ދިވެހިރާއްޖެ
`
ޅ.ކުރެންދޫ މެޖިސްޓްރޭޓް ކޯޓް
ކުރެންދޫ، ދިވެހިރާއްޖެ
ނަންބަރު: G3C-B1/2024/17
އިޢުލާން
ކޯޓަށް ޙާޟިރުވުމަށް އަންގާ:
ފ.ބިލެތްދޫ / ގުމްރީގެ، އަޙްމަދު ވިޞާލް (އައި.ޑީކާޑް ނަންބަރު: A129672) އަކީ ޚަރަދު ހޯދުމަށް އެދި މިކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރު ކުރަން ބޭނުންވެ ކޯޓަށް ޙާޟިރު ކުރެވިފައި ނުވާ ފަރާތަކެވެ.
ވީމާ، އަޙްމަދު ވިޞާލް މާލޭގައި ނުވަތަ ރާއްޖެތެރޭގެ ރަށެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ހުރިނަމަ 3 ދުވަހުގެ ތެރޭގައި އެކަން ލިޔުމަކުން މިކޯޓަށް އެންގެވުމަށްފަހު، 22 މެއި 2024 ދުވަހުގެ 10:30 އަށް މިކޯޓަށް ޙާޟިރުވުމަށް ފ.ބިލެތްދޫ / ގުމްރީގެ، އަޙްމަދު ވިޞާލްއަށް އަންގަމެވެ.
އަދި މި މުއްދަތުގައި އަޙްމަދު ވިޞާލްމިކޯޓަށް ޙާޟިރުނުވެއްޖެނަމަ އަޙްމަދު ވިޞާލްގެ ޣައިރު ޙާޟިރުގައި މި މައްސަލަ ބަލާ ނިންމޭނެކަން ފ.ބިލެތްދޫ / ގުމްރީގެ، އަޙްމަދު ވިޞާލްއަށް އަންގަމެވެ.
06 ޛުލްޤައިދާ 1445
14 މެއި 2024
ސުލައިމާން މުޙައްމަދު
ކޯޓު އިސްމެޖިސްޓްރޭޓް