މަސައްކަތް
ނަންބަރު: (IUL)138-PIS2/1/2015/129
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:56
ސުންގަޑި: 11 މޭ 2015 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރުމަށް

ތިރީގައިވާ މަޝްރޫޢުތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (4/93)ގެ 5 ވަނަ މާއްދާގެ ދަށުން، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ 'އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވެއެވެ.

  • ކ. ވިލިނގިލި ބަނދަރު
  • ކ. ގާފަރު ބަނދަރު
  • ތ. ގުރައިދޫ ބަނދަރު
  • ވ. ފުލިދޫ ޖެޓީ ހެދުން
  • ކ. ހިންމަފުށި ބިން ހިއްކުން
  • ހދ. ނޭކުރެންދޫ ފަޅުފުންކުރުމާއި ނެރުގެ ފައިކަށި ހެދުން
  • މ. މަޑުއްވަރީ އެއްގަމުތޮށި ހެދުމާއި މެއިންޓެނަންސް ޑްރެޖިންގ

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެވިފައިވާ މެއިލް އެޑްރެހަށް މި އިޢުލާނާ ހަވާލާދެއްވައި މަޢުލޫމާތު ހޯއްދެވުމަށް ހުށަހެޅުއްވުމުން މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމުގައި ދަންނަވަމެވެ.

ބިޑް ހުށަހެޅުއްވުމަށް 11 މޭ 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީއަށް ވަޑައިގެން ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންޖިނިއަރިންގ ސެކްޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004163    ފެކްސް:3004301

އީ-މެއިލް: [email protected]

      [email protected]

 

04 މޭ 2015