މަސައްކަތް
ނަންބަރު: (IUL)332-ESD/332/2024/40
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2024
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި:
19 މޭ 2024 00:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު
- މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ ފަރާތުން ކުރިއަށް އޮތް ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ދިއްފުށި ކައުންސިލް ފުޓްސަލް ޗެލެންޖް 2024" މުބާރާތް ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
- އަންދާސީ ހިސާބު ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ދިވެހި ބަހުންނެވެ. މި މުބާރާތް ހިންގުން އައުޓްސޯސްކުރުމުގެ އުޞޫލު، އަދި މުބާރާތުގެ ހިންގާ ޤަވާއިދު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
- އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރ: 2003/1) ގެ ދަށުން ހުށައެޅޭނީ ދިއްފުށީގައި ރަޖިސްޓްރީކޮށްފައިވާ ކުލަބް ޖަމިއްޔާ ޖަމާޢަތަކަށެވެ.
- މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 16 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- އަންދާސީ ހިސާބުގެ ވެލިޑިޓީ ޕީރިއަޑަކީ މަދުވެގެން 60 ދުވަސް ކަމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބާއެކު، ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 19 މޭ 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މިއިދާރާގެ މީޓިންގ ހޯލްގައެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
12 މޭ 2024