ތަމްރީނު
ނަންބަރު: (IUL)141-MNIS-A/1/2015/140
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 10:51
ސުންގަޑި: 14 މޭ 2015 14:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ

ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ

ތިރީގައި މިވަނީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން 2015ވަނަ އަހަރު ޖޫންމަހުގައި ހިންގުމަށް ހަމަޖެހިފައިވާ އެޑްވާންސްޑް ސެޓުފިކެޓު އިން ސްޕޯޓްސް މެނޭޖްމަންޓް ކޯހާ ބެހޭ މަޢުލޫމާތެވެ. މި ކޯހަށް ވަނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. އެހެންކަމުން ކޯހުގައި ބައިވެރިވެ ލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 މޭ 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އަށް ފޯމު ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ 14 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން 14:00 އާ ހަމައަށެވެ. ކޯހަށް އެދޭ ފޯމު މި އިންސްޓިޓިއުޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3326986 މިނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ކޯހުގެ ނަން: އެޑްވާންސްޑް ސެޓުފިކެޓު އިން ސްޕޯޓްސް މެނޭޖްމަންޓް
މުއްދަތު:1 އަހަރު (2 ސެމިސްޓަރ)

ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް/ ކ.މާލެ

ޖާގަ: 25

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ،
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓުފިކެޓު ލެވެލް 3 ގެ ފާހެއް އޮތުން. ނުވަތަ،
  • އުމުރުން 18 އަހަރު ފުރިފައިވުމާއެކު ބޭސިކް އެޑިޔުކޭޝަން (ގްރޭޑް 7) ފުރިހަމަކޮށްފައިވުމާއި ކުޅިވަރާ ގުޅުންހުރި ދާއިރާއަކުން

    1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

30 އޭޕްރިލް 2015