މަސައްކަތް
ނަންބަރު: (IUL)GS-120/GS-120/2024/16
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2024
ޕަބްލިޝްކުރި ގަޑި: 16:31
ސުންގަޑި: 03 ޖޫން 2024 13:45
ރަސްމާދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ބައު ހޯލް ތަޅާލުމާއި ބިން ސާފުކުރުމުގެ މަސައްކަތް

މި ސްކޫލްގެ ނަންބަރ (IUL)GS-120/GS-120/2024/14 ސްކޫލް ބައު ހޯލް ތަޅާލާ ބިންސާފުކުރުމުގެ މަސައްކަތް ކޮށް ދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ  ބީލަންތަކުގެ އަގުބޮޑުކަމަށް ފެންނާތީ މި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް 02 ވަނަ ފަހަރަށް ފުރުސަތު ހުޅުވައިލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 15 މޭ 2024 އިން 19 މޭ 2024 ގެ 13:00 ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރުމަށް ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.

1-     މައުލޫމާތު ސާފުކުރާ ފަރާތުގެ ނަން:

2-     ރަޖިސްޓްރީ ނަމްބަރ:

3-     އީމެއިލް އެޑްރެސް:

4-     ގުޅޭނެ މޯބައިލް ނަމްބަރ:

ނުވަތަ ގޫގްލްފޯމް ލިންކް މެދުވެރިކޮށް ރަޖިސްޓްރީވެލައްވާ https://shorturl.at/kwFIY

 

·        މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 މޭ 2024 ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

·        މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 23 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 10:45 ގައި ރަސްމާދޫ ސްކޫލްގެ އެސް. އެމްއެމް. ޓީ ރޫމްގައެވެ.

 

·        ބިޑް ހުޅުވުން އޮންނާނީ 03 ޖޫން 2024 ވާ ހޯމަ ދުވަހުގެ 13:45 ގައި ރަސްމާދޫ ސްކޫލްގެ އެސް. އެމްއެމް. ޓީ ރޫމްގައެވެ.

·        މިމަސައްކަތާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

·        ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

·        ރަސްމާދޫ ސްކޫލް، ރ.ރަސްމާދޫ

·        ފޯން: 6580330

 

·        އީ-މެއިލް: [email protected]


 

14 މޭ 2024