ތަމްރީނު
ނަންބަރު: (IUL)475-Schol/475/2024/69
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 02 ޖޫން 2024 00:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Bahria University Scholarship 2024

Bahria University Scholarship 2024

 

ޕާކިސްތާނުގެ ބަހްރިއާ ޔުނިވަރސިޓީ އިން ހިންގާ އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ކޯސްތަކުގައި އަމިއްލަ ޚަރަދުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ދަރިވަރުންނަށްވަނީ ހުޅުވަލާފައެވެ. މިގޮތުން ހުޅުވާލާފައިވާ ދާއިރާތަކަކީ ބިޒްނަސް ސްޓަޑީޒް، ކޮމްޕިއުޓަރ ސައިންސް، އާރތް އެންޑް އެންވަޔަރމަންޓަލް ސައިންސަސް، ހިއުމަނިޓީސް އެންޑް ސޯސަލް ސައިންސަސް، އިސްލާމިކް ސްޓަޑީޒް، ލޯ، މެރިޓައިމް ސްޓަޑީޒް، ސައިކޮލޮޖީ، މީޑިޔާ ސްޓަޑީޒް،އަދި މެނޭޖްމަންޓް ސައިންސް އެވެ.

 

ވީމާ، މި ސްކޮލަރޝިޕްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2 ޖޫން 2024 ގެ ކުރިން އޮންލައިން އެޕްލިކޭޝަން، ތިރީގައިމިވާ ލިންކް މެދުވެރިކޮށް ހުށަހެޅުން އެދެމެވެ. ސްކޮލަރޝިޕާއިބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ލިންކުން ލިބެން ހުންނާނެއެވެ.

www.bahria.edu.pk

..................................................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ                      ކަމާބެހޭ އިދާރާއިން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން ވެސް އެދެމެވެ.

12 މޭ 2024