މަސައްކަތް
ނަންބަރު: ADMHR-MPL/2024/73
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2024
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 19 މޭ 2024 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އއ.ތޮއްޑޫއަށް ޕޯސްޓްގެ ޚިދުމަތް ދެއްވާނެ އެޖެންޓެއް ހޯދުން

ޕޯސްޓަލް އެޖެންޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ބޭނުންވާ ރަށް

އއ. ތޮއްޑޫ

އެޖެންޓްގެ މަސައްކަތް

 • ޕޯސްޓުގެ ޚިދުމަތް ދިނުން
 • ޑެލިވަރީގެ ޚިދުމަތް ދިނުން
 • އޭޖެންސީއަށް ލިބޭ މެއިލް ރައްކާތެރިކަމާއެކު މާލެއަށް ފޮނުވުން

އެޖެންޓް ކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް

 • ޝައުޤުވެރިކަން ހުރި އަމިއްލަ ފަރާތްތައް ނުވަތަ؛
 • ވިޔަފާރި ކުރާ އަދި ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތްތައް ނުވަތަ؛
 • ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ، ކައުންސިލް ފަދަ  އިދާރާތައް

ހުށަހަޅަންޖެހޭ ލިޔެކިޔުން

 • އަމިއްލަ ފަރާތެއް ނަމަ: އައި.ޑީ ކާރޑް ކޮޕީ އާއި ވަނަވަރު
 • ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގަ ހުށަހެޅުއްވުން
 • ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީ އާއި ވެރިފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ
 • ކްލަބް، ޖަމުޢިއްޔާ އަދި ކުންފުންޏެއްނަމަ: ރަޖިސްޓްރީ ކޮޕީ އަދި ވެރިފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ
 • ޚިދުމަތް ދިނުމަށް ކަނޑައަޅާ ތަނުގެ ތަފްޞީލް އަދި ފޮޓޯ

 

އުޖޫރަ

 • އުޖޫރައާ އެލަވަންސާ ބެހޭ މަޢުލޫމާތު ކުރިމަތިލާ ފަރާތްތަކާއެކު ހިއްޞާކުރެވޭނެއެވެ. 

ސުންގަޑި:

 

ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 19 މެއި 2024 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ސިޓީ ނުވަތަ އީމެއިލުން  ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް/ހ.ޓޫ ސްޓާރ– 4 ވަނަ ފަންގިފިލާއަށް – ނުވަތަ [email protected] ނުވަތަ  [email protected]  އީމެއިލް ކުރެއްވުން އެދެމެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މޮބައިލް ނަންބަރ 7966732 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ.

12 މެއި 2024

12 މޭ 2024