ދިވެހިރާއްޖެ
(IUL)URH/URH/2024/33
އިޢުލާން
މިހޮސްޕިޓަލުގެ 24 ގަޑިއިރު ޚިދުމަތްދޭނެ ކެފޭއެއް ހިންގާ ބަލަހައްޓައިދޭނެ ފާރާތެއް ހޯދުމަށް ބޭނުންވެއްޖެ
މި ހޮސްޕިޓަލުގެ މީރަން ބިންޑިންގުގެ ދެކުނުން އޮތްހުސްބިމުގައި 24 (ސައުވީސް) ގަޑިއިރު ޚިދުމަތްދޭނެ ކެފޭ / ރެސްޓޯރަންޓެއް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާ މި ބިމުގައި ވަގުތީ ގޮތުން ޚިދުމަތް ދިނުމަށް ހޮސްޕިޓަލުގެ 'ދަކަނދާ' އިމާރާތުގެ 1 (އެކެއް) އެޕާޓްމަންޓް 1 (އެކެއް) އަހަރު ދުވަހު މުއްދަތަށް އެއްވެސް ކުއްޔެއް ދައްކަންނުޖެހޭގޮތަށް ލިބޭނެއެވެ. މި އެޕާޓްމަންޓުގައި 2 ކޮޓަރި (ފާޚާނާއިއެކު)، ސިޓިންގ ރޫމް، އަދި ކިޗަންކަމް ޑައިނިންގ ރޫމް ހިމެނެއެވެ.
ވީމާ، މި ކެފޭ / ރެސްޓޯރަންޓް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް) ތާރީޚް: (މުއްދަތު) – 2024 މޭ 12 ން 2024 މޭ 21 ވާ އަންގާރަ ދުވަސް. ގަޑި: މެންދުރުފަހު 14:00 ގެ ނިޔަލަށް އީމެއިލް: [email protected] ފޯނު ނަންބަރ: 6583007 |
މަޢުލޫމާތު ދިނުން |
ޚާޒިރުވާންޖެހޭ ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމު. ތާރީޚް: 2024 މޭ 22 - ބުދަ ގަޑި: ހެނދުނު 9:00 ގައި |
އަންދާސީ ހިސާބު ހުށައެޅުއްވުން |
ޚާޒިރުވާންޖެހޭ ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމު. ތާރީޚް: 2024 މޭ 27 - ހޯމަ ގަޑި: މެންދުރުފަހު 13:00 |
މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓް، އަދި އެހެން ޑޮކިއުމަންޓްސް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. މި ބީލަމާއިގުޅިގެން، ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
04 ޛުލްޤަޢިދާ 1445