ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)491-CDS5/491/2024/64
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 19 މޭ 2024 12:00
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

މަޤާމް :ޕްރޮކިއުމަންޓް އޮފިސަރ
ބޭނުންވާ އަދަދު :2

އިޢުލާން

    މި ވުޒާރާގެ ނަންބަރު (IUL)491-CDS5/491/2024/37  (12 މާރިޗު 2024) އަދި (IUL)491-CDS5/491/2024/56  (15 އެޕްރީލް 2024) އިޢުލާނަށް އެކަށީގެންވާ އަދަދަކަށް ފަރާތްތަކުން ކުރިމަތިލާފައި ނުވާތީ އަލުން ޢިއުލާނުކުރީމެވެ.

މަޤާމް:

ޕްރޮކިއުމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-396898، J-396899

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް ޑިޕާޓްމަންޓް / ޕްރޮކިއުމަންޓް ސެކްޝަން                      

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/5,610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ނެޝަނަލް ޕްލޭނިންގ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު).
  2. ސަޕޯޓިންގ ކޯ އެލަވަންސް: -/700 ރުފިޔާ (މަހަކު).
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރޮކިއުމަންޓް ސެކްޝަނަށް ރޫޓް ކުރެވޭ ހުރިހާ ލިޔެކިޔުންތަކަށް ވެރިއެއްގެ މަޝްވަރާއާއެކު، ޖަވާބުދަރީވެ، ސެކްޝަން/ޑިޕާޓްމަންޓް/ޔުނިޓްތަކުން އެދޭ ކަންތައްތައް ހަމަޖައްސައިދިނުން.
  2. މިނިސްޓްރީގެ އެންމެހާ ޑިޕާޓްމަންޓުތަކުގެ ހިންގުމަށާއި އެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަން ހޯދުމަށް ފިހާރަތަކަށް އީމެއިލް ކުރުމާއި ފިހާރަތަކަށްގޮސް ކޯޓޭޝަން ބޭނުންވާ ވަގުތަށް ހޯދުން.
  3. ތަކެތި ގަތުމަށް ޕާރޗޭސް އޯޑަރ ތައްޔާރުކޮށް ޕާރޗޭސް އޯޑަރުތައް ފިހާރަތަކަށް ފޮނުވުމާއި ،މުދާ އެދުނު ފަރާތަށް އަންގައި ، އެޑްމިންއާއި މުދާ ޙަވާލުކުރުމުގެ މަސައްކަތް ކުރުން.
  4. މުދާ ހޯދުމަށް ފޮނުވޭ ހުރިހާ ޕާރޗޭސް އޯޑަރތައް އެންޓްރީ ޝީޓް އަޕްޑޭޓް ކުރުން.
  5. މިނިސްޓްރީގެ ފަރާތުން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރެވޭ ދަތުރުތައް ހަމަޖައްސަވައި އެކަމުގެ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކަށް ދިނުން.
  6. މިނިސްޓްރީއިން ރާވައިގެން ހިންގާ ސެމިނާރ، ވޯކްޝޮޕްތަކާއި ގުޅިގެން ޕްރޮކިއުމެންޓުން ހަމަޖައްސަން ޖެހޭ ކަންތައްތައް ކަމާއިގުޅޭ ފަރާތްތަކާއި ގުޅިގެން ވެރިންގެ ލަފައާއި އެކު ހަމަޖެއްސުން.
  7. މިނިސްޓްރީއަށް ހޯދާ ބައެއް ކަހަލަ ތަކެތި ބަލަން ފިހާރަތަކަށް ގޮސް އެތަކެތީގެ ސާމްޕަލް ގެނެސް ކަމާއިބެހޭ ސެކްޝަނުން ފާސް ކުރުވުމަށްފަހު އެތަކެތި އަނބުރާ ފިހާރަތަކަށް ގެންދިއުން.
  8. -/3500 ރުފިޔާއިން ދަށުގެ މަސައްކަތްތަކަށް އެގްރިމަންޓް ތައްޔާރުކުރަން އެޑްމިންއަށް ފޮނުވައި ސޮއިކޮށްގެން ލިބުމުން ހުރިހާ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ޕޭމަންޓް ޔުނިޓްއާއި ޙަވާލުކުރުން.
  9. ބިޑް ކޮމެޓީއަށް އަންނަ މައްސަލަތައް 3 ދުވަސްތެރޭގައި ކޮމެޓީއަށް ހުށަހަޅައި އެ މައްސަލަތަކުގެ ސްޓޭޓަސް ކަމާއިބެހޭ ޑިޕާޓްމަންޓް / ސެކްޝަންތަކަށް އެންގުން.
  10. މިނިސްޓްރީއިން ހިންގާ އެކިއެކި މަޝްރޫޢުތަކާއި ގުޅިގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމަށް މިނިސްޓްރީގެ ޑިޕާޓްމަންޓް / ސެކްޝަންތަކާއި އަދި ޕްރޮކިއުމަންޓުން ކުރެވޭ އިޢުލާންތަކާއި ގުޅިގެން ލިބޭ ބިޑް ޕްރޮޕޯސަލްގެ ކަންކަން
  11. ބިޑް ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމްކޮށް ޔައުމިއްޔާ ލިޔުމުގެ މަސައްކަތް ކުރިއަށްގެންދިއުން.
  12. ބިޑް ކޮމިޓީން ނިންމާ ނިންމުންތައް ކަމާއިގުޅޭ ޑިޕާޓްމަންޓް/ސެކްޝަންތަކަށް އެންގުން.
  13. ބިޑް ކޮމިޓީގެ ނިންމުމާއި ގުޅިގެން ހަދަންޖެހޭ އެއްބަސްވުން ރިކުއެސްޓް ކުރި ފަރާތް މެދުވެރިކޮށް އަދި ލީގަލް ސެކްޝަނާއި ގުޅިގެން ތައްޔާރުކޮށް އެއްބަސްވުމުގެ ސޮއިކޮށް ކަމާއިބެހޭ ސެކްޝަންތަކަށް އެއްބަސްވުމުގައި ވާގޮތަށް އެއްބަސްވުން ސޮއިކުރެވުނު ފަރާތާއި ގުޅިގެން މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެންގުން
  14. ކޮންމެ މަހެއް ނިމުމުން ޕީއޯ ހެދިފައިވާ ހުރިހާ ވެންޑަރަސްގެ ބިލްތައް ހޯދައި ފައިސާ ދެއްކުމަށް ފޮނުވުން.
  15. މިނިސްޓްރީއިން ޚިދުމަތް ހޯދާ މަސައްކަތްތަކުގެ ބިލްތަކަށް ފައިސާ ދެއްކުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި ސޮއިތައް ހަމަކުރުމަށްފަހު 3 ދުވަހުގެ ތެރޭގައި ބިލްތަކަށް ފައިސާދައްކަން ފައިނޭންސް ސެކްޝަންއަށް ފޮނުވުން
  16. ޕޭމަންޓް ޔުނިޓަށް ލިބޭ ހުރިހާ ފޯމްސެޓްތައް ސްކޭންކޮށް ވަކި އޯޑަރެއްގެ މަތިން ރެކޯޑްކޮށް ބެލަހައްޓައި އަދި މި ފޯމްސެޓް ތަކަށް ބިލްލިބުނުތޯ ޗެކުކުރުން
  17. ފައިނޭންސް ސެކްޝަނަށް ފޮނުވޭ ހުރިހާ ބިލްތަކުގެ ސްކޭން ކޮޕީ އާއިއެކު ހުރިހާ ރެކޯޑެއް ބަލަހެއްޓުން.
  18. ބިލްތަކުގެ ސްޓޭޓަސް ބަލަން ގުޅާ މީހުނާއި މިނިސްޓްރީއަށް ވަޑައިގަންނަވާ މީހުންނަށް ޖަވާބުދާރީވެ އަދި އެ ބޭފުޅުންގެ ސްޓޭޓްމެންޓްތައް އަޕްޑޭޓްކޮށް ބިލްތަކުގެ ހާލަތު ލިޔުމުން ފުނުވުން.
  19. ދުވަހުން ދުވަހަށް ލިބޭ ފޯމްސެޓްތައް ބަލައި އެ ފޯމްސެޓްތަކަށް ބިލްތައް ލިބިފައިނުވާނަމަ އެފަރާތްތަކާއި ގުޅާގެން އެބިލްތައް ހަފްތާއެއްގެ ތެރޭގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  20. ކޮންމެ މަހަކު ބަޖެޓް ސެކްޝަނަށް ޙަވާލުކުރެވޭ ބިލްތަކުގެ ރިޕޯޓެއް ތައްޔާރުކޮށް ފައިނޭންސް ސެކްޝަނަށް ފުނުވާފައިވާ ބިލްތަކާއި ނުފުނުވޭ ބިލްތައް ފާހަގަކޮށް ނުފުނުވުނު ސަބަބު ބަޔާންކޮށް ސެކްޝަންގެ ވެރިޔާއަށް ފޮނުވުން.
  21. ޕްރޮކިއުމަންޓް ސެކްޝަނުން އެހެން ސެކްޝަންތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އެ ސެކްޝަންތަކާއި ޙަވާލުކުރުން
  22. ސެޕް މެދުވެރިކޮށް ޕީއޯ ހެދުމާއި މާލިއްޔަތު ޤަވާއިދާ އެއްގޮތަށް މަސައްކަތް ކުރުން.

ނޯޓް: މަޤާމަށްހޮވޭ ފަރާތާއި ހަވާލުކުރެވޭނީ މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތަކުގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތަކެވެ.

މަޤާމުގެ ޝަރުޠުތައް:

- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

- އެކައުންޓިންގ

- އެޑްމިނިސްޓްރޭޝަން

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- ބިޒްނަސް މެނޭޖްމަންޓް

- ފައިނޭންސް

- މެނޭޖްމަންޓް

- ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

- އެޑްމިނިސްޓްރޭޝަން

- މެނޭޖްމަންޓް

ކޯ ޑިސިޕްލިންތައް:

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- ބިޒްނަސް މެނޭޖްމަންޓް

- ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

އަސާސީ ޝަރުތު  ހަމަވުން

30

 

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

 

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

 

އިންޓަރވިއު

35

 

 

  1. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
  2. މި ކްރައުޓީރިއާގައި ހިމެނޭ މަޤާމުތަކަށް އެސެސްމަންޓް ދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މެއި 2024 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުއްވުމަށް ދެންނެވީމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 21 މެއި 2024 އާއި 13 ޖޫން 2024 އާއި ދެމެދު، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004774 ނަންބަރު ފޯނަށް ނުވަތަ އީ-މެއިލް jobs.mci@infrastructure.gov.mv އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

12 މޭ 2024