ދިވެހިރާއްޖެ
Japanese Government Scholarship for 2025 |
ޖަޕާނުގެ ސަރުކާރުގެ ފަރާތުން "ޖަޕަނީޒް ގަވަރމެންޓް ސްކޮލަރޝިޕް ފޮރ 2025" ގެ ދަށުން ތިރީގައި ބަޔާންކޮށްފައިވާ ސްކީމްތަކަށް ދިވެހިރާއްޖޭގެ ދަރިވަރުންނަށް ޖަޕާނުގެ ޔުނިވަރސިޓީތަކުގައި ކިޔެވުމަށް ސްކޮލަރޝިޕް ފުރުޞަތު ލިބިފައިވާ ކަމަށް ދިވެހިރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ވަނީ އަންގާފައެވެ. މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުންނެވެ.
މި ސްކޮލަރޝިޕަށް ކެނޑިޑޭޓުން ހޮވުމުގެ ގޮތުން އެޕްލިކޭޝަން ރިވިއުކޮށް ޓެސްޓް އަދި އިންޓަރވިއު މަރުހަލާއަށް ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރާނީ ދިވެހިރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ ފަރާތުންނެވެ. މި ޓެސްޓް އަދި އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީވެސް ޖަޕާން އެމްބަސީގައެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއި ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިމިވާ ލިންކުން ލިބެން ހުންނާނެއެވެ.
Research Students (Application deadline 27th May 2024)* https://www.studyinjapan.go.jp/en/smap-stopj-applications-research.html
Specialized Training College Students (Application deadline 3rd June 2024)* https://www.studyinjapan.go.jp/en/smap-stopj-applications-technology.html College of Technology Students (Application deadline 3rd June 2024)* https://www.studyinjapan.go.jp/en/smap-stopj-applications-specialized.html
.................................................................................................................................................................... * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ. |