ދިވެހިރާއްޖެ
އިޢުލާން
އޮގަސްޓު 2024 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކަށް އެޕްލައިކުރުން 13 މޭ 2024 ވާ ހޯމަ ދުވަހުގެ މެންދުރު 12:30 އިން ފެށިގެން 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަން
1- ބެޗްލަރ އޮފް ޓީޗިންގ ޕްރައިމަރީ (ސްޕެޝަލް އެޑިޔުކޭޝަން) / ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (ސްޕެޝަލް އެޑިޔުކޭޝަން) – މާލެ، ގދ. ތިނަދޫ
2- ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އެޑިޔުކޭޝަން (ދިވެހި މީޑިއަމް) – ލ. ގަން، ގދ. ތިނަދޫ، ސ. ހިތަދޫ
3- ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އެޑިޔުކޭޝަން (އިންގްލިޝް މީޑިއަމް) - މާލެ، ހދ. ކުޅުދުއްފުށި، ލ. ގަން، ގދ. ތިނަދޫ، ސ. ހިތަދޫ
4- ބެޗްލަރ އޮފް ޓީޗިންގް ސެކަންޑަރީ (ދިވެހި ލޭންގުވިޖް އެންޑް ލިޓްރޭޝޗަރ) / ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (ދިވެހި ލޭންގުވިޖް އެންޑް ލިޓްރޭޝޗަރ) – މާލެ، ލ. ގަން
5- ބެޗްލަރ އޮފް ޓީޗިންގް ޕްރައިމަރީ (އިސްލާމް/ދިވެހި) / ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އިސްލާމް/ދިވެހި) – މަލެ، ހދ. ކުޅުދުއްފުށި، ސ. ހިތަދޫ
6- ބެޗްލަރ އޮފް ޓީޗިންގް ޕްރައިމަރީ (އިސްލާމް/ޤުރްއާން) / ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އިސްލާމް/ޤުރްއާން) - މާލެ
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Application announcement 2024 - Term 2
05 ޛުލްޤައިދާ 1445