މަސައްކަތް
ނަންބަރު: 374-A/2015/20
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2015
ޕަބްލިޝްކުރި ގަޑި: 10:23
ސުންގަޑި: 13 މޭ 2015 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގޭގައިހުރި ޕެނަލްބޯޑް އަޕްގްރޭޑް ކުރުމާބެހޭ

ފ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގޭގައިހުރި ޕެނަލްބޯޑް އަޕްގްރޭޑް ކުރުމާބެހޭ

ފ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގޭގައި ހުރި ޕެނަލްބޯޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މޭ 13 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 21 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގޭގައިހުރި ޕެނަލްބޯޑް އަޕްގްރޭޑް ކުރުމާބެހޭ އަންދާސީހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 01 (އެކެއް) އަންދާސީހިސާބެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިމަސައްކަތް ކުރުމުގައި ކުންފުނިތަކަށް އިސްކަންދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

14 ރަޖަބު 1436     

03 މޭ 2015