ބީލަން
ނަންބަރު: (IUL)322-EP/322/2024/65
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2024
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 21 މޭ 2024 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ފާޚާނާތަކާއި ފެންހޮޅިތައް ނަރުދަމާއާއި ގުޅުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

  • އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު 
  1. މިއިދާރާގެ ބެލުމުގެ ދަށުގައިވާ 7 ތަނެއްގެ ފާޚާނާ އަދި ފެންހޮޅިތައް ނަރުދަމާއާއި ގުޅަން ބޭނުންވެއްޖެއެވެ.
  2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 14 މެއި 2024 ން 16 މެއި 2024 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ބިޑްގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށެވެ.
  3. ބިޑްގައި ރަޖިސްޓްރީވުމަށް ވުމަށް އެދޭ ފޯމާއި، މަޢުލޫމާތު ޝީޓު އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމް، މިއިޢުލާނާއެކު ގެޒެޓްގައި ހިމަނާފައި ވާނެއެވެ.
  4. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 19 މެއި 2024 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ޙާޟިރުވުން އެދެމެވެ.
  5. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 މެއި 2024 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
  6. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގާވިޔަސް ބާޠިލު ކުރެވޭނެއެވެ.
12 މޭ 2024