ބީލަން
ނަންބަރު: (IUL)291/291/2024/13
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 28 މޭ 2024 11:00
މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖްކުރުމުގެ މަސައްކަތް އައުޓްސޯސްކުރުމާއި ގުޅޭ

   ކުނި މެނޭޖްކުރުމުގެ މަސައްކަތް އައުޓްސޯސްކުރުމާއި ގުޅޭ:

            މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ނ.ޅޮހި ކުނިކޮށި ބަލަހައްޓައިދީ ރަށުގެ ގޭބިސީ ތަކުން ކުނިނަގައި ނައްތާލުމުގެ މަސައްކަތް ކޮންޓެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

            މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2022) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

              ވީމާ، މިމަސައްކަތް 3 (ތިނެއް) މަހުގެ ( މަސައްކަތުގެ ފެންވަރު ބެލުމަށްފަހު އިތުރު 3 މަހަށް މުއްދަތު އިތުރުކުރެވޭނެ) މުއްދަތަށް ކޮށްދިނުމަށް ޝައުޤުވެރިވާފަރާތްތަކުން  2024 މޭ 20 ވާ ހޯމަ ދުވަހުގެ 11:00 ށް ޅޮހިކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2024 މޭ 28 ވާ އަންގާރަ ދުވަހުގެ 11:00 ށް މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެންމީހެއްގެ ބަދަލުގައި ބީލަން ހުށައެޅުއްވުމަށް ދުރުވާނަމަ އެމީހަކު ތަމްސީލްކުރާ ފަރާތެއްގެ ސިޓީއެއް ހުށައަޅަންވާނެއެވެ.

              އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރ 6560032 ނުވަތަ 9984021 އަށް ގުޅުއްވުން އެދެމެވެ.

15 މޭ 2024