ދިވެހިރާއްޖެ
އިޢުލާން
ވޯކްޝޮޕަށް ބައިވެރިން ހޯދުން
މި މިނިސްޓްރީގެ ފަރާތުން މަދަނީ ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް، ބާރުވެރިކުރުވުމުގެ ގޮތުން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ، މަދަނީ ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމަށް 14 މެއި 2024 ން 16މެއި 2024 ށް މާލޭގެ މަދަނީ ޖަމްޢިއްޔާތަކަށް ޚާއްސަކޮށްގެން ވޯކްޝޮޕްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ މަދަނީ ޖަމްޢިއްޔާއަކުން 01 ބޭފުޅަކަށެވެ.
ވީމާ، މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ މަދަނީ ޖަމްޢިއްޔާތަކަށް ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ.
މުއްދަތު |
14 މެއި 2024 ން 16 މެއި 2024 ށް |
ސުންގަޑި: |
ވޯކްޝޮޕްގައި ބައިވެރިވުމަށް އެދި އެޕްލައި ކުރައްވަން ބޭނުންފުޅުވާނަމަ 13 މެއި 2024 ގެ 13:00 ގެ ކުރިން https://forms.gle/bXFBaw1rWWD4kyuN8 ގޫގުލް ފޯމް ފުރުއްވުން އެދެމެވެ. |
އިތުރު މަޢުލޫމާތު |
އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މި މިނިސްޓްރީގެ ނަންބަރު 4000479 ފޯނާއި ގުޅުއްވުން އެދެމެވެ. ނުވަތަ އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ތިރީގައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. [email protected] |