ނީލަން
ނަންބަރު: GS135/IUL/2024/06
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 20 މޭ 2024 13:00
ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
ނީލަން ކިޔުން

މިސްކޫލްގައި ހުރި ބައެއް ތަކެތީގެ ނީލަން ކިޔުން 20 މެއި 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގައި އޮންނާނެއެވެ.

ނީލަން ކިޔުމުގެ އުސޫލް

1. ނީލަން ކިޔޭތަކެތީގެ ކޮންމެ ބަޔަކަށް ނީލަން ނަންބަރެއް ދެވިފައި ވާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ބައެއްގައި ހުންނާނެއެވެ. އަދި ކޮންމެ ނީލަމެއް ފެށޭއަގާއި ކޮންމެ ފަހަރަކު މަދުވެގެން އަގަށް އިތުރުކުރެވޭނެ މިންވަރު އެނގެން ހުންނާނެއެވެ. ފެށޭ އަގަށް އެއްވެސް ފަރާތަކުން ކުރިމަތި ނުލާނަމަ އެ އަގު ދަށް ކުރެވޭނެއެވެ.

2. ނީލަމެއް ކުރިއަށްގެންދާނީ މަދުވެގެން ތިންބައިވެރިންގެ ހާޒިރުގައެވެ. ތިން ބައިވެރިން ހަމަނުވާނަމަ، ދެން ނީލަން ކިޔޭނީ ދެވަނަފަހަރަށް އިޢުލާން ކުރުމަށްފަހުއެވެ.

3. ނީލަމުގައި ހުށަހަޅާއަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ވަގުތުން ވަގުތަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެންފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.

4. ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ހަވާލުކުރެވޭނެއެވެ.

5. ނީލަން ކާމިޔާބުކުރި ފަރާތަށް ތަކެތި ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ.ނީލަން ފައިސާ އެންމެ ލަސްވެގެން 22 މެއި 2024 ވާ ބުދަ ދުވަހު 14:00 އަށް މިމަދަރުސާއަށް ދައްކާ ތަކެތި ގެންގޮސް ނިންމަން ވާނެއެވެ. ފައިސާ ބަލައިގަތުން އޮންނާނީ އެދުވަހު 10:00 ން 14:00 ށް ކަމުގައި ދަންނަވަމެވެ

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ސްކޫލްގެ ނަމްބަރު 6600020 އަށެވެ.  ނުވަތަ [email protected] އަށް އީމެއިލް ކުރެވިދާނެއެވެ.  

15 މޭ 2024