ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)297-FI/297/2024/40
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2024
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 21 މޭ 2024 11:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްޙާ ޢީދުގެ ބައެއް ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުރުޞަތު ހުޅުވާލުން

1445 ވަނަ އަހަރުގެ އަޟްހާ ޢީދުގެ ޙަރަކާތްތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ޙަރަކާތްތައް ސްޓޭޖުގައި އަދި މަގުމަތީގައި ކުރިޔަށް ގެންދިއުމަށް ޝައުގުވެރިކަން ހުރިފަރާތްތަކުން (މުއައްސަސާ، ކްލަބް ޖަމްޢިއްޔާ ޖަމާޢަތް، އަމިއްލަ ފަރާތްތަށް) ކުރިޔަށް ގެންދިއުމަށް ފުރުޞަތު ހުޅުވާލަމެވެ.

  • ބެރުޖެހުން
  • ދަފިނެގުން
  • ދިގުދަނޑިޖެހުން
  • ކުރުފަލިޖެހުން
  • މާފަތިޖެހުން
  • އޮނުފަތިޖެހުން
  • ދަނޑިޖެހުން
  • ބަނޑިޔާޖެހުން

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ހާޟިރުވެ އަގާއި އެކު ޙަރަކާތުގެ ތަފްސީލް ހިމެނޭގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

އަންދާސީ ހިސާބު ހުށަހެޅުން

ނ.ވެލިދޫ ކައުންސިލް އިދާރާ

އަންގާރަ

 21  މެއި 2024

11:00

 

އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

 

މާކްސް ދެވޭ ބައިތައް

މިންވަރު

ތަފްސީލް

ފޯމިއުލާ

 

 

 

އަގު

 

 

 

70%

 

  • މިއީ، ބިޑް ހުށަހަޅާ ފަރާތުން ޙަރަކާތް ހިންގުމަށް ހުށަހަޅާ އަގެވެ.
  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

 

(Benchmark Amount / Submitted Amount) x %70

 

 

އެންމެ ގިނައިން ހިންގޭނެ ޙަރަކާތްތަކުގެ އަދަދު

 

 

10%

 

 

 

  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެފަރާތަކަށް އެންމެ ގިނައިން ހިންގޭނެ ޙަރަތާތްތަކުގެ އަދަދަށް ބަލައިގެންނެވެ.

 

 

(Benchmark Amount / Submitted Amount) x 10%

 

ތަޖުރިބާ

20%

 

 

  • މިބަޔަށް މާކްސް ދެވޭނީ މި ދާއިރާގައި  އެންމެ ގިނަ ތަޖުރިބާހުރި ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެންނެވެ.

(Submitted years of experience / Benchmark  years x 20%)

 

މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

13 މޭ 2024