ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)419-CAA/419/2024/39
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 19 މޭ 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ޕްރީ ސްކޫލްގެ ޓްރެއިންޑް ޓީޗަރ)

                ނަންބަރު: (IUL)419-CAA/419/2024/39

އިޢުލާނު

މިކައުންސިލްގެ ދަށުން ގދ.ގައްދޫގައި ފެށުމަށް ހަމަޖެހިފައިވާ ޕްރީ ސްކޫލްގެ  ޓްރެއިންޑް ޓީޗަރ (ޕްރީސްކޫލް ޓީޗަރ) (އެމް.އެސް.1) މަޤާމަށް މުވައްޒަފުން ހޯދުމަށް 29 އެޕްރިލް 2024ގައި ގެޒެޓްކުރެވިފައިވާ ނަންބަރު: (IUL)419/419/2024/30  އިޢުލާނައް ބޭނުންވާ ވަރަށް ތަރުހީބު ނުލިބުމުން މި ނަންބަރު އިއުލާން ބާޠިލުކޮށް އަލުން އިއުލާން ކުރީމެވެ.

 

މަޤާމު:

ޓްރެއިންޑް ޓީޗަރ (ޕްރީސްކޫލް ޓީޗަރ)

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް އުސޫލުން 1 އަހަރަށް (މަސައްކަތު ފެންވަރަށް ބަލާފައި އަދި އިތުރު 1 އަހަރަށް މުއްދަތު އިތުރު ކުރެވޭ ގޮތައް)

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލް އިދާރާ

މުސާރަ:

5,610.00ރ   

ސަރވިސް އެލަވަންސް:

2,500.00ރ

އެހެނިހެން އެލަވަންސް:

(ސަޕޯޓިންގ ކޯ އެލަވަންސް: 700.00ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކައުންސިލް އިދާރާގެ ، ބީއެމްއެލްގެ 4 އެކައުންޓް ރީ ކޮންސައިލް ކޮށް ބެލެހެއްޓުމަށް ބޭނުންވާ ލިޔެ ކިރުންތައް ޔައްޔާރުކުރުން.
  4. ކައުންސިލް އިދާރާގެ އެކިއެކި ފަންޑްތައް ބެލެހެއްޓުމަށް ޑޭޓާތައް އަދާ ހަމަކޮށް ބެލެހެއްޓުން.
  5. ކައުންސިލްއިދާރާގެ ބަޖެޓް ފައިސާ ވިޔަ މޮޑިއުލްގެ ތެރެއިން ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތައް ބެލެހެއްޓުމާއި ކައުންސިލާއި އެސް.ޖީ ގެ ލަފާގެ މަތިން ބަޖެޓް ކޯޑްތަކަށް ގެންނަން ޖެހޭ ބަދަލުގެނެސް ވިޔަ މޮޑިއުލްގެ ބަޖެޓްގެ ތެރެއިން އެ ބަދަލުތައް ގެނެސް އެޕްރޫވަލްއަށް ފޮނުވުން.
  6. ކައުންސިލް އިދާރާ ހިންގުމަށް ބުރޫ ނާރާނެ ގޮތައް އެކައުންޓުގައި ފައިސާ ހުންނަ ވަރަކުން އޭސީ.އާރް ހަދައި ސިސްޓަމްގެ ތެރެއިން ބޭނުން ކުރެވޭ ގޮތަށް ރިލީސް ކުރުމަށް ރިކޮންސައިލް ކުރުން.
  7. ޕީވީ ހެދުމާޢި ބެލެހެއްޓުމާއި ފައިލް ކުރުން.
  8. ތިޖޫރީއަށް ޖަމަކުރެވޭ ފައިސާގެ ހިސާބު ބެލެހެއްޓުމާއެކު އިދާރާއަށް ލިބޭ ފައިސާ ދުވަހުން ދުވަހަށް ތިޖޫރީއަށް ޖަމާކޮށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 6.16 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ހަފްތާގެ ތިޖޫރީ ރިޕޯޓް ކޮންމެ އާދީއްތަ ދުވަހަކު ތައްޔާރުކޮށް ޒިންމާދާރުވެރިޔާއަށް އެރުވުމަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ކުރުން.
  9. ތިޖޫރީގައި ހުންނަ ފައިސާ މަހަކު އެއްފަހަރު ސެކްޝަން ހެޑް ކަނޑައަޅައި 2 މުވައްޒަފެއްގެ ހާޒިރުގައި ގުނައި މަސްދުވަހުގެ ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް ކައުންސިލް އިދާރާގެ އިސްވެރިޔާ އަށާއި ޒިންމާދާރުވެރިޔާއަށް އަރުވާ ސޮއި ކުރުވުމާއި 50000 (ފަންސާސް ހާސް ރުފިޔާ) އަށްވުރެ ގިނައިން ތިޖޫރީގައި ހުންނަ ފައިސާ އެކައުންޓްތަކަށް މަހުންމަހަށް ޖަމާކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ކުރުން
  10. ކައުންސިލް އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޒިންމާދާރުވެރިޔާ ހަވާލުކުރާ މަސައްކަތްތަކާއި ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމާއިއެކު އެހެން ޔުނިޓްތަކުގެ މުވައްޒަފުންނާއި އެކު ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން އަދި ޔުނިޓް ތަކުގެ މަސައްކަތް ތަކުގައި އެހީތެރިވެދިނުން.
  11. ޔުނިޓްގައި މަސައްކަތްކުރާ އެހެން މުވައްޒަފުން ސަލާމާއި ޗުއްޓީގައި ހުންނަ ދުވަސްތަކާއި އިދާރާއަށް ހާޒިރުނުވާ ދުވަސް ދުވަހު އެ މުވައްޒަފުންނާއި ހަވާލުކުރެވިފައިވާ މަސައްކަތް ކުރުން.
  12. ތަރައްގީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ބަލައިގެން ކައުންސިލާއި ޒިއްމާދާރުވެރިޔާ އަދި ސެކްޝަންހެޑްގެ މަޝްވަރާގެމަތިން އިދާރާގެ އަހަރީ ބަޖެޓްތައްޔާރުކުރުކޮށް ފޮނުވަންޖެހޭ އޮފީސްތަކަށް ފޮނުވުމާއި ނިމޭއަހަރުގެ މާލީ ހިސާބު ފެށޭއަހަރުގެ މާރޗް މަހުގެ ނިޔަލަށް ތައްޔާރުކުރުމަށް ބޭނުންވާ ލިޔެ ކިޔުންތައް ފުރިހަމަކުރުން

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް (ޕްރިފަރޑް ޑިސިޕްލިން)

 

  • އެކައުންޓިންގ  
  • އެޑްމިނިސްޓްރޭޝަން  
  • އެގްރިކަލްޗަރަލް ސައިންސް  
  • އެންތްރޯޕޮލޮޖީ  
  • އާކިޓެކްޗަރ  
  • ބިޒްނަސް  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް މެނޭޖްމަންޓް  
  • ސިވިލް އިންޖިނިއަރިންގ  
  • ކޮމާސް  
  • ކޮމިޔުނިޓީ ޑިވެލޮޕްމަންޓް  
  • ކޮމްޕިއުޓަރ ސައިންސް  
  • ކައުންސިލް އެޑްމިނިސްޓްރޭޝަން  
  • ކަލްޗަރ އެންޑް ހެރިޓޭޖް  
  • ޑިމޮގްރަފީ  
  • ޑިވެލޮޕްމަންޓް ސްޓަޑީޒް  
  • އިކޮނޮމިކްސް  
  • އެޑިއުކޭޝަން  
  • އެންވަޔަރަންމެންޓަލް ސައިންސް  
  • ފައިނޭންސް  
  • ގަވަރނަންސް  
  • ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް  
  • ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް  
  • ހިއުމަން ރިސޯސް  
  • އިންފޮމޭޝަން ޓެކްނޮލޮޖީ  
  • އިންޓަނޭޝަނަލް ރިލޭޝަންސް  
  • ލޯ  
  • ލީޑަރޝިޕް  
  • ލައިބްރަރީ ސައިންސް  
  • ލޯކަލް ގަވަރނަންސް  
  • މެނޭޖްމަންޓް  
  • މެރިން ސައިންސް  
  • މާކެޓިންގ  
  • އޮފީސް އެޑްމިނިސްޓްރޭޝަން  
  • ޕޮލިސީ ސްޓަޑިޒް  
  • ޕޮލިޓިކަލް ސައިންސް  
  • ޕްރޮޖެކްޓު މެނޭޖުމަންޓު  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  • ޕަބްލިކް މޭނޭޖްމަންޓް  
  • ޕަބްލިކް ޕޮލިސީ  
  • ޕަބްލިކް ރިލޭޝަންސް  
  • ޝަރީޢާ އެންޑް ލޯ  
  • ސޯޝަލް ސައިންސް  
  • ސޯޝަލް ވޯރކް  
  • ސޯޝިއޮލޮޖީ  
  • ސްޕޯޓްސް މެނޭޖްމަންޓް  
  • ސްޓެޓިސްޓިކްސް  
  • ސްޓްރަކްޗަރަލް އިންޖިނިއަރިންގ  
  • ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް  
  • އަރބަން ޕްލޭނިންގ  
  • އާބަން ސްޓަޑީޒް  

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ގައްދޫ ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މޭ 2024 ގެ 14:00 ގެ ކުރިން، ގައްދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާންއޮންނާނީ، 23 މޭ 2024 އާއި 27 މޭ 2024 އާ ދެމެދު، ގައްދޫ ކައުންސިލް އިދާރާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7905301 / 7931318 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

12 މޭ 2024