މަސައްކަތް
ނަންބަރު: (IUL)378/378/2024/25
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 21 މޭ 2024 11:00
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ހުޅުދެލީ ކައުންސިލްގެ ޕްރީސްކޫލް ކޮންޓްރެކްޓް އުސޫލުން ހިންގުން

         ހުޅުދެލީ ޕްރީސްކޫލް ކޮންޓްރެކްޓް އުސޫލުން ހިންގާ ދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ.

             މިމަސައްކަތުގެ މައުލޫމާތު ހިމެނޭ ކަރުދާހާއި ބިޑް ހުށަހަޅާ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެންހުންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ،ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 މޭ 2024 އިން 20 މޭ 2024އަށް  ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިކައުންސިލަށް ވަޑައިގެން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑް ރެޖިސްޓްރީ ފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.

      އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 މޭ 21 ވަނަދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ. ވިޔަފާރި ތަމްސީލުކުރާ ފަރާތުގެ މަޢުލޫމާތުގެ ގޮތުގައި ހުށަހަޅުއްވާނީ ބީލަން ހުށައެޅުމަށް ދުރުވާނެ ފަރާތުގެ މަޢުލޫމާތެވެ. އެއްވެސް ސަބަބަކާހުރެ އެފަރާތަށް ބީލަން ހުށައެޅުމަށް ދުރުވެވެން ނެތްނަމަ ސަބަބު ބަޔާންކޮށް ބަދަލުގައި ބީލަން ހުށައެޅުމަށް ދުރުވާނެ ފަރާތުގެ މަޢުލޫމާތު ލިޔުމުން މިއިދާރާއަށް އަންގަންވާނެއެވެ.

            މިއިޢުލާނާއި ގުޅިގެން ހުށަހަޅާ ބިޑުތަކުގެ ތެރެއިން ގަޑިއަށް ހުށަހަޅާފައިނުވާ ބިޑްތަކާއި މައުލޫމާތު ފުރިހަމަ ނުވާ ބިޑްތައް ބާޠިލް ކުރެވޭނެއެވެ.

                  މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހުޅުދެލީ ކައުންސިލް އިދާރާގެ ނަމްބަރ  6760049 ފޯނާގުޅުއްވުންއެދެމެވެ.

                        ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

            

14 މޭ 2024