މަސައްކަތް
ނަންބަރު: HDC (161)-A/IU/2015/44
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 13 މޭ 2015 14:30
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިކޯޕަރޭޝަންގެ 3 ސައިޓެއްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 މޭ 2015 ވާ ދުވަހުގެ 14:30އަށް މިކޯޕަރޭޝަންގެ މައިއޮފީސް (އެޗް.ޑީ.ސީ ބިލްޑިންގގެ 3 ވަނަ ފަންގިފިލާ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 މޭ 2015 ވާ ދުވަހުގެ 14:30 އަށް (ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު) ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި، މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިބިޑް ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓްގެ ތިރީގައިމިވާ ލިންކުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ލިންކް: http://www.hdc.com.mv/media/announcements.php

އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ އެޗް.ޑީ.ސީގެ 3355142 ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

18 ރަޖަބު 1436

07 މޭ 2015