ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2015/124
ޕަބްލިޝްކުރި ތާރީޚް: 05 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 17 މޭ 2015 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެދަށުން ރާއްޖޭގެ 3 ސަރަހައްދެއްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ މަޝްރޫޢަށް ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް ސައިޓް ސުޕަވައިޒަރުން އަދި ޕްރޮޖެކްޓް އެސިސްޓަންޓުން ހޯދުމަށް އިޢުލާންކުރަމެވެ. މި މަޝްރޫޢާގުޅޭ އިތުރު ތަފުސީލު ތިރީގައި މިވަނީއެވެ.

ސައިޓް އޮފީސް ޤާއިމުވެފައި ހުންނަރަށް

ހައުސިންގ ޔުނިޓް އިމާރާތްކުރެވޭ ރަށް

މުވައްޒަފުން ބޭނުންވާ އަދަދު

ސްޕަވައިޒަރ

ޕްރޮޖެކްޓް އެސިސްޓަންޓް

ސ.ހިތަދޫ

ސ.ހިތަދޫ އަދި ސ.ހުޅުމީދޫ

1

1

ހުޅުމާލެ

ހުޅުމާލެ

1

0

ގދ.ތިނަދޫ

ގދ.ތިނަދޫ، ގދ.މަޑަވެލި، ގދ.ހޯޑެއްދޫ، ގދ.ގައްދޫ، އަދި ގއ.ވިލިނގިލި

2

2

ފެންވަރު ނުވަތަ ޝަރުޠު:

ސައިޓް ސުޕަވައިޒަރ

  • މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން 8 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން.
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގްރާމްތައް ރަނގަޅަށް އެނގުން.

ޕްރޮޖެކްޓް އެސިސްޓަންޓް

  • ސާނަވީ އިމްތިހާނުން 3 މާއްދާއިން ދަށްވެގެން 'ސީ" ފާސް ލިބިފައިވުން. ނުވަތަ،
  • މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން.
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގްރާމްތައް ރަނގަޅަށް އެނގުން.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 މޭ 2015 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ވަނަވަރު، އައި.ޑީ ކާޑު. ކޮޕީ، އެކްރެޑިޓް ކުރެވިފައިވާ ތައުލީމި ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއާ ޤާބިލުކަން އަންގައިދޭ އެންމެހައި ލިޔެކިޔުންތައް ހިމަނުއްވައިދެއްވުން އެދެމެވެ. މި ވަޒީފާއާ ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރު) މިމިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، 20329 މާލެ/ ދިވެހިރާއްޖެ

ފޯން: 3004153/ 3004300، ފެކްސް: 3004301

އީމެއިލް: [email protected]

ވެބްސައިޓް: www.housing.gov.mv

05 މޭ 2015