މަސައްކަތް
ނަންބަރު: (IUL)1-FA(B)/1/2015/23
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2015
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 10 މޭ 2015 10:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
އެއަރކޮންޑިޝަން (IV DAIKIN VRV-) ގެ ސިސްޓަމެއް ގެނެސް، އިންސްޓޯލް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ

މިއޮފީހުގެ ބޭނުމަށް ވީ.އާރު.ވީ IV ގެ އެއަރކޮންޑިޝަން ޑައިކިން ސިސްޓަމެއް ގެނެސް، އިންސްޓޯލް ކޮށްދެއްވާނެ ފަރާތެއް ހޯދަން މިއޮފީހުންކުރި ނަންބަރު IUL)1-FA(B)/1/2015/20 (22 އެޕްރީލް 2015 ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2015 މޭ 10 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 14 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

17 ރަޖަބު 1436

06 މޭ 2015