ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1-CSO(HR)/1/2024/36
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 20 މޭ 2024 13:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

1. މަގާމުގެ ނަން:

ސޮފްޓްވެއަރ ޑިވެލޮޕަރ (ކޮންޓްރެކްޓް)

ރޭންކް:

އެމް.އެސް 2

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ކޯޕަރޭޓް ސަރވިސް އޮފީސް/ އިންފޮރމޭޝަން ޓެކްނޮލޮޖީ

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- އޮފީހުގެ އިންޓްރާނެޓާއި އޮފީހުގެ ބައެއް މަސައްކަތްތަކަށް ފަރުމާކުރެވިފައިވާ ސޮފްޓްވެއަރތައް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމާއި، ކޮމްޕިއުޓަރ ޓެކްނޮލޮޖީ ބަދަލުވަމުންދާގޮތް ދިރާސާކުރުމާއި އަންނަބަދަލުތައް ބެލުން.

- އޮފީހުން ފަރުމާކުރާ ސޮފްޓްވެއަރތަކުގެ ޔޫޒަރ މެނުއަލް ހެދުމާއި، ފަރުމާކުރުމުގައި ބައިވެރިވުމާއި، ސޮފްޓްވެއަރތަކުގެ ފެންވަރުކަނޑައެޅުމާއި، އެ ސޮފްޓްވެއަރ ބޭނުންކުރުމަށް ބޭނުންވާ ހާޑްވެއަރއާއި ނެޓްވަރކް ކަނޑައެޅުން.

2. މަގާމުގެނަން

ސީނިއަރ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

ރޭންކް:

ޖީ.އެސް 4

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ކޯޕަރޭޓް ސަރވިސް އޮފީސް/ ފައިލިންގ އެންޑް އާކައިވިންގ ސެންޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

5,020.00 ރުފިޔާ

ސަރވިސް އެލަވަންސް:

1,500.00 ރުފިޔާ

ޚާއްޞަ އެލަވަންސް:

2,259.00 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

އެޑްމިނިސްޓްރޭޓިވް ސަޕޯޓް އެލަވަންސް:

1,000.00 ރުފިޔާ

މަގާމުގެ ޝަރުޠު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 (ސެޓްފިކެޓް 2) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 (ސެޓްފިކެޓް 3) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ސެކްޝަނުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.

- ފައިލިންގ އެންޑް އަރކައިވިންގ ސެކްޝަނުގައި ހުރި ސިޓީތަކާއި އެފަދަ ލިޔުންތައް ތަރުތީބުކުރުން.

- އާކައިވްކުރަންޖެހޭ ލިޔުންތައް، އާކައިވްކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައްކުރުން.

- ފައިލިންގ އެންޑް އާކައިވިންގ ސެކްޝަނުގައި ކުރަންޖެހޭ ޚާއްޞަ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

ހުށަހަޅަންޖެހޭ ތަކެތި:

ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".

ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ.

ނ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ، އެޗް.އެސް.އެސް.ސީ، އެފް.ސީ.އީ، ސީ.އޭ.އީ، ސީ.ޕީ.އީ، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓްފިކެޓުތައް). މީގެތެރެއިން     "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓްފިކެޓްފިޔަވައި ހުރިހާ ސެޓްފިކެޓުތައް އެކްރެޑިޓްކޮށްފައި ހުށަހެޅުއްވުން އެދެމެވެ.

ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ.

ޅ. ސްކޫލް ލީވިންގ ސެޓްފިކެޓްގެ ޕޮޓޯކޮޕީ.

އިތުރު މަޢުލޫމާތު:

މި މަގާމުތަކަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ އެހެނިހެން ތަކެތި، 2024 މޭ 20 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް  ހުށަހެޅުއްވުން އެދެމެވެ. މި މަގާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.

އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.

14 މޭ 2024