ވަޒީފާގެ ފުރުޞަތު
ނަންބަރު: IL/2024/7514
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 29 މޭ 2024 13:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ސައިބަރސެކިއުރިޓީ އެންޑް އިންޕޮރމޭޝަން އެޝުއަރެންސް ސެކްޝަން / ޓެކްނޮލޮޖީ ސަރވިސަސް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާރސްޓަރސް ޑިގްރީ ހާޞިލް ކޮށްފައިވުން
  • މަސައްކަތާ ގުޅޭ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހު ތަޖްރިބާ ލިބިފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި ނެޓްވާރކިން،ކޮންޓެއިނަރ އޯކަސްޓްރޭޝަން އަދި ސައިބަރސެކިއުރިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިންފޮމޭޝަން ޓެކްލޮޖީއާ ބެހޭ ސެކިއުރިޓީ އުސޫލްތަކާއި ޕްރޮސެސްތަކާއި ގައިޑްލައިންތައް ތަންފީޒު ކުރުން
  • މިހާރު ގާއީމްކޮށްފައިވާ އައިޓީ ދާއިރާއާ ގުޅޭ ސެކިއުރިޓީ އުސޫލްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރުން
  • ގުޅުން ހުރި ފަރާތްތަކާއި އެކު މަސައްކަތްކޮށް އިންފޮމޭޝަން ސެކިއުރިޓީގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން

މުސާރަޔާއި އިނާޔަތްތައް

31،500.00 – 37,700.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

އިންޝުއަރެންސް ސުޕަރވިޝަން ސެކްޝަން / އިންޝުއަރެންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އެކްޗޫރިއަލް ސައިންސް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސް ނުވަތަ ރިސްކް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާރސްޓަރސް ޑިގްރީ ހާޞިލް ކޮށްފައިވުން ނުވަތަ އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް އިމްތިޙާނުގައި އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖް މާއްދާއިން “A*” ނުވަތަ އިންގްލިޝް އޭޒް އަ ފަސްޓް ލެންގުއޭޖް މާއްދާއިން "A" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
  • ވަޒީފާއަށް މީހަކު ހޮވުމުގައި އިންޝުއަރެންސްގެ ދާއިރާ، އެކައުންޓިންގ އެންޑް ފައިނޭންސް، ރިސްކް މެނޭޖްމަންޓް ނުވަތަ ރެގިއުލޭޓަރީ އޭރިޔާގައި މަސައްކަތްކުރައްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އިންޝުއަރެންސްގެ ޚިދުމަތްދޭ ތަންތަން ރެގިއުލޭޓްކޮށް ސުޕަރވައިޒުމުގެ މަސައްކަތް

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ބޭންކްްސް އޯފް-ސައިޓް ސުޕަރވިޝަން ސެކްޝަން / ބޭންކްސް އެންޑް އަދަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބޭންކިން، ފައިނޭންސް، އެކައުންޓިން، ސްޓެޓިސްޓިކްސްގެ ދާއިރާއަކުން ނުވަތަ މިދާއިރާތަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާރސްޓަރސް ޑިގްރީ ހާޞިލް ކޮށްފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް އިމްތިޙާނުގައި އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖް މާއްދާއިން “A*” ނުވަތަ އިންގްލިޝް އޭޒް އަ ފަސްޓް ލެންގުއޭޖް މާއްދާއިން "A" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
  • މައިކްރޯސޮފްޓް އެކްސެލް ނުވަތަ އެހެން ސްޓެޓިސްޓިކަލް ސޮފްޓްވެއަރ ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ބޭންކްތައް ސްޕަވައިޒު ކުރުމާއި ރެގިއުލޭޓް ކުރުމުގެ އެންމެހާ މަސައްކަތްތައް

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

މެއިންޓެނަންސް އެސިސްޓެންޓް

ސެކްޝަން:

ބިލްޑިންގ އެންޑް ޕްރޮޕަޓީ މެނޭޖްމެންޓް ސެކްޝަން / ބިލްޑިންގ، ޕްރޮޕަޓީ އެންޑް ސެކިއުރިޓީ މެނޭޖްމަންޓް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • އިލެކްޓްރިކް މަސައްކަތާއި ގުޅޭ ދާއިރާއަކުން ސެޓްފިކެޓް ލެވެލް 3 ގެ ފާހެއް ހާޞިލްކޮށްފައިވުން ނުވަތަ އިލެކްޓްރިކް މަސައްކަތާ ގުޅުންހުރި ދާއިރާގެ އަމަލީ މަަަސައްކަތް ކުރުމުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި ކަރަންޓް ވައިރު ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްކަށާއި ފެންވައިރު ކުރުމާއި ވަޑާންކުރުންފަދަ މެއިންޓެނަންސް މަަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިމާރާތާއި ފަރނީޗަރ އަދި ފިޓިންސް މަރާމާތު ކުރުމުގެ މަސައްކަތްކުރުން

މުސާރަޔާއި އިނާޔަތްތައް

  • 11,750.00 – 13,250.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ރަސްމީ ލިޔުމެއް.
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުން
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

29 މޭ 2024  ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގެރޭސި ބަހުގެ ނަތީޖާއަށެވެ.

15 މޭ 2024