މަސައްކަތް
ނަންބަރު: (IUL)363-ADM/363/2024/17
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2024
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 20 މޭ 2024 10:30
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުން ދިރިއުޅުމަށް ދޫކޮށްފައިވާ 16 ގޯއްޗާއި އެގޯތިތަކަށް ވަދެނުކުމެ ހެދުމަށް ކަނޑަންޖެހޭ މަގުތަކުގައިހުރި 193 ރުއް ނަގައިދޭނެފަރާތެއް ހޯދުމާއިބެހޭ

 

މިރަށުން ދިރިއުޅުމަށް ދޫކޮށްފައިވާ 16 ގޯއްޗާއި އެގޯތިތަކަށް ވަދެނުކުމެ ހެދުމަށް ކަނޑަންޖެހޭ މަގުތަކުގައިހުރި 193 ރުއް ނަގައިދޭނެފަރާތެއް ހޯދުމާއިބެހޭ

 

ދިރިއުޅުމަށް އެންމެފަހުން ދޫކޮށްފައިވާ 16 ބަންޑާރަ ގޯއްޗާއި އެގޯތި ތަކަށް ވަދެ ނުކުމެ ހެދުމަށް ކަނޑަންޖެހޭ މަގުތަކުގައިވާ 193 ރުއް ނަގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ. އެގޮތުން ދޫކުރެވިފައިވާ 16 ގޯތީގެ ތެރެއިން ރުއް ނަގަން ބޭނުންވާ ހުރިހާ ގޯއްޗަކާއި މަގުތައް ހިމެނޭގޮތަށް ރުއްތައް ނެގުމާއި ގޯތި ތަކުގެ ފަސްގަނޑު އެއްވަރު ކުރުމާއި މަގުތަކުގެ ފަސްގަނޑު އެއްވަރު ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން ވޭވަށު ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މަސައްކަތް ކޮށްދޭނެ ގޮތުގެ ޕްރަޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ރުއްތައް ނެގުމަށް ހަވާލު ކުރެވޭ ފަރާތަށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން ރުއްތައް ނެގުމަށް މިއިދާރާއަށް ދޫކޮށްފައިވާ ހުއްދަ އާއި، ނަގާ ރުއްތައް މިރަށުން ބޭރުކޮށްގެން ގެންދިއުމާއިމެދު މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިޢުތިރާޒެއް ނެއްކަމަށް މިއިދާރާއަށް އަންގަވާފައިވާ ސިޓީގެ ކޮޕީ ދެވޭނެއެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކްރުމާއި ލިޔެކިޔުން ހަވާލުކުރުން

16 މެއި 2024

ބުރާސްފަތި

11:30

އަންދާސީ ހިސާބު ބަލައިގަތުން

20 މެއި 2024

ހޯމަ

10:30

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި، ޕްރަޕޯސަލް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ ބަދަލުގައި ފޮނުއްވަވާ ފަރާތުގެ މަޢުލޫމާތު ހިމެނޭ ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއްގެވެސް އައިޑީކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގަތުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ޕްރަޕޯސަލް ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައި މަޢުލޫމާތަށްޓަކާ ދަންނަވަމެވެ. ޕްރަޕޯސަލް ހުށަހަޅުއްވަން  ވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި ޕްރަޕޯސަލް ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ވޭވަށުން ރުއްނެގުމަށް އެދި" ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ ޕްރަޕޯސަލް ބާތިލްކުރުމުގެ އިހުތިޔާރު މިއިދާރާއަށް ލިބިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

12 މެއި   2024            

12 މޭ 2024