ދިވެހިރާއްޖެ
މިރަށުން މި އަހަރު ދޫކުރުމަށް ހަމަޖެހިފައިވާ 107 ގޯތީގެ ސަރަހައްދުގެ މަގުތަކާއި ގޯޅިތަކަށް އަރާ ރުއްގަހާއި 2012 ވަނަ އަހަރު ދޫކޮށްފައިވާ ގޯތިތަކުގެ ސަރަހައްދުގެ މަގުތަކާއި ގޯތިތަކަށް އަރާ ރުއްތައް ނަގާ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތްކުރާއިރު ކަނޑަންޖެހޭ ރުއް ކެނޑުމުގެ ބަދަލުގައި އެހެން ރަށެއް ފެހިކުރުމަށް ރަށުންބޭރަށް ގެންދާނަމަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ އެންމެހައި ހުއްދަތައް ނެގުމަކީ މަސައްކަތް ކުރާ ފަރާތުގެ ޒިންމާއެކެވެ. މިކަމުގައި ވައިކަރަދޫ ކައުންސިލުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބިޑުރަޖިސްޓަރީކުރާ ފޯމު ފުރިހަމަކޮށް 16 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުމަށްފަހު 19 މެއި 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މި އިދާރާއަށް ބީލަން ހުށަހެޅުން އެދެމެވެ. މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.