ދިވެހިރާއްޖެ
"44 ވަނަ ސެޝަން އޮފް ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރިސައިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
ސަޢުދީ ޢަރަބިއްޔާގެ މައްކާގައި 2024 އޮގަސްޓް 9 އިން 2024 އޮގަސްޓް 21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "44 ވަނަ ސެޝަން އޮފް ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރިސައިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން" ގައި ދިވެހި ރާއްޖެއިން 2 ބައިވެރިޔަކު ބައިވެރިކުރުމުގެ ފުރުޞަތު ލިބިފައެވެ. މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 2 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ.
މުބާރާތުގައިބައިވެރިވެވޭނެގޮފިތައް
1- މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުމާއިއެކު ކީރިތި ޤުރްއާން ތަޖުވީދުމަގުން ކިޔެވުން.
2- ވިދިވިދިގެން (ތަރުތީބުން) 15 ފޮތް ހިތުދަސްކޮށްފައިވުމާއެކު ތަޖުވީދުމަގުން ކިޔެވުން.
މުބާރާތުގައިބައިވެރިވުމުގެ ޝަރުޠު
1- މިމުބާރާތުގައި މީގެ ކުރީގެ އަހަރެއްގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ނުވުން.
2- ފިރިހެނަކު ކަމުގައިވުން.
3- ހިޖްރީގޮތުން 25 އަހަރު ފުރިފައިނުވުން.
މި މުބާރާތުގައި ބައިވެރިވުމަށް، ބައިނަލްއަޤުވާމީ ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމާއެކު ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޤުރްއާން ކިޔެވުމުގެ ދާއިރާއިން ލިބިފައިވާ ސަނަދުތައް / ލިޔުންތައް 2024 މެއި 21 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިކުރާނެ 2 ބައިވެރިން ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ.