ވަޒީފާގެ ފުރުޞަތު
ނަންބަރު: 331/2015/25
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި: 14 މޭ 2015 14:00
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަސައްކަތު

އިޢުލާން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާއަށް މިސްކިތު މަސައްކަތު މީހުން ބޭނުންވާތީ، އެ މަޤާމްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް: މިސްކިތު މަސައްކަތު

މަޤާމުގެ ކްލެފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަސައްކަތް ކުރަންޖެހޭ ތަން: މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާގެ ބެލެހެއްޓުމުގެ ދަށުގައިވާ މިސްކިތްތަކުގެ ތެރެއިން އެ އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި.

މުސާރަ: 3,100.00 ރުފިޔާ

ސަރވިސް އެލަވަންސް: 1,000.00 ރުފިޔާ

އޮފީސް / އިދާރާ: މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

ސެކްޝަން: އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ބޭނުންވާ އަދަދު: 3 (ތިނެއް)

މަޤާމުގެ ޝަރުޠުތައް: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން (އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން) ތަޢުލީމީ ސެޓްފިކެޓް ހުށަހަޅައިފިނަމަ، އެއަށް ރިޢާޔަތް ކުރެވޭނެއެވެ.

މަޤާމުގެމަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާޞާ: ރަށު ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް، ކަނޑައަޅާ މިސްކިތެއްގައި ރަށުކައުންސިލްގެ އިދާރާއިން އަންގާގޮތެއްގެމަތިން މަސައްކަތްކުރުމާއި، މިސްކިތް ފޮޅައި ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރި ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި، ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ވަޅު ފެހިޖެހިޔަނުދީ އަދި ފެންގަނޑު ހަޑިވިޔަނުދީ ދިޔަހިއްކައި ބެލެހެއްޓުމާއި، ރަށު ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ގޮތެއްގެމަތިން މިސްކިތާއި، މިސްކިތުގެ ދޮރުތަކުގެ ބިއްލޫރިތަކާއި، ހޮޅިބުރިތަކާއި، ފަންކާތަކާއި، ބޮކިތަކާއި، ކަބަޑުތައް ފޮޅައި ސާފުކުރުމާއި،  ހޮޅިބުރިތަކާއި، ބޮކިތަކާއި ފަންކާތައް ބޭނުންވާ ވަގުތުތަކުގައި ދިއްލައި ނިއްވުމާއި، މިސްކިތުގެ ގޯތިތެރެ ޒީނަތްތެރިކުރުމަށް ގޯތިތެރޭގައި ގަސްއިންދައި، ގަސްތަކަށް ފެންދީ، ގަސްތައްކޮށައި، ބެލެހެއްޓުމާއި، ރަށު ކައުންސިލްގެ އިދާރާއިން މިސްކިތާ ގުޅޭގޮތުން އަންގަވާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް.

2. ލިބިފައިވާ މަސައްކަތު ތަޖުރިބާއަށް.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ބޭނުންވާ ސިފަތަކައް.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު ކަނޑައަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އެކަން ކައުންސިލްގެ އިދާރާއިން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކޮށްފައި، 2015 މެއި 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

އުޖޫރަ ކަނޑައެޅިފައިވާ ގޮތް:

- މަޤާމުގެ އަސާސީ މުސާރަ

- މަޤާމް ހިމެނޭ ޚިދުމަތުގެ ދާއިރާއާ ގުޅިގެން ދެވޭ "ސަރވިސް އެލަވަންސް"

- ވަޒީފާ އަދާކުރާ ޙާލަތަށް ބިނާކޮށްދެވޭ އެހެނިހެން ޢިނާޔަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މި އިދާރާއިން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަޞްލު) 

4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6641941 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6641941 އެވެ. އީމެއިލް ކުރާނީ [email protected]. އަށެވެ.

15 ރަޖަބު 1436

04 މޭ 2015