ދިވެހިރާއްޖެ
މި މަރުކަޒުގެ އޯ.ޕީ.ޑީ އިމާރާތުގެ މައިދޮރު ސެންސަރ ސްލައިޑިން ދޮރަކަށް އަމިއްލަ ތަކެތީގައި ބަދަލުކޮއްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
2024 މެއި 21 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މި މަރުކަޒުގެ ފޯން 6722009 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރައްވައި ނުވަތަ https://forms.gle/u1rFfGkxHXrRNp5t6 މެދުވެރިކޮށް ރަޖިސްޓްރީ ކުރުން ފޯން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވާނަމަ ތިރީގައިވާ މައުލޫމާތު ހިމެނުއްވަން ވާނެއެވެ. - އިޢުލާން ނަންބަރު (ކޮން އަންދާސީ ހިސާބެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް) - ރަޖިސްޓްރީ ކުރާ ފަރާތުގެ ނަން (އަމިއްލަ ފަރުދުންގެ ވިޔަފާރި/ ޕާޓްނާޝިޕް/ ކުންފުނި/ ކޯޕަރޭޓިވް ސޮސައިޓީ) - ރަޖިސްޓްރީ ނަމްބަރު - ގުޅޭނެ ފޯނު ނަންބަރު - އީމެއިލް އެޑްރެސް - މެއިލް ފޮނުވާ ފަރާތުގެ ނަން |
ބީލަން ހުށަހެޅުން |
2024 މެއި 28 ވާ އަންގާރ ދުވަހުގެ 11:00 ގައި ދިއްގަރު ސިއްޙީމަރުކަޒުގެ މީޓިން ރޫމް ގައި (ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.) |
މިބީލަމާއި ގުޅޭ އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބުހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.