މަސައްކަތް
ނަންބަރު: (IUL)138-AS6/1/2015/131
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 13 މޭ 2015 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފެންއަރުވާ ވަޑާމެއް ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

އަމިއްލައަށް ފަރުމާކޮށްގެން، އަމިއްލަ ތަކެތީގައި ފެންއަރުވާ ވަޑާމެއް ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ:

އަމިއްލައަށް ފަރުމާކޮށްގެން، އަމިއްލަ ތަކެތީގައި ފެންއަރުވާ ވަޑާމެއް ހަދައިދޭނެ ފަރާތެއް ބޭނުންވެގެން 09 އެޕްރީލް 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/102) ގެ މަސައްކަތަކީ ވަކި މުއްދަތަކަށް ނިންމަންޖެހޭ މަސައްކަތަކަށް ވުމުން މަޢުލޫމާތަށް އައި ބަދަލަކާ ގުޅިގެން، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 މޭ 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 މޭ 2015 ވަނަ ދުވަހުގެ މެންދުރު 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

15 ރަޖަބު 1436

04 މޭ 2015