ކުއްޔަށް ދިނުން
ނަންބަރު: (IUL)305-ME305/305/2024/43
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2024
ޕަބްލިޝްކުރި ގަޑި: 08:43
ސުންގަޑި: 21 މޭ 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ރުއްތައް ވަރުވާއަށް ދޫކުރުމާއި ގުޅޭ

އިޢުލާން

މިކައުންސިލްގެ ރުއްތައް ވަރުވާއަށް ދޫކުރުމާއި ގުޅޭ

 

މިއިދާރާގެ ނަންބަރު:  (IUL)305-ME305/305/2024/40 (25 އޭޕްރީލް 2024)  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ، އެޢިލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

މިކައުންސިލްގެ ބެލުމުގެ ދަށުގައި، ރަށުގެ އެކި ސަރަޙައްދުތަކުގައި ހުރި ރުއްތައް (228) ރުއް 2 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 މެއި 2024 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 4009830 ފޯނާއި ގުޅުއްވުން އެދެމެވެ.

  • ރުއްތައް ވަރުވާއަށް ހިފުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަހަރަކަށް -/3500 (ތިންހާސް ފަސްސަތޭކަ ރުފިޔާ) އެވެ.

ހުށަހަޅުއްވައި ބިޑްގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.

  1. ރުއްތައް ކުއްޔަށް ހިފުމަށް ހުށަހަޅާ ވަރުވާގެ އަގު (އަހަރުދުވަހަށް)
  2. ރުއްތައް ދިރުވާ އާލާކުރުމަށް ކުރާނެ މަސައްކަތުގެ ތަފްޞީލް
  3. ރުއްތަކުން ލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭ މިންވަރާއި ކުރާނެ ފައިދާ

ހުށަހަޅާ ހުށަހެޅުންތަކަށް މާކްސް ދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  1. ހުށަހަޅާ އެންމެ ބޮޑު ކުލި (އަހަރުދުވަހަށް) %80
  2. ރުއްތައް ދިރުވާ އާލާކުރުމަށް ހުށަހަޅާ ހުށަހެޅުން
  3. ރުއްތަކުން ލިބޭ ތަކެތި ބޭނުން ކުރުމުގައި ރައްޔިތުންނަށް އިސްކަންދޭ މިންވަރަށް

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

       04 ޛުލްޤަޢިދާ 1445                          

12 މޭ 2024