ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-C/1/2015/14
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 10:40
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ނުރަސްމީގަޑީގައި ޕާސްޕޯޓްގެ ޚިދުމަތް ދިނުމާބެހޭ

ނުރަސްމީގަޑީގައި ޕާސްޕޯޓްގެ ޚިދުމަތް ދިނުމާބެހޭ

މި ޑިޕާޓްމަންޓް އިން ޕާސްޕޯޓްގެ ޚިދުމަތަކީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް ދެމުންގެންދާ ޚިދުމަތެކެވެ. މީގެ އިތުރުން ތިރީގައި މިދަންނަވާ ހާލަތްތަކުގައި މި ޑިޕާޓްމަންޓްގެ 9199163 އަދި 7940452 އަށް ގުޅުއްވުމުން ޕާސްޕޯޓް ނުވަތަ ދަތުރުކުރުމަށް ދޫކުރެވޭ ވަގުތީ ލިޔުން ހަދައިދިނުމުގެ ޚިދުމަތް މި ޑިޕާޓްމަންޓް އިން ލިބިވަޑައިގަންނަވާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

  • ފުރާނަޔަށް ގެއްލުންވާފަދަ ޞިއްޙީ ހާލަތެއް ދިމާވެގެން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ބޭނުންވާ ފަރާތެއް، ރާއްޖެއިން ބޭރަށްދިއުމަށް.
  • ފުރާނައަށް ގެއްލުންވާ ފަދަ ޞިއްޙީ ހާލަތެއް ދިމާވެގެން ބޭރުޤައުމެއްގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ބަލިމީހެއްގެ ގާތަށް އާއިލާގެ މެމްބަރުން ދިއުމަށް.
  • ރާއްޖެއިން ބޭރުގައި ދިވެއްސަކު ނިޔާވުމުން، ޖަނާޒާގައި ބައިވެރިވުމަށް ނުވަތަ މައްޔިތާ ރާއްޖެ ގެނައުމުގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި އާއިލާގެ މެމްބަރުން، ރާއްޖެއިން ބޭރަށް ދިއުމަށް.

އަދި ދަންނަވަމެވެ. ޗުއްޓީގައާއި އެހެނިހެން ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދިއުމަށް ގަސްތުކުރާ ފަރާތްތަކުން ވަގުތު އޮއްވާ ޕާސްޕޯޓް ހެދުމަށް، ސަމާލުކަން ދިނުމަށްވެސް ހަނދާންކޮށްދެމެވެ.

09 ރަޖަބު 1436

28 އޭޕްރިލް 2015