މަސައްކަތް
ނަންބަރު: (IUL)425-A1/1/2015/55
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 11 މޭ 2015 11:30
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހިންގުމަށް ހުރަވީ ބިލްޑިންގއިން ހަމަޖެހިފައިވާ ބައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން

މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހިންގުމަށް ހުރަވީ ބިލްޑިންގުން ހަމަޖެހިފައިވާ ބައި، (ހުރަވީ ބިލްޑިންގގެ ގްރައުންޑް ފްލޯ، ފުރަތަމަ ފަންގިފިލާގެ ހުޅަނގުބައި) މިއިދާރާއިން ދޭ ކުރެހުމާ އެއްގޮތަށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުމަށް ދަންނަވަމެވެ.

ތަފުސީލު

ތާރީޚު

ތަން

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

11 މޭ 2015

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ހުރަވީ ބިލްޑިންގ (ގްރައުންޑް ފްލޯ)

ހޯމަ

11:30

އަގު ހުށަހެޅުން

17 މޭ 2015

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ވޭސްޓް މެނޭޖްމަންޓް ސެކްޝަން

އާދީއްތަ

11:30

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން އަގު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

14 ރަޖަބު 1436

04 މޭ 2015