ދިވެހިރާއްޖެ
ޢިމާރާތްތަކުގެ ސްޓްރަކްޗަރ ޗެކުކުރުން
މިމިނިސްޓްރީއަށް ހުށަހަޅާ ސަރުކާރު ޢިމާރާތްތަކުގެ ކުރެހުންތަކުގެ ސްޓްރަކްޗަރ މިމިނިސްޓްރީން ދޭ މުއްދަތެއްގެ ތެރޭގައި ޗެކްކުރުމަށް 27 އެޕްރީލް 2015 ގައި ދެވަނަ ފަހަރަށް ކުރި އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލީމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 މޭ 2015 ވާ ހޯމަ ދުވަހުގެ 2:00 ގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މިމިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ލިބެން ހުންނާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުން، މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރާއި އެހެނިހެން ތަފުސީލާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މި މިނިސްޓްރީގެ ނަންބަރު 3004172 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ
މާފަންނު، އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
14 ރަޖަބު 1436