ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)195-A/195/2024/19
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 26 މޭ 2024 11:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަނަށް ބޭނުންވާ އެޑޯބް އެކްރޯބެޓް ޕްރޯ ފޮރ ޓީމްސް ލައިސަންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކޮމިޝަނަށް ބޭނުންވާ އެޑޯބް އެކްރޯބެޓް ޕްރޯ ފޮރ ޓީމްސް ލައިސަންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޮމިޝަންގެ (IUL)195-A/195/2024/11 (22 ފެބްރުއަރީ 2024) ނަންބަރު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު ބޮޑު ކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން މި ކޮމިޝަނަށް އެޑޯބް އެކްރޯބެޓް ޕްރޯ ފޮރ ޓީމްސް ލައިސަންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި ކޮމިޝަނަށް ބޭނުންވާ އެޑޯބް އެކްރޯބެޓް ޕްރޯ ފޮރ ޓީމްސް ލައިސަންސް ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

މި ކޮމިޝަންނަށް ބޭނުންވާ އެޑޯބް އެކްރޯބެޓް ޕްރޯ ފޮރ ޓީމްސް ލައިސަންސް ސައިޕްލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓް ކޮށްފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބިޑް ޑޮކިއުމެންޓް ތައްޔާރުކުރުމަށްފަހު 26 މޭ 2024 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ކޮމިޝަނަށް (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތްމަގު) އަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންނަމަ 23 މޭ 2024 ވާ ބުރާސްފަތި ދުވަހު ގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

07 ޛުލްޤަޢިދާ 1445

15 މޭ 2024