ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2024/101
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2024
ޕަބްލިޝްކުރި ގަޑި: 08:10
ސުންގަޑި: 30 މޭ 2024 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީގެ މާވަށް ދިހަރޭ މައިޒާނުގައި 100 ފޫޓުގެ ބޮޑު ދިދައެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ތިނަދޫ ސިޓީގެ މާވަށް ދިހަރޭ މައިޒާނުގައި 100 ފޫޓުގެ ބޮޑު ދިދައެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

      ތިނަދޫ ސިޓީގެ މާވަށް ދިހަރޭ މައިޒާނުގައި 100 ފޫޓުގެ ބޮޑު ދިދައެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް މަޢުލޫމާތު ސާފްކުރުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރެޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 23 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރަޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރެޖިސްޓްރޭޝަން މުއްދަތު

15 މެއި 2024 – 23 މެއި 2024

 

13:00

ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ/އީމެއިލް

ބީލަން ހުށަހެޅުން

30 މެއި 2024

ބުރާސްފަތި

13:15

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް


                         06 ޛުލްޤައިދާ 1445

                         15 މެއި 2024 

15 މޭ 2024