މަޤާމުގެ މަސްއޫލިއްޔަތު:
|
- ފެކަލްޓީގެ އިދާރީ މުވައްޒަފުންގެ މަސައްކަތްތައް ރޭވުމާއެކު، އެ މުވައްޒަފުންގެ ވަޒީފާބަޔާންގައި ސޮއިކުރެވިފަވޭތޯ ބަލައި، އެ މުވައްޒަފުންގެ ވާޖިބުތައް ފުރިހަމައަށް އަދާކުރޭތޯ ބެލުމާއި، އިދާރީ ކަންކަމުގައި ހެދިފައިވާ އުޞޫލްތައް ދެމެހެއްޓުން.
- ފަންނީ މުވައްޒަފުންގެ ވަޒީފާބަޔާންގައި ސޮއިކުރެވިފައިވޭތޯ ޗެކުކުރުމާއި، ވަޒީފާ ބަޔާން ހަވާލުކުރެވިފައިނުވާ މުވައްޒަފުންގެ ވަޒީފާ ބަޔާނުގައި ސޮއިކުރުވުމުގެ ކަންތައް، އިދާރީ މަރުކަޒުގެ ކަމާބެހޭ ސެކްޝަނާ ގުޅައިގެން ކުރިޔަށްގެންދިޔުން.
- ފެކަލްޓީގެ މަސައްކަތްތައް/ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް، ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހޯދުން.
- ފެކަލްޓީގެ ޢިމާރާތައް ކުނިކަހައި ފޮޅައި ސާފުކުރުމުގެ ކަންތައް އިންތިޒާމުކޮށް، އެރޭވުމާ އެއްގޮތަށް ކަންކުރޭތޯ ޗެކުކުރުން.
- ފެކަލްޓީގެ ދަރިވަރުން / މުވައްޒަފުން ކުރަންޖެހޭ ދަތުރުތަކުގެ ކަންތައްތައް، މަރުކަޒީ އިދާރާޔާ ގުޅައިގެން ކުރިޔަށް ގެންދިޔުން.
- އިންވެންޓްރީ / ސްޓޮކް ޤަވާޢިދުން ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
- ފެކަލްޓީގެ ޢިމާރާތްތަކުގެ މެއިންޓަނަންސް ކަންތައްތައް އިންތިޒާމުކުރުމާއި، ފެކަލްޓީން ގެއްލޭ ތަކެއްޗާއި މުދަލަށް ވާނުވާގޮތް އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ފެކަލްޓީގެ ކުރިއެރުމަށް ނުވަތަ ދުވަހީ އިންތިޒާމުތައް ކޮށްދިނުމާއި، އިމްތިޙާންތަކަށް ހޯލް / ކިލާސްރޫމްފަދަ ތަންތަން ތައްޔާރުކުރުމުގެ ކަންތައް ހަމަޖެއްސުމާއި، އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުން.
- ފެކަލްޓީގެ ބަޖެޓް ތައްޔާރުކުރުމަށް އިދާރީ މަރުކަޒަށް ބޭނުންވާ މަޢުލޫމާތު ދިނުމާއި، ބަޖެޓުން ކުރެވޭ ޚަރަދުތައް އިދާރީ މަރުކަޒުގެ ކަމާބެހޭ ސެކްޝަނާ ގުޅައިގެން ކުރިޔަށް ގެންދިޔުން.
މުވައްޒަފުގެ ކަންތައްތައް ބެލެހެއްޓުން
- ނޯޓް: މަތީގައިވާ އެންމެހައި ކަންތައްތައް ކުރަންވާނީ ޑީން/ތަން ހިންގެވުމާ ހަވާލުކުރެވިފައިވާ ބޭފުޅެއްގެ މަޝްވަރާގެ މަތިންނެވެ.
ވަސީލަތްތައް ހޯދައި ބެލެހެއްޓުން
- ފެކަލްޓީގެ ތަކެތި ބޭނުންކުރުމުގައި ވީހައިވެސް ބޮޑަށް އިސްރާފު ކުޑަގޮތެއްގައި ވަސީލަތްތައް ބޭނުންކުރުމާއި، ދެވޭ ޚިދުމަތް ދިނުމުގައި ދެމިހުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚް:
|
2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345157 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
- މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|
18 ރަޖަބު 1436
|