މަސައްކަތް
ނަންބަރު: A/IUL/344/2015/13
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 13 މޭ 2015 12:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލްގެ ކޮންކްރީޓްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އއ. ފެރިދޫ ޕްރީސްކޫލުގެ ކޮންކްރީޓް މަސައްކަތް:

އއ. ފެރިދޫގައި އަލަށް އަޅާ ޕްރީސްކޫލުގެ ކޮންކްރީޓް މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި ނަންބަރު: A/IUL/344/2015/08ފ(12 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅީ އެންމެ ފަރާތަކުންކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތްތަކުން 13 މޭ 2015 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ރަޖަބު 1436

30 އޭޕްރިލް 2015