ތަމްރީނު
ނަންބަރު: (IUL)475-Schol/475/2024/74
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 31 ޖުލައި 2024 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް 2023

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް 2023

 

2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުން މި ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، މި ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުންނެވެ.

މި ސްކޮލަރޝިޕް ލިބުމަށް ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެހިރާއްޖޭގެ ސްކޫލް/މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ޘާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަށް ވުން.
  2. 2.1 ދިވެހިރާއްޖޭގެ ސްކޫލް/މަދަރުސާއަކުން 2023 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރެއް ނަމަ:

        (ހ). "އިސްލާމް" އާއި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން A* ފާސް ހޯދާފައިވުން، އަދި

       (ށ). ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ފާހެއް ހޯދާފައިވުން.

    ނުވަތަ

     2.2 ދިވެހި ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް/މަދަރުސާއަކުން 2023 ވަނަ އަހަރު ޝަހާދާ ޘާނަވީ އިމްތިޙާން ހެދި 

      ދަރިވަރެއް ނަމަ:

       (ހ). ޝަހާދާ ޘާނަވީ އިމްތިހާނުން ފައިނަލް އެވްރެޖް ގައި "*A" ފާހެއް ހޯދާފައިވުން، އަދި

       (ށ). އެޗް.އެސް.ސީ ދިވެހި މާއްދާއިން "*A" ފާހެއް  ހޯދާފައިވުން، އަދި

       (ނ). ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން 

        މަތީ ފާހެއް ހޯދާފައިވުން.

    ނުވަތަ

     2.3 އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އިން ޝަހާދާ ޘާނަވީ އިމްތިހާނުން 1 ވަނަ ޙާޞިލުކުރުން.

 

* މަތީގައި ދެންނެވި ޝަރުޠު ފުރިހަމަވާ ދަރިވަރުން މި ސްކޮލަރޝިޕްގައި ކިޔެވުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ތިރީގައިވާ ލިޔުންތައް މި މިނިސްޓްރީއަށް ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

 

ހުށަހަޅަން ޖެހޭ ތަކެތި.

  1. ޖީ.ސީ.އީ އޭލެވެލް ނުވަތަ ޝަހާދާ ޘާނަވީ ސެޓްފިކެޓްތަކުގެ ދެފުށުގެ ކޮޕީ
  2. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތްކަން އެނގޭ ސެޓްފިކެޓްގެ ދެފުށުގެ ކޮޕީ .
  3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ
  5. ޔުނިވަރސިޓީ (ކޯހުގެ) ފީ ސްޓްރަކްޗަރ. (ލިބިފައިވާނަމަ)
  6. އަންކޮންޑިޝަނަލް އޮފަރ ލެޓަރ. (ލިބިފައިވާނަމަ)
  7. ޔުނިވަރސިޓީ ޕްލޭސްމަންޓާ ގުޅޭ ލިޔުންތައް. (ލިބިފައިވާނަމަ)

 

* މި ސްކޮލަރޝިޕްގެ އުޞޫލުގައި އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ލާޒިމުކުރާތީ ދަރިވަރުން މިކަން ކުރިއަށް ގެންދެވުން އަވަސްކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. 

ސުންގަޑި: 31 ޖުލައި 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން.

 

މި ސްކޮލަރޝިޕްގެ އުޞޫލު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv (https://www.mohe.gov.mv/resources)ގައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަދި ގުޅުއްވާނީ 3026947 އަށެވެ.

15 މޭ 2024