މުބާރާތް
ނަންބަރު: (IUL) 306/306/2024/33
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2024
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 06 ޖޫން 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ސްޕޯރޓްސް ފެސްޓިވަލް 2024" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ޢިޢުލާން

"ކައުންސިލް ސްޕޯރޓްސް ފެސްޓިވަލް 2024" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                ރ.ރަސްމާދޫ ކައުންސިލުން، ރަށުގެ ޒުވާނުންނަށްއަމާޒުކޮށްގެން ކުރިޔަށްގެންދާ ފުޓްސަލް މުބާރާތް "ކައުންސިލް ފުޓްސަލް ފިއެސްތާ 2024" މިއަހަރުގެ ޖޫން 26 ވާ ބުދަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ ދެ ޖިންސްގެ ޒުވާނުންނަށްއަމާޒުކޮށްގެން ކުރިޔަށްގެންދާ ވޮލީ މުބާރާތް "ކައުންސިލް ވޮލީ މުބާރާތް 2024" ގެ އަންހެން ޑިވިޝަންގެ މެޗްތައް މިއަހަރުގެ ޖޫން 29 ވާ ހޮނިހިރު ދުވަހު ފެށުމަށް އަދި ފިރިހެން ޑިވިޝަންގެ މެޗްތައް މިއަހަރުގެ ޖުލައި 13 ވާ ހޮނިހިރު ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.

                މި ދެ މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް، މިއަދުން ފެށިގެން މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 މޭ 14 ވާ އަންގާރަ ދުވަހުން ފެށިގެންނެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:00 އަށެވެ.

ފޯމް ދޫކުރުމާއި ބަލައިގަތުމުގެ އެންމެ ފަހު ތާރީޚްއަކީ 2024 ޖޫން 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ.

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

13 މޭ 2024