ދިވެހިރާއްޖެ
އިޢުލާން ނަންބަރު:FNK-I/IUL/2024/135
އިޢުލާން
މިކުންފުންޏަށް ބޭނުންވާ ލޭންޑިންގ ކްރާފްޓެއް ގަތުމާއި ގުޅޭ:ެ
މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް މިކުންފުންޏަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ކުރެވުނު އިއުލާން FNK-I/IUL/2024/097 އަށް ބަދަލެއްގެނެސްފައިވާތީ މި އިއުލާން ބާތިލްކޮށް އަލުން އެ މަސައްކަތަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ ހާސް (2,000.00 USD) ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅުއްވަންވާނެއެވެ.
ބިޑް ސެކިއުރިޓީ ވާންވާނީ:
-އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ (ނުވަތަ)
-ބޭންކް ގެރެންޓެޑް އަދި ސްޓޭމްޕް ޖަހާފައިވާ ޗެކެއް (ނުވަތަ)
-މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް (ނުވަތަ)
-ރާއްޖެއިން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ އިންޝުއަރެންސް ކުންފުނި / އިންސްޓިޓިއުޝަންއަކުން ދޫކޮށްފައިވާ އިންޝުއަރެންސް ޕޮލިސީ (އަންދާސީ ހިސާބު ހުށަހަޅާތާ ރަސްމީ 07 ދުވަސް ތެރޭގައި އޮރިޖިނަލް ޕޮލިސީ މި ކުންފުންޏަށް ހުށަހަޅަންވާނެއެވެ.)
ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނީ އަންދާސީ ހިސާބު ހުށަހަޅުއްވާ ކުންފުނީގެ ނަމުގައެވެ. ބިޑް ސެކިއުރިޓީ ބާޠިލްވާ މުއްދަތު، އަންދާސީ ހިސާބު ބާޠިލްވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ. މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.
|
ތާރީޚް |
ވަގުތު |
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
15 އިން 26 މެއި 2024 |
08:00 އިން 15:00 |
މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން) |
26 މެއި 2024 |
15:00 މެންދުރު |
އަންދާސީ ހިސާބު ހުށަހެޅުން
|
27 މެއި 2024 |
13:00 މެންދުރު |
ރާއްޖެއިން ބޭރުގެ ފަރާތަކުން އީ.މެއިލް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަނެވޭނެއެވެ. ބިޑްތައް މެއިލްކުރާނީ 27 މެއި 2024 ވާ ހޯމަ ދުވަހުގެ 13:00ގެ (ދިވެހިރާއްޖެ ގަޑިން) ކުރިން [email protected] އަށެވެ. ނޯޓް: ހަމަޖެހިފައިވާ ގަޑީގެ ފަހުން އީ-މެއިލް މެދުވެރިކޮށް ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނަވޭނެެއެވެ. |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
-އިޢުލާން ނަންބަރ
-ކުންފުނީގެ ނަން
-ނަމާއި ފޯނު ނަންބަރ
މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.
ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.