުމުގެ ޔައުމިއްޔާގައި ހިމަނަންވާނެއެވެ. |
|||
|
|
(ރ) |
މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓަށް އަހާއިރު، ވަކިކޮޅަކަށް ވޯޓް ދީފައި ނުވާނަމަ، އެ މެންބަރެއްގެ ވޯޓު ބެލެވޭނީ، ފާސްކުރުމަށް ނުފެންނަކަމަށް ވޯޓު ދިން މެންބަރެއްގެ ގޮތުގައެވެ. |
|||
ރިޔާސަތުން ވޯޓުގައި ބައިވެރިވުން |
|
ކައުންސިލުން ކަންކަން ނިންމުމުގައި ރިޔާސަތުން ވޯޓުގައި ބައިވެރިވާންވާނެއެވެ. |
||||
ވޯޓު ގުނައި ތަފްޞީލު ރެކޯޑުކުރުމާއި ނަތީޖާ އިޢުލާނުކުރުން |
ވޯޓު ގުނައި، އޭގެ ތަފްޞީލު ރެކޯޑު ކުރާނީ ކައުންސިލުގެ ސެކެޓްރީ ޖެނެރަލް ނުވަތަ ސެކެޓްރީ ޖެނެރަލް ކަނޑައަޅާ ކައުންސިލުގެ އިދާރާގެ މުވައްޒަފެކެވެ. އަދި ވޯޓުގެ ނަތީޖާ އިޢުލާނުކުރާނީ ބައްދަލުވުމުގެ ރިޔާސަތުންނެވެ. |
|||||
މަސްލަހަތު ފުށުއަރާ ޙާލަތު
|
ކައުންސިލްގެ އެއްވެސް މެންބަރެއްގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ނުވަތަ ދަރިއެއްގެ ނުވަތަ މަންމަގެ ނުވަތަ ބައްޕަގެ ނުވަތަ އެއްބަނޑު އެއްބަފާ މީހެއްގެ މަޞްލަޙަތު ހިމެނޭ ނުވަތަ އެ މެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާމެދު ކައުންސިލްގައި މަޝްވަރާކުރާނަމަ، އެ މެންބަރަކު އެ ބައްދަލުވުމުގައި ބައިވެރިވެގެން ނުވާނެއެވެ. |
|||||
ނިންމުންތައް ހާމަކުރުން |
(ހ) |
ކައުންސިލުން ފާސްކުރާ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް ޢާއްމުކޮށް ހާމަކުރަންވާނެއެވެ. މިގޮތަށް ހާމަނުކުރެވޭ އަމުރުތަކަކީ ޞައްޙަ އަމުރުތަކެއް ކަމުގައި ނުބެލެވޭނެއެވެ. |
||||
|
|
(ށ) |
ކައުންސިލުން ފާސްކުރާ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތަކާއި ކަންތައްތައް ޢާއްމުކޮށް ހާމަކުރުމަށްޓަކައި ކައުންސިލުގެ ސިއްކަ ޖެހުމަށްފަހު ކައުންސިލުގެ އިދާރާގެ ނޯޓިސް ބޯޑުގެ އިތުރުން، ކައުންސިލުގެ ވެބްސައިޓާއި ކައުންސިލުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޢާއްމުކުރަންވާނެއެވެ. |
|||
|
|
(ނ) |
މި މާއްދާގެ (ހ) އާއި (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލުގެ ޤަރާރުތަކާއި އަމުރުތަކާއި ނިންމުންތައް އާންމުކުރުމަށްފަހު، ކައުންސިލުގެ އިދާރާއިން އެކަން ރެކޯޑުކޮށް ބަލަހައްޓަންވާނެއެވެ. |
|||
ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން |
ކައުންސިލްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުމުގެ އިންތިޒާމު ހަމަޖައްސައި ކައުންސިލްގެ މެންބަރުންނަށް ފަސޭހައިން ފެންނާނޭހެން ބެލެހެއްޓުމަކީ ކައުންސިލްގެ އިދާރާގެ ސެކެޓްރީ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ. |
|||||
ބައްދަލުވުންތަކުގެ ޔައުމިއްޔާ |
(ހ) |
ކައުންސިލްގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ، އެ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްކޮށް އެ ޔައުމިއްޔާގައި މެންބަރުން ސޮއިކުރަންވާނެއެވެ. |
||||
|
|
(ށ) |
އެ ބައްދަލުވުމެއްގައި ކައުންސިލުން ނިންމި ކަންކަމާއި، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި، ބައްދަލުވުމުގައި ބައިވެރިނުވި މެންބަރުން ބައިވެރި ނުވި ސަބަބާއި، ބައްދަލުވުން ބޭއްވި ތާރީޚާއި ތަނާއި ވަގުތުގެ އިތުރުން، އެ ބައްދަލުވުމުގައި، ކައުންސިލަރުންގެ އިތުރުން އެހެން ފަރާތަކުން ބައިވެރިވެފައިވާނަމަ އެކަމުގެ މަޢުލުމާތުވެސް ބައްދަލުވުމުގެ ޔައުމިއްޔާގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ. |
|||
|
|
(ނ) |
މި މާއްދާގެ (ހ)ގައި ބަޔާންކުރާ ފަދައިން ކައުންސިލުގެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ވޯޓު ނުދޭ މެންބަރުން، ޔައުމިއްޔާ އިޞްލާޙުކުރާނެ ގޮތެއް ފާހަގަކޮށްފައި ނުވާނަމަ، ބެލެވޭނީ ޔައުމިއްޔާ ރަނގަޅުކަމަށް ރުހޭކަމަށެވެ. |
|||
ޓައުން ހޯލް މީޓިންގ |
46 |
(ހ) |
ކައުންސިލެއް ނިސްބަތްވާ އާބާދީގެ ދިރިއުޅެމުންދާ މީހުންގެ ތެރެއިން 100 (އެއްސަތޭކަ) މީހުން ނުވަތަ 20% (ވިހި އިންސައްތަ) ރައްޔިތުންގެ ފަރާތުން ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިދިނުމަށް އެދެވިދާނެއެވެ. އަދި ޓައުން ހޯލް ބައްދަލުވުން ބާއްވައިދިނުމަށް އެދޭ ސަބަބާއި، އެދޭ ފަރާތްތަކުގެ ނަމާއި، ދިރިއުޅޭ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި، ސޮއި، އެކަމަށް އެދިގެން ފޮނުވާ ލިޔުމުގައި އޮންނަންވާނެއެވެ. |
|||
|
|
(ށ) |
ޓައުން ހޯލް ބައްދަލުވުމެއް ބޭއްވޭނީ އެ ކައުންސިލެއްގެ އިޙުތިޞާސްގައި ހިމެނޭ އެކައުންސިލަކާއި ގުޅުންހުރި ކަމެއްގައި، އެ ބައްދަލުވުމެއް ބޭއްވުމަށް ރައްޔިތުން ބޭނުންވާ، ޢާއްމު މަޞްލަހަތާއި ގުޅުން ހުރި ކަމެއްގައި ޓައުން ހޯލު ބައްދަލުވުމެއް ބޭއްވުމަށް ރައްޔިތުން އެދިއްޖެ ނަމައެވެ. |
|||
ހަތަރުވަނަ ބާބު ކައުންސިލްގެ އިދާރާ |
||||||
ކައުންސިލްގެ އިދާރާ
|
47 |
ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، ކައުންސިލުގެ އިދާރީ ކަންކަން ކުރާނީ، އެކަމަށްޓަކައި ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ޤާއިމުކުރާ އިދާރާއިންނެވެ. |
||||
ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް |
48 |
(ހ) |
ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ލަފަޔާއެކު، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ. |
|||
|
(ށ) |
ކައުންސިލްގެ އެންމެހައި އިދާރީ ކަންކަމުގައި ކައުންސިލަށް ޖަވާބުދާރީވާނީ، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. އަދި، ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި ކައުންސިލަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ އިސްފަރާތަކީވެސް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ. |
||||
ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް |
49 |
ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. |
||||
|
|
(ހ) |
ކައުންސިލްގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލް ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި، ކައުންސިލުގެ އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން؛ |
|||
|
|
(ށ) |
ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް، ނައިބު ރައީސް ނުވަތަ ކައުންސިލް ހިންގުމާ އެވަގުތަކު ޙަވާލުވެހުރި ކައުންސިލަރަށް ރިޕޯޓުކޮށް ޖަވާބުދާރީވުން؛ |
|||
|
|
(ނ) |
ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ ޤަވާޢިދުތަކާއި އުޞޫލުތައް ތަންފީޛުކުރުން؛ |
|||
|
|
(ރ) |
ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތައް ކައުންސިލްގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުން؛ |
|||
|
|
(ބ) |
ކައުންސިލްގެ މަސައްކަތްތަކާއި ޙަރަކާތްތަކާއި އިންސާނީ ވަސީލަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލަށް ލަފާދިނުން؛ |
|||
|
|
(ޅ) |
ކައުންސިލުން ކުރާ މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން؛ |
|||
|
|
(ކ) |
ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓްތަކާއި ރިޕޯޓުތައް ތައްޔާރުކުރުމާއި ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ތަންފީޛުކުރުން؛ |
|||
|
|
(އ) |
ކައުންސިލްގެ މަސައްކަތްތައް ތަރައްޤީކޮށް ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ފަންނީ ދިރާސާތައްކޮށް، އޭގެ އަލީގައި ކައުންސިލްގެ ޚިދުމަތްތަކާއި މަސައްކަތްތައް ތަރައްޤީކުރުމަށް ކައުންސިލްގެ ރައީސަށް ލަފާދިނުން؛ |
|||
|
|
(ވ) |
ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ބޭނުމަށް، ކައުންސިލްގެ ރައީސްގެ ލަފާގެމަތިން، ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުން؛ |
|||
|
|
(މ) |
ކައުންސިލްގެ ޖަލްސާތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމަށްޓަކައި ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ޙައިސިއްޔަތުން ބައިވެރިވުން؛ |
|||
|
|
(ފ) |
ކައުންސިލުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ވަޞީލަތްތަކާއި އެހީތެރިކަމާއި ލަފައާއި މަޝްވަރާ ފޯރުކޮށްދެވޭކަން ކަށަވަރުކުރުން؛ |
|||
|
|
(ދ) |
ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ޙައިޞިއްޔަތުން ސިވިލް ސަރވިސް ކޮމިޝަނުން ޙަވާލުކުރާ މަސައްކަތްތައްކުރުން؛ އަދި |
|||
|
|
(ތ) |
ކައުންސިލްގެ މަސައްކަތާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސް އަންގާ އެހެނިހެން ކަންތައްތައްކުރުން. |
|||
މީޑިއާއަށް މަޢުލޫމާތު ދިނުން |
50 |
|
ކައުންސިލުން ކުރާ މަސައްކަތްތަކާގުޅޭ ގޮތުން މީޑިއާއަށް މަޢުލޫމާތު ދޭނީ ކައުންސިލްގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ އެމަސައްކަތާ ހަވާލުވެތިބި އިސް މުވައްޒަފުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ މުވައްޒަފުން ނުވަތަ މުވައްޒަފެކެވެ.
|
|||
ފަސްވަނަ ބާބު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ އޮންނަ ގުޅުން |
||||||
ކައުންސިލުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އެހީތެރިކަން ފޯރުކޮށްދިނުން |
51 |
ކައުންސިލުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިއަށް އެހީތެރިވުމުގެ ގޮތުން އަންނަނިވި ކަންކަން ކުރަންވާނެއެވެ. |
||||
|
|
(ހ) |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މަސައްކަތްކުރެވޭނެ ވެއްޓެއް ޤާއިމުކޮށްދިނުން؛ |
|||
|
|
(ށ) |
ރަށު ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭނާއި މަސައްކަތު ތާވަލު އަދި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމާއި ތަންފީޒުކުރުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުމާއި ލަފައާއި މަޝްވަރާ ހޯދުން؛ |
|||
|
|
(ނ) |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބަލައި، ކޮމެޓީގެ ޙަރަކާތްތަކާއި މަސައްކަތްތައް ރަނގަޅުކޮށް ހަރުދަނާކުރުމުގައި ލަފަޔާއި މަޝްވަރާ ދިނުން؛ |
|||
|
|
(ރ) |
މަދުވެގެން މަހަކު 1 (އެކެއް) ފަހަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބައްދަލުކުރުން އަދި ކައުންސިލާއެކު އިތުރު ބައްދަލުވުމަކަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެދެފިނަމަ، ކޮމެޓީއާއެކު ބައްދަލުކުރުން؛ |
|||
|
|
(ބ) |
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޙަރަކާތްތަކާއި މަސައްކަތްތައް ވިލަރެސްކުރުން؛ |
|||
|
|
(ޅ) |
ކައުންސިލުތަކުން ޢާންމުކޮށް ހާމަކުރާ ރިޕޯޓުތަކާއި މަޢުލޫމާތު ދިނުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިވުން ހޯދުން؛ |
|||
|
|
(ކ) |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ހިންގުމަށް ކަނޑައަޅާ ހަރަކާތްތައް ރަށު ތަރައްޤީގެ ޕްލޭންގައި ހިމެނުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތު ތާވަލާއި ބަޖެޓް އެކުލަވާލުމުގައި ކޮމިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުން؛ |
|||
|
|
(އ) |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބޭނުންވާ އިދާރީ އަދި ފަންނީ ޤާބިލްކަން އިތުރުކުރުމަށްޓަކައި ދޭންޖެހޭ ތަމްރީންތަކާ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުން؛ |
|||
|
|
(ވ) |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ޙަރަކާތްތަކާއި މަސައްކަތްތަކަށް ބޭނުންވާ އެންމެހައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން؛ |
|||
|
|
(މ) |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މަސްއޫލިއްޔަތުގެ ދާއިރާއިން ކައުންސިލްގެ އެހީތެރިކަމަށް ކޮމެޓީން އެދެފިނަމަ ކޮމެޓީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. |
|||
ހަވަނަ ބާބު ސަރުކާރާއި ކައުންސިލާ އޮންނަ ގުޅުން |
||||||
ޤައުމީ އިދާރާއާ އޮންނަ ގުޅުން |
52 |
ޤާނޫނު ނަންބަރު 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ) ގެ 9 (ނުވައެއް) ވަނަ ބާބުގައި ބަޔާންކުރާ ގޮތުގެމަތިން، މުއައްސަސާތަކުން އިދާރީ ދާއިރާތަކުގައި އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށްޓަކައި ހިންގާ ހަރަކާތްތަކުގައި އެ މުއައްސަސާއަކުން ބޭނުންވާ އެއްބާރުލުމެއް ކައުންސިލުން ދޭންވާނެއެވެ. |
||||
ހަތްވަނަ ބާބު އެހެނިހެން ކަންކަން |
||||||
ޤަވާޢިދަށް އިޞްލާޙު ގެނައުން |
53 |
(ހ) |
މި ޤަވާއިދަށް ނުވަތަ ޤަވާއިދުގެ އެއްވެސް މާއްދާއަކަށް އިސްލާޙެއް ނުވަތަ ބަދަލެއް ގެނެވޭނީ، އެ އިސްލާޙެއް ނުވަތަ ބަދަލެއް ގެނައުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާ ހޯދުމަށްފަހު، ގަވާއިދަށް އެ އިސްލާޙެއް ނުވަތަ ބަދަލެއް ގެނައުމަށް ކައުންސިލުގެ ބައްދަލުވުގައި ފާސްކޮށް ސަރުކާރުގައި ގެޒެޓްގައި ޝާއިޢުކުރުމުންނެވެ. |
|||
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މި ގަވާއިދަށް ގެނެވޭ އިސްލާހުތައް، ކައުންސިލުގެ އިދާރާގެ ނޯޓިސްބޯޑާއި ކައުންސިލްގެ ރަސްމީ ވެބްސައިޓާއި، ކައުންސިލްގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޢާއްމުކުރަން ވާނެއެވެ. |
|||
ޤަވާޢިދުގައި ނެތްކަމެއް ދިމާވުން |
54 |
މި ގަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމެއްގައި ޢަމަލުކުރާނެ ގޮތެއް ނިންމާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެމަތިން ކައުންސިލްގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. |
||||
އިޖުރާއީ ގަވައިދާ ފުށޫއެރުން |
55
|
މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް ގަވާއިދު ނަންބަރު 2021/R-143 ( ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދާ ) ފުށުއަރައިފިނަމަ އިސްކަންދެވޭނީ ލޯކަލް ކައުންސިލުތަކުގެ އާންމު އިޖުރާއީ ގަވާއިދަށެވެ. |
||||
މާނަކުރުން |
56 |
މި ޤަވާޢިދުގައި ޢިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ. އަދި މި ޤަވާޢިދުގައި މުފްރަދު މާނަ ދޭހަވާގޮތަށް ބޭނުންކޮށްފައިވާ މާނައިގައި ޖަމްޢުކޮށް ބޭނުންކުރާ މާނަވެސް ހިމެނިގެންވެއެވެ. |
||||
|
|
(ހ)
|
"ކައުންސިލް" ކަމަށް ބުނެފައި އެވަނީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލަށެވެ. |
|||
|
|
(ށ) |
"ކައުންސިލަރުން" ކަމަށް ބުނެފައި އެ ވަނީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ މެންބަރުންނަށެވެ. |
|||
|
|
(ނ) |
"ސެކްރެޓަރީ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ ކައުންސިލުގެ އިދާރާގެ އެންމެ އިސް އިދާރީ މުވައްޒަފުކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ފަރާތެއް ނުވަތަ އެ މަޤާމުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ޙަވާލުވެހުރި މުވައްޒަފެވެ. |
|||
|
|
(ރ) |
"ޤައުމީ އިދާރާ" ކަމަށް ބުނެފައި އެވަނީ ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކާއި މިތަންތަނުގެ ސީދާ ބެލުމުގެ ދަށުން ހިންގާ އިދާރާތަކާއި ޤާނޫނުއަސާސީގެ ދަށުން އުފައްދައި ހިންގަމުންދާ ދައުލަތުގެ މިނިވަން މުސްތަޤިއްލު މުއައްސަސާތަކަށެވެ. |
|||
|
ސަލާމުގެ/އާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު
ކައުންސިލަރު ފުރިހަމަ ކުރަންޖެހޭ ބައި |
|||||
ދުވަސް: 1 (އެކެއް) |
ދުވަސް: 2 (ދޭއް) |
||||
ތާރީޚު: |
އެންގި ގަޑި: |
ތާރީޚު: |
އެންގި ގަޑި: |
||
ސަބަބު: |
ސަބަބު: |
||||
2 ދުވަހަށްވުރެ އިތުރު ވާނަމަ ތަފްސީލު ލިޔަން: |
ތާރީޚު: |
އެންގި ގަޑި: |
|||
ސަބަބު: |
|||||
ކައުންސިލަރގެ ނަން: |
ކައުންސިލަރގެ އިގުރާރު: މަތީގައި އެވަނީ އަޅުގަނޑާބެހޭ ތެދު މައުލޫމާތެވެ. އަދި އެމައުލޫމާތަކީ އެއްވެސް މަޖުބޫރުކަމެއްނެތި އަޅުގަނޑު ދީފައިވާ މަޢުލޫމާތެވެ. ސަލާމުގެ ޗުއްޓީގައި އަޅުގަނޑު ހުރީ އަޅުގަނޑު ބަލިވެގެން ނޫން ކަމަށް ވެއްޖެ ނަމަ، އަޅުގަނޑުގެ މައްޗަށް އިސްލާހީ ފިޔަވަޅު އެޅޭނެ ކަން އަޅުގަނޑު ގަބޫލުކުރަމެވެ. |
||||
އެޑްރެސް: |
|||||
މަގާމް: |
|||||
ސޮއި: |
|||||
|
|||||
ރައީސް، ނައިބު ރައީސް ނުވަތަ ޙަވާލުވެހުރި ކައުންސިލަރ ފުރިހަމަ ކުރަންޖެހޭ ބައި |
|||||
ދުވަސް -1 |
ދުވަސް -2 |
||||
އެންގި ތާރީޚު: |
އެންގި ގަޑި: |
އެންގި ތާރީޚު: |
އެންގި ގަޑި: |
||
ކައުންސިލަރ ނަން: |
ކައުންސިލަރގެ ސޮއި |
ތާރީޚު: |
|||
މަޤާމް: |
|||||
|
|||||
ޙާޟިރީ ބަލަހައްޓާ މުވައްޒަފު ފުރިހަމަކުރަންޖެހޭ ބައި |
|||||
އިދާރާއަށް ފޯމު ބަލައިގަތް: |
|||||
މުވައްޒަފުގެ ނަން: |
|||||
މަގާމު: |
ގަޑި: |
||||
ސޮއި: |
ތާރީޚު: |