ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)406-esms-m/INDIV/2024/28
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 01 ޖަނަވަރީ 1970 05:00
ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ކޮލަމާފުށިން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ދިރިއުޅެންފަށާފައިނުވާ ގޯތިތައް ވަކިކުރުމާއި ގުޅޭ

އިޢުލާން

                   ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނު ނަންބަރު: 2002/1 ، 14 ވަނަ މާއްދާގެ (ހ)އަދި (ށ) ގައި ބަޔާން ކޮށްފައިވާ ފަދައިން، ބަންޑާރަ ގޯއްޗެއް ދޫކުރެވޭ ތާރީޙުން ފެށިގެން 5 އަހަރު ދުވަހުތެރޭގައި، އެ ގޯއްޗެއްގެ ދިރިއުޅެން ނުފަށައިފިނަމަ، އެ ގޯއްޗެއް ދޯކޮށްފައިވާ މީހާގެ ކިބައިން، އެ ގޯއްޗެއް ވަކިކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އެގޮތުން 2006 ވަނަ އަހަރު ގއ. ކޮލަމާފުށިން ދޫކޮށްފައިވާ ގޯތީގެ އިންފާރު ނުރާނާ ހުރި ގޯތިތަކުގެ އިންފާރު ރާނައި، އަދި ގޯތީގެ ތެރެއާއި، ގޯތި ހިމެނޭ މަގުފަޅި ސާފުކުރުމަށް ތަކުރާރުކޮށް ކައުންސިލުން އެންގިފައިވީނަމަވެސް، އެކަމަށް އަމަލުކޮށްފައިނުވާ 12 ގޯތި ކައުންސިލްގެ 4 ވަނަ ދައުރުގެ 125 ވަނަ ޢާޢްމު ބައްދަލުވުމުން ވަނީ ވަކިކޮށް އެފަރާތްތަކަށް އެންގިފައެވެ.

                   މިހެންވެ، މިކަން ޢާޢްމުކޮށް އަންގައި އިއުލާންކުރީމެވެ.

                   05 ޛުލްގައިދާ 1445

                   13 މެއި 2024  

13 މޭ 2024