ކުއްޔަށް ދިނުން
ނަންބަރު: (IUL)298/298/2024/40
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި:
23 މޭ 2024 11:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އުތުރު ފަރާތު ބަނދަރުގެ ރުއްގަނޑު ކުއްޔަށް ދޫކުރުން
އުތުރު ފަރާތު ބަނދަރުގެ ރުއްގަނޑު ކުއްޔަށް ދޫކުރުން
މަތީގައި ދެއްނެވިފައިވާ ރުއްގަނޑު 3 އަހަރުދުވަހުގެ މުއްދަތަށް ވަރުވާއަށް ނަގާނެފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވިމާ، އުތުރުފަރާތުގެ ބަނދަރުގެ ރުއްގަނޑުގައި ހިމެނޭ 34 ރުކާއި، ރަށުގެ އެހެނިއެހެން ސަރަހައްދުތަކުގައި ހިމެނޭ 10 ރުއް (ޖުމަލަ 44 ރުއް) 3 އަހަރުދުވަހުގެ މުއްދަތައް ވަރުވާއަށް ނަގަންބޭނުންވާ ފަރާތްތަކުން 2024 މޭ 23 ވާ ބުރާސްފަތިދުވަހުގެ 11:00ށް އަލިފުށި ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ، އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާ ފޯމާއެކު އަގު ހުށަހަޅުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު :
- ރުއްގަނޑު ހުށަހަޅާފޯމް ލިބެންހުންނާނީ އަލިފުށި ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ.
- އަގު ހުށަހަޅުއްވާނީ އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމުންނެވެ.
- ރުއްގަނޑުގެ މޫނުމަތީ އަގުކަމުގެ ބަލާނީ (އެންމެދައްއަގު) -/5000 ރ އެވެ. މިއަގަށްވުރެ ދައްކޮށް ހުށަހަޅާފޯމެއް ބަލައެއް ނުގަނެވޭނެވެ.
- ރުއްގަނޑު ވަރުވާއަށް ދޫކުރާނީ އެންމެ މަތީ އަގު ހުށަހެޅިފަރާތަށެވެ. (އެންމެމަތީ އަގު ހުށަހެޅި ފަރާތުން އެވަގުތު ރުއްގަނޑު ނަގަން ބޭނުންފުޅު ނުވެއްޖެނަމަ އިތުރު އިޢުލާނަކާއި ނުލައި ދެވަނައަށް އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތައް ރުއްގަނޑު ހަވާލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
- އަގުގެ ގޮތުގައި ހުށަހަޅާނީ 1 (އެކެއް) އަހަރު ދުވަހަށް ވާ އަގެއެވެ.
- އަގު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު އަގުހަށަހަޅާފޯމު އޮންނަންވާނީ ސިޓީ އުރައިގާ ބަންދުކުރެވިފައެވެ.
- އަގު ހުށަހަޅާފޯމު ލިބެން ހުންނާނީ 2024 މޭ 15 ވަނަދުވަހުން ފެށިގެންނެވެ.
މިހެންވެ މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.
06 ޛުލްޤައިދާ 1445
14 މޭ 2024