ދިވެހިރާއްޖެ
އިޢުލާން
ރ.ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:
ރ.ދުވާފަރު 58.09 ނަމްބަރުގޭ ރ. ކަނދޮޅުދޫ ނަސީމީވިލާ އަލްފާޟިލާ ޝިޔާމާ ޞާލިޙު އާއި ރ. ކަނދޮޅުދޫ ބީޗްރެސްޓް ހާޖަރާ ޢަލީގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ މިފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2024 މެއި 22 ވަނަ ދުވަހުގެ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެކަން އެންގެވުން އެދެމެއެވެ.
މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ، އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 58.09 ނަމްބަރުގޭ ރ. ކަނދޮޅުދޫ ނަސީމީވިލާ އަލްފާޟިލާ ޝިޔާމާ ޞާލިޙު އާއި ރ. ކަނދޮޅުދޫ ބީޗްރެސްޓް ހާޖަރާ ޢަލީގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
5 ޛުލްޤަޢިދާ 1445
13 މެއި 2024