ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MNU-CA-FNP/2015/243
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 12 މޭ 2015 13:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީލިންގ މައުންޓް އެއަރކޮންޑިޝަނަރތަކެއް ގަންނަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލާއި ފެކަލްޓީ އޮފް ސައިންސްއަށް ސީލިންގ މައުންޓް އެއަރކޮންޑިޝަނަރތަކެއް ގަންނަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު 214/MNU-CA-FNP/2015 އެންމެ ފަރާތަކުން މަޢުލޫމާތު ސާފުކުރަން ހާޒިރުވެފައިވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.

ވީމާ، މަތީގައި ދަންނަވާލެވިފައިވާ ތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 މޭ 2015 ވާ (އަންގާރަ) ދުވަހުގެ 13:00 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މޭ 2015 ވާ (އާދީއްތަ) ދުވަހުގެ 13:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

15 ރަޖަބު 1436

04 މޭ 2015