ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)199-PLS/199/2024/68
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2024
ޕަބްލިޝްކުރި ގަޑި: 21:00
ސުންގަޑި: 31 ޖުލައި 2024 14:00
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
"އައި.ވީ.އެފް" ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީ އަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކުރުމާއި ގުޅޭ

އިޢުލާން

"އައި.ވީ.އެފް" ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީ އަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކުރުމާއި ގުޅޭ

         މި އެޖެންސީގެ ނަންބަރު (IUL)199-PLS/199/2024/44 (15 މާރިޗް 2024) އިޢުލާން މެދުވެރިކޮށް "އައި.ވީ.އެފް" ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި 31 ޖުލައި 2024 ގެ 14:00 ނިޔަލަށް އިތުރުކޮށްފައިވާ ކަމުގައި ދަންނަވަމެވެ.

         އަދި އިސްވެދެންނެވިފައިވާ އިޢުލާނުގެ ދަށުން 15 މޭ 2024 ގެ ނިޔަލަށް ފޯމާއި ލިޔެކިޔުންތައް ފުރިހަމަކޮށް، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން "'އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް މި އުސޫލުގައި ބަޔާންކުރެވިފައިވާގޮތަށް އެހީ ހަމަޖައްސާދެވޭނެކަމުގައި ދަންނަވަމަވެ.

ފޯމު ހުށަހެޅުން

  1. "އައި.ވީ.އެފް" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް މި އެޖެންސީ އަދި އާސަންދަ ކުންފުނީގެ ކައުންޓަރުތަކާއި، ވެބްސައިޓް nspa.gov.mv) ،(aasandha.mv)) މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
  2. ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ޤާއިމްކުރެވިފައިވާ މި އެޖެންސީގެ ކައުންޓަރުތަކަށް ކަމުގައި ދަންނަވަމެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ، [email protected] އަށް، ނުވަތަ ވައިބަރ މެދުވެރިކޮށްނަމަ 7291402 އަށް ކަމުގައި ދަންނަވަމެވެ.
  3. އާސަންދަ ޑިޖިޓަލް ޕޯޓަލް  (my.aasandha.mv) މެދުވެރިކޮށް ފަސޭހަ ކަމާއިއެކު އޮންލައިންކޮށް މި ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް މިހާރު ހުޅުވާލެވިފައިވާކަމުގައިވެސް ދަންނަވަމެވެ.

        މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވެލައްވާނަމަ، މި އެޖެންސީގެ ހޮޓްލައިން 1402 ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. "'އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" މި އެޖެންސީގެ ވެބްސައިޓް  ގައި ޝާއިޢުކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

14 މޭ 2024